ކ. މާލެ
|
13 ޖޫން 2024 | ބުރާސްފަތި 14:38
އެމެރިކާ އާއި ބްރެޒިލް ކުޅުނު މެޗުގެ ތެރެއިން
އެމެރިކާ އާއި ބްރެޒިލް ކުޅުނު މެޗުގެ ތެރެއިން
ރޮއިޓާސް
ބައިނަލްއަޤުވާމީ ރަޙުމަތްތެރިކަމުގެ މެޗު
އެމެރިކާ ކައިރިން ބްރެޒިލް ވީ އެއްވަރު
މި މަހުގެ 20 ވަނަ ދުވަހު ފަށާ މުބާރާތުގައި ބްރެޒިލް އޮތީ ގްރޫޕް ޑީގައި

ބައިނަލްއަޤުވާމީ ރަޙުމަތްތެރިކަމުގައި އެމެރިކާއާާ ދެކޮޅަށް ކުޅުނު މެޗުން ބްރެޒިލް އެއްވަރުވެއްޖެ އެވެ.

ބުދަ ދުވަހުގެ ރޭ ކުޅުނު މެޗަކީ، މި މަހު ފަށާ ކޮޕާ އެމެރިކާ ފުޓުބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު މެޗެކެވެ. އެމެރިކާ މެޗުގެ ކުރިން މެކްސިކޯއާ ދެކޮޅަށް ކުޅުނު މެޗުން ބްރެޒިލް ވަނީ މޮޅުވެފަ އެވެ.

އެމެރިކާއާ ދެކޮޅަށް ފުރަތަމަ ލަނޑު ޖަަަހައި ލީޑު ނެގީ ބްރެޒިލުންނެވެ. މެޗު ފަށައިގެން 17 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ރޮޑްރީގޯ އެވެ. އޭނާ އެ ލަނޑު ޖެހީ ރަފީނިއާ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. ނަމަވެސް އޭގެ ފަހުން މެޗުގެ 26 ވަނަ މިނެޓުގައި އެމެރިކާ އިން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެމެރިކާ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ކްރިސްޓިއަން ޕުލިސިޗް އެވެ.

މި މަހުގެ 20 ވަނަ ދުވަހު ފަށާ މުބާރާތުގައި ބްރެޒިލް އޮތީ ގްރޫޕް ޑީގަ އެވެ. އެ ގްރޫޕްގައި ބްރެޒިލާާ އެކު ދެން އޮތީ ކޮލަމްބިއާ، ޕެރަގުއޭ އަދި ކޮސްޓަރިކާ އެވެ. ފުރަތަމަ މެޗުގައި ބްރެޒިލް ނިކުންނާނީ ކޮސްޓަރިކާއާ ދެކޮޅަށެވެ. ބްރެޒިލުން ވަނީ އެންމެ ފަހުން 2021 ވަނަ އަހަރު ކުޅުނު މުބާރާތުގެ ފައިނަލްގައި ކުޅެފަ އެވެ. އެ އަހަރު ބްރެޒިލް ބަލިވީ ފައިނަލްގައި އާޖެންޓީނާ އަތުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް