ކ. މާލެ
|
16 ޖޫން 2024 | އާދީއްތަ 08:49
ކެވިން ކަމްޕްބެލް
ކެވިން ކަމްޕްބެލް
ޓްވިޓަރ
ކެވިން ކަމްޕްބެލް
އާސެނަލް އާއި އެވަޓަންގެ ލެޖެންޑް، ކަމްޕްބެލް މަރުވެއްޖެ
އުމުރުން 54 އަހަރުގައި ކަމްޕްބެލް މަރުވެފައި ވަނީ، ޙާލު ދެރަވެގެން ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް

އާސެނަލް އާއި އެވެޓަންގެ ލެޖެންޑްރީ ސްޓްރައިކަރު ކެވިން ކަމްޕްބެލް މަރުވެއްޖެ އެވެ.

އުމުރުން 54 އަހަރުގައި ކަމްޕްބެލް މަރުވެފައި ވަނީ، ޙާލު ދެރަވެގެން ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަތާ، ދެ ހަފްތާ އެއްހާ ދުވަސް ހޭދަވެފައި ވަނިކޮށްނެވެ.

ކަމްޕްބެލް އަކީ ކުޅިވަރުގައި، ޚާއްސަކޮށް ފުޓުބޯޅައިގައި ވަރަށް މަޤުބޫލު ޝަޚުސިއްޔަތެކެވެ. އޭނާ ވަނީ އާސެނަލާއެކު ލީގު ޗެމްޕިއަންކަން ހޯދައިފަ އެވެ. އަދި ފަހުން އައިސް ކެރިސްމެޓިކް ޓީވީގެ ޕަންޑިތެއްގެ ގޮތުގައި ވެސް އޭނާ ވަނީ މަސައްކަތް ކޮށްފަ އެވެ.

ކަމްޕްބެލް މަރުވުމާ ގުޅިގެން އާސެނަލް އާއި އެވަޓަން އިން ވެސް ވަނީ އޭނާގެ އާއިލާ އަށް ތައުޒިޔާގެ މެސެޖު ފޮނުވައިފަ އެވެ.

އާސެނަލުން ބުނީ ކަމްޕްބެލް މަރުވި ޚަބަރު ލިބުން ވެގެން ދިޔައީ، އެ ކުލަބަށް ލިބުނު ވަރަށް ބޮޑު ހިތާމައެއް ކަމަށެވެ. އޭނާ އަކީ އާސެނަލަށް ނިސްބަތްވާ ކޮންމެ މީހަކު ވެސް ވަރަށް ލޯބިވާ ޝަޚުސިއްޔަތެއް ކަމަށާއި، މި ދަނޑިވަޅުގައި ކަމްޕްބެލްގެ އާއިލާ އާއި ރަޙުމަތްތެރިންނަށް ހިތްވަރު ދޭ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އާސެނަލް އިން ސީނިއާ ކެރިއަރު ފެށި ކަމްޕްބެލް ވަނީ ލޭޓަން އޮރިއެންޓް، ނޮޓިންހަމް ފޮރެސްޓް، ޓްރަބްޒޮންސްޕާ، އެވަޓަން، ވެސްޓް ބްރޮމްވިޗް އަލްބިއޮން އަދި ކާޑިފް ސިޓީ އަށް ކުޅެފަ އެވެ. ކަމްޕްބެލް ވަނީ އޭނާގެ ކުލަބު ކެރިއަރުގައި 521 މެޗު ކުޅެ، 149 ލަނޑު ޖަހައިފަ އެވެ. ކުލަބު ކެރިއަރުގައި އޭނާ ވަނީ ހަ ތައްޓެއް ވެސް ކާމިޔާބު ކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް