ކ. މާލެ
|
14 ޖޫން 2024 | ހުކުރު 11:34
އިކާއީ ގުންޑޮގަން
އިކާއީ ގުންޑޮގަން
ގޫގުލް
ޔޫރޯ 2024
ކެޕްޓަންކަން ލިބުމަކީ ޝަރަފެއް: ގުންޑޮގަން
2006ގެ ވޯލްޑްކަޕް ބެލީ ސަޕޯޓަރެއްގެ ގޮތުގައި

ޖަރުމަނުގެ ކެޕްޓަން ބޭންޑް ލިބުމަކީ ފަހުރެއް އަދި ޝަރަފެއް ކަމަށް މިޑްފީލްޑަރު އިކާއީ ގުންޑޮގަން ބުނެފި އެވެ.

ތަޖުރިބާކާރު މިޑްފީލްޑަރަށް ކެޕްޓަން ބޭންޑް ކޯޗު ނާގަލްސްމަން ދިނީ މިހާތަނަށް ބޭންޑް އަޅަމުން އައި ގޯލްކީޕަރު މެނުއަލް ނޯޔާ ވެސް ހުއްޓަ އެވެ. ނާގަލްސްމަން ބޭނުންވީ ގޯލްކީޕަރުގެ ބަދަލުގައި ދަނޑުގެ ކޮންމެ ހިސާބެއްގައި ވެސް އުޅެވޭ ކުޅުންތެރިއަކު ކެޕްޓަނަކަށް ބަހައްޓާށެވެ.

މިއީ ވަރަށް ބޮޑު ޝަރަފެއް. އިހްތިރާމާއެކު އަހަރެން ޖަރުމަނުގެ އެންމެނަށް ވެސް ޝުކުރު އަދާކުރަން. މި ޓީމުގައި ކުޅުމަކީ މާބޮޑަށް އުފާވާ ކަމެއް. އަހަރެން 2006ގެ ވޯލްޑްކަޕް ޖަރުމަނުގައި ބޭއްވިއިރު މެޗުތައް ބަލީ ސަޕޯޓަރެއްގެ ގޮތުން.
މިޑްފީލްޑަރު އިކާއީ ގުންޑޮގަން

ބާސެލޯނާ އަށް ކުޅެމުން އަންނަ މިޑްފީލްޑަރު ބުނީ މި ފަހަރުގެ މުބާރާތަކީ ޖަރުމަނުގައި ބާއްވާ މުބާރާތަކަށްވުމުން ތަށި ހޯދުމުގެ މުހިންމުކަން ޓީމުގެ ކޮންމެ ކުޅުންތެރިއަކަށް ވެސް އެނގޭ ކަމަށެވެ.

ގުންޑޮގަން އަކީ ޔޫރަޕުގެ ލެވެލްގައި ހުރިހާ ކާމިޔާބީ އެއް ހޯދާފައިވާ މި ޓީމުގެ އެންމެ އިސް އެއް ތަނބެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް