ކ. މާލެ
|
13 ޖޫން 2024 | ބުރާސްފަތި 14:39
ޔުވެންޓަސްއާ ހަވާލުވި މޮޓާ
ޔުވެންޓަސްއާ ހަވާލުވި މޮޓާ
ރޮއިޓާސް
ޔުވެންޓަސް
ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން މޮޓާ ޔުވެންޓަސްއާ ހަވާލުވެއްޖެ
ޕީއެސްޖީގެ ޔޫތު ޓީމުން ކޯޗިން ކެރިއަރު ފެށި މޮޓާ ވަނީ، ޖެނޯ، ސްޕީޒިއާ އަދި ބޮލޮގްނާ އަށް ވެސް އިރުޝާދު ދީފައި

އިޓަލީގެ ޔުވެންޓަސްގެ ކޯޗުކަމާ، ބްރެޒިލްގެ ތިއާގޯ މޮޓާ ހަވާލުވެއްޖެ އެވެ.

ޔުވެންޓަސްގެ ކޯޗުކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުރި މެސިމޯ އަލެގްރީ ވަކި ކުރަން އެ ކުލަބުން ނިންމުމުންނެވެ. އަލެގްރީ ވަކި ކުރުމަށްފަހު، ސީޒަންގެ ބާކީ އޮތް ތަނަށް ޔުވެންޓަސް އިން ވަނީ ވަގުތީ ކޯޗެއް ހަމަޖައްސައިފަ އެވެ.

އުމުރުން 41 އަހަރުގެ މޮޓާ ޔުވެންޓަސްގެ ކޯޗުަކަމާ ހަވާލުވިކަން އެ ކުލަބުން ވަނީ ރަސްމީކޮށް އިއުލާން ވެސް ކޮށްފަ އެވެ. ޔުވެންޓަސްގެ ކޯޗުކަމާ މޮޓާ ހަވާލުވީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެހެންކަމުން، 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޭނާ އެ ކުލަބުގައި މަސައްކަތް ކުރާނެ އެވެ.

ޔުވެންޓަސްގެ ކޯޗުކަމާ ހަވާލުވުމަށްފަހު މޮޓާ ބުނީ، ޔުވެންޓަސް ކަހަލަ ކުލަބެއްގެ ކޯޗުކަމާ ހަވާލުވުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ. މޮޓާ ވަނީ ޔުވެންޓަސްގެ އިސްވެރިން އޭނާ އަށް ކުރި އިތުބާރަށް ޝުކުރު ވެސް އަދާކޮށްފަ އެވެ. އިތުރަށް އޭނާ ބުނީ ޔުވެންޓަސް އާއެކު ކުރިއަށް ގޮަސް، ކާމިޔާބު ހޯދުމަށް މަސައްކަތް ކުރުމުގައި އޭނާ ދެމި ހުންނާނެ ކަމަށެވެ.

ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގެ ޔޫތު ޓީމުން ކޯޗިން ކެރިއަރު ފެށި މޮޓާ ވަނީ، ޖެނޯ، ސްޕީޒިއާ އަދި ބޮލޮގްނާ އަށް ވެސް އިރުޝާދު ދީފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 49 މިނެޓު ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް