ކ. މާލެ
|
14 ޖޫން 2024 | ހުކުރު 18:34
ސްކޮޓްލޭންޑްގެ ސަޕޯޓަރުން
ސްކޮޓްލޭންޑްގެ ސަޕޯޓަރުން
ގޫގުލް
ޔޫރޯ 2024
ޖަރުމަނަށް ސްކޮޓްލޭންޑްގެ ދެ ލައްކަ ސަޕޯޓަރުން
ސްކޮޓްލޭންޑްގެ ސަޕޯޓަރުންނަށް ވިއްކާފައިވަނީ 10000 ޓިކެޓް

މިރޭ ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ޖަރުމަނަށް ސްކޮޓްލޭންޑްގެ ސަޕޯޓަރުން ޖަމާވެއްޖެ އެވެ.

ޖަރުމަނާއި ސްކޮޓްލޭންޑް މިރޭ ދަންވަރު ފަށައިދޭ މުބާރާތުގެ ފުރަތަމަ މެޗަށް އެލިއާންޒް އެރީނާ އަށް ވަދެވޭނީ ސްކޮޓްލޭންޑްގެ 10000 މީހުންނަށެވެ. ނަމަވެސް އިއްޔެ އާއި މިއަދު ޖަރުމަނަށް ސްކޮޓްލޭންޑްގެ 2 ލައްކަ މީހުން ޖަމާވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.

މިރެއިން ފެށިގެން ޖުލައި 14 އަށް ކުރިއަށް ދާ މުބާރާތުގައި ޖަރުމަނަށް 2.5 މިލިއަން މީހުން ޖަމާވާނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ. ނަމަވެސް ލަފާކޮށްފައިނުވާ އަދަދަަކަށް ސްކޮޓްލޭންްޑްގެ މީހުން ޖަމާވެފައިވާއިރު ހޮޓާ ތަކާއި ރެސްޓޯރަންޓްތަކާއި މަގުތައް ވަނީ ފުރާލައިފަ އެވެ.

ޖަރުމަނަށް ގިނަ ބަޔަކު ދަތުރުކޮށްފައިވަނީ އިނގިރޭސިވިލާތުގެ ހީތްރޯ އެއާޕޯޓުންނެވެ. އެމީހުންނާއެކު އިއްޔެ ޖަރުމަނަށް ދިޔަ އިނގިރޭސި ކުރީގެ ކެޕްޓަން އެލަން ޝިއަރާ ބުނީ އޭނާ ހީކުރީ 5000 މީހުން ދަތުރުކުރާނެ ކަމަށް ކަމަށާއި ނަމަވެސް މިހާރު ދެ ލައްކަ މީހުން ޖަމާވުމުން ފުޓްބޯޅަ އަށް އޮތް ފޯރި ދައްކުވައިދޭ ކަމަށެވެ.

ސްކޮޓްލޭންޑްގެ ސަޕޯޓަރުން - ގޫގުލް

މި ފަހަރުގެ ޔޫރޯ އަކީ 1998 ވަނަ އަހަރުގެ ވޯލްޑްކަޕަށް ފަހު ސްކޮޓްލޭންޑުން ބޮޑު މުބާރާތެއްގައި މިހާބޮޑަށް ފޯރި ނަގަމުން އަންނަ ފުރަތަމަ ފަހަރެވެ. އެމީހުން އެންމެ ފަހުން ކުޅުނު ބޮޑު މުބާރާތަކީ 2021 ވަނަ އަހަރު ބޭއްވި ޔޫރޯ އެވެ.

ދަނޑަށް ނުވަދެވޭ ސަޕޯޓަރުން މެޗުތައް ބަލާނީ ބޮޑު ސްކްރީން މެދުވެރިކޮށް، ފޭންޒޯންތަކުގައި ތިބެގެންނެވެ.

މިހާ ގިނަ އަދަދެއްގެ ބަޔަކު މަގުތަކަށް ޖަމާވުމުން މިއުނިކްގެ މޭޔަރު ޑީޓާ ރައިޓާ ވެސް ވަނީ މިއަދު ހެނދުނު އެމީހުންގެ ތެރެއަށް ނުކުމެ ވަޑައިގެންފަ އެވެ. އޭނާ ވިދާޅުވީ ފުޓްބޯޅަ ވައިގައި ހިއްޕާލައިފި ކަމަށެވެ.

މިއުނިކްގެ މޭޔަރު ޑީޓާ ރައިޓާ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ފޮޓޯ: ބީބީސީ
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް