ކ. މާލެ
|
13 ޖޫން 2024 | ބުރާސްފަތި 16:34
ނަދީމު ޢަބްދުއްރަޙީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މުހައްމަދު މަފާޒު ހުސައިން ސަލީމް އަދި އޭނާގެ ވަކީލު
ނަދީމު ޢަބްދުއްރަޙީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މުހައްމަދު މަފާޒު ހުސައިން ސަލީމް އަދި އޭނާގެ ވަކީލު
ރާއްޖެއެމްވީ
ަނަދީމުގެ މަރުގެ މައްސަލަ
އިސްތިއުނާފު ނިމެންދެން މަފާޒު ބަންދުކުރުމަށް ހުކުމްކޮށްފި
 
ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރާ ހާލަތެއް ވުޖޫދުގައި އެބައޮތް
 
މަފާޒުގެ އިތުރު މައްސަލަތަކެއް ކްރިމިނަލް ކޯޓުގައި މިހާރުވެސް ކުރިއަށްދޭ

ހއ. ތަކަންދޫ އިބްރާހީމީ ހިޔާ، އުމުރުން 23 އަހަރުގެ ނަދީމު ޢަބްދުއްރަޙީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މުހައްމަދު މަފާޒު ހުސައިން ސަލީމް އިސްތިއުނާފީ ޝަރީއަތުގެ މަރުހަލާ ނިމެންދެން، ރިމާންޑް ޖަލެއްގައި ބަންދުކުރުމަށް އަމުރުކޮށްފިއެވެ.

ހައިކޯޓުގައި މި މައްސަލަ ބެއްލެވީ ފަނޑިޔާރު ހުސައިން މަޒީރު، ފަނޑިޔާރު މުހައްމަދު ސަލީމް އަދި އިސް ފަނޑިޔާރު ހުސައިން ޝަހީދެވެ. މި މައްސަލައަކީ ކްރިމިނަލް ކޯޓުގެ ގަޒިއްޔާ އިސްތިއުނާފުކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލް ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލަމުންދާ ގަޒިއްޔާއާއި ގުޅިގެން، އެގަޒިއްޔާގައި އިސްތިއުނާފު ރައްދުވާ މަފާޒް ހުސައިން ސަލީމް ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ އަމުރު ނެރެދިނުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ކުރިން އެދިފައިވާ މައްސަލައެކެވެ.

ނަމަވެސް ޖިނާއީ މައްސަލަތަކުގެ އިސްތިއުނާފީ މަރުހަލާގައި ދަޢުވާ ލިބުނު ފަރާތްތައް ޝަރީއަތް ނިމެންދެން ބަންދުކުރުމާމެދު ގޮތް ކަނޑައެޅުމާއ،ި އެ ފަރާތްތައް ބަންދުކުރުމަށް އިސްތިއުނާފީ މަރުހަލާގައި ނިންމާނަމ،ަ އެކަން ތަންފީޒްކުރާނެގޮތުގެ އިޖުރާއަތު ގާނޫނެއްގައި ނުވަތަ ގަވާއިދެއް ގައި މިވަގުތު ބަޔާންވެ ފެންނަން ނެތުމުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އެދިފައިވާ ފަދައިން މަފާޒް ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ 2 އަމުރު ނެރެދެވެން ނެތް ކަމަށް ހައިކޯޓުން ކަނޑައެޅިއެވެ.

މި ޝަރީއަތް ނިމެންދެން ބަންދުކުރުމާމެދު ނިންމިގޮތް އިސްތިއުނާފުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން، ސްޕްރީމް ކޯޓުގެ އެ މައްސަލަ ބެލުމަށް ފަހު، ޝަރީޢަތް ނިމެންދެން ބަންދާމެދު ގޮތެއް ނިންމުމުގައި ބަލަންޖެހޭ ކަންތައްތަކެއް ކަނޑައަޅާފައިވެއެވެ.

ކުށުގެ ތުހުމަތުކުރެވޭ މީހާގެ ބަންދާމެދު ގޮތެއް ނިންމުން އެދި ހުށަހަޅާ މައްސަލަތަކުގައި ގޮތެއް ނިންމުމުގައި ގާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ) އާއ،ި 49 ވަނަ މާއްދާ އާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) އާއ،ި ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވައިދުގައި ބަޔާންކޮށްފައިވާ އުސޫލުތައް ތަތުބީގުކުރާނެ ގޮތް ސުޕްރީމް ކޯޓުގެ ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ގަޒިއްޔާގައި ޝަރަހަކޮށްދީފައިވައިވާއިރު، ކުށުގެ ތުހުމަތު ކުރެވޭ މީހާގެ ބަންދާމެދު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ގޮތެއް ނިންމަން އެދި ހުށަހަޅަނީ އިސްތިއުނާފީ މަރުހަލާގައި ކަމަށްވީ ނަމަވެސް އަމަލުކުރަންޖެހޭނީ ގަޒިއްޔާގައި ޝަރަހަކޮށްދީފައިވާ ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް އުސޫލުތަކަށް މި ގަޒިއްޔާ ހަމަތަކަށް ބެލުމުން އެނގޭކަމާއީ، އަދި އެ ޝަރަހަތަކާ އެއްގޮތަށް ހުރިހާ ކޯޓަކުން އަމަލުކުރުމަކީ އެ ކޯޓުތަކުގެ މައްޗަށް ލާޒިމުކުރާކަމެއްކަމަށް ބަޔާންކޮށްފައިވެއެވެ.

ސުޕްރީމް ކޯޓުގެ ޝަހީބް އިބްރާހީމް ވ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް މައްސަލައިގައި ކަނޑައަޅުއްވާފައިވާ ހަމަތައް، މުހައްމަދު މަފާޒް ހުސައިން ސަލީމް ގެ ހާލަތަށް ތަތުބީގުކޮށް މަފާޒު އަކީ ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ގަޒިއްޔާއަކާ ގުޅިގެން އެ ގަޒިއްޔާގެ ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ފަރާތަކަށްވާތީވެ، ސުޕްރީމް ކޯޓުގެ ޝަހީބް އިބްރާހީމް ގަޒިއްޔާ އެވަގުތަށް މުޙައްމަދު މަފާޒް ޙުސައިން ސަލީމްގެ މައްޗަށް ތަތުބީގުކުރެވިދާނެ ކަމަށް ނުދެކޭ ކަމަށާއި، އެހެންނަމަވެސް، މުޙައްމަދު މަފާޒް ޙުސައިން ސަލީމް މިނިވަންވާ ހާލަތުގައި ސްޕްރީމް ކޯޓުގެ ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ގަޒިއްޔާގެ ދީފައިވާ އިރުޝާދު އާ އެއްގޮތަށް މުހައްމަދު މަފާޒް ހުސައިން ސަލީމްގެ ބަންދާ މެދު ގޮތެއް ކަނޑައެޅުމަށް އެދުމުގެ ފުރުސަތު ދައުލަތަށް އޮތް ކަމަށް ބަޔާންކޮށްފައިވެއެވެ.

އަދި މަފާޒުގެ ބަންދާމެދު ދިވެހިރާއްޖޭގެ ހައިކޯޓުން ކުރިން ނިންމާފައިވާ ނިންމުމާ ހަވާލާދީ މަފާޒް ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ އަމުރަކަށް ދައުލަތުން އެދިފައިވެއެވެ.

އެގޮތުން މި މައްސަލައިގައި އިސް ފަނޑިޔާރު ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 199 ވަނަ މާއްދާގެ (ށ) އަށް ބަލާއިރު، ހައިކޯޓުގެ އިސްތިއުނާފު މަރުހަލާ ނިމެންދެން ދައުވާލިބޭ މީހާ ބަންދުގައި ހުންނަން ޖެހޭކަމަށް ފެނިއްޖެނަމަ، އެފަދަ އަމުރެއް ނެރެދިނުމަށް ހައިކޯޓުގެ އެދުމުގެ އިހުތިޔާރު ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވާކަމަށެވެ. އަދި މީގެ ކުރިންވެސް އިސްތިއުނާފު މަރުހަލާފައި މިފަދަ މައްސަލަތަކުގައި މީހުން ބަންދުކުރުމުގައި އަމަލުކުރާނީ ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ގަޒިއްޔާގައި ޝަރަހަކޮށްދީފައިވާ އުސޫލުތަކަށެވެ.

މަފާޒް ބަންދުކުރަން ހައިކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ މީގެ ކުރިން މަފާޒު ދޫވިފަހުން އޭނާގެ ކުށުގެ ރެކޯޑު ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހަޅާފައިވެއެވެ. އެ ރެކޯޑަށް ބަލާއިރު، ދަށު ކޯޓުން މައްސަލަ ނިމުމުގެ ކުރިންވެސް އަދި ފަހުންވެސް މަފާޒުގެ ހައްޔަރު އަދި ބަންދުގެ ރެކޯޑު ހުރިކަން އެނގޭކަމަށެވެ. އަދި މުހައްމަދު މަފާޒް ހުސައިން ސަލީމްގެ މައްޗަށް ކުރި ދައުވާ ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ނިންމި ފަހުން، ތިން ފަހަރެއްގެ މަތިން މަފާޒު ހައްޔަރުކޮށް، އޭގެ ތެރެއިން ދެ މައްސަލާގައި ބަންދުކޮށްފައިވެއެވެ.

އެގޮތުން 22 ޑިސެންބަރު 2022 ވަނަ ދުވަހުގެ 12:28 ހާއިރ،ު ދިވެހިރާއްޖޭއަށް މަސްތުވާތަކެތި އެތެރެކޮށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވުނު މައްސަލާގައި މަފާޒު ހައްޔަރުކޮށްފައިވެއެވެ. މީގެ އިތުރުން، 22 އެޕްރީލް 2023 ދުވަހުގެ 01:31 ހާއިރު، މަޖީދީމަގު ސޮނީ ހާޑްވެއަރ ކައިރިން ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި، އިންޒާރުދީ މާރާމާރީ ހިންގައި، މުދަލަށް ގެއްލުންދިން ކަމަށް ތުހުމަތުކުރެވުނު މައްސަލާގައި މަފާޒު ހައްޔަރުކޮށް ބަންދުގެ މުއްދަތު ވަނީ އިތުރުކޮށްފައެވެ.

އަދި 2 ޖޫން 2023 ވަނަ ދުވަހުގެ ވަގުތެއްގައި ރެޑް ވޭވް ފިހާރަ ކައިރީގައި ތޫނު ހަތިޔާރު ގެންގުޅުނުކަމަށް ތުހުމަތު ކުރެވުނު މައްސަލާގައި ހައްޔަރުކޮށް 03 ޖުލައި 2023 ވަނަ ދުވަހު މެންދުރު 1:16 އާ ހަމައަށް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރު ކޮށްފައިވެވެއެވެ. އަދި އިސްތިއުނާފު ކުރެވިފައި މިވާ މައްސަލާގައި ދަށު ކޯޓުން މަފާޒުގެ މައްޗަށް ކުށް ސާބިތުނުވެ ދޫކޮށްލިފަހުން، ހިނގާފައިވާ ހާދިސާއެއްގެ މައްޗަށް ބިނާކޮށް މިހާރުވެސް ކްރިމިނަލް ކޯޓުގައި މަފާޒުގެ މައްޗަށް ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާއަކާއ،ި މުދަލަށް ގެއްލުން ދިނުމުގެ ދައުވާއަކާއ،ި ގައިގައި އަތްލުމުގެ 2 ދައުވާއެއް ކުރިއަށް ދާކަން ދައުލަތުން ބަހުން އެނގެއެވެ.

އަަދި ބަޔާންވެދިޔަ ކަންތައްތަކަށް ބަލާއިރު، ތުހުމަތު ކުރެވޭ ކުށުގެ ބާވަތާއި ކުށްކުރިކަމަށް ތުހުމަތުކުރެވޭ ގޮތާގުޅޭ ކަންތައްތަކުގެ އިތުރުން، މަފާޒުގެ މައްޗަށް މިހާރުވެސް ކްރިމިނަލް ކޯޓުގައި އިތުރު ދައުވާތަކެއްގެ ޝަރީއަތުގެ އަޑުއެހުންތައް ކުރިއަށްދާތީ، މަފާޒު އަކީ ތަކުރާރުކޮށް ކުށުގެ ވެށީގައި އުޅޭ މީހެއްކަމަށް ބެލެވޭކަމަށް ބުނެފައިވެއެވެ. މިކަންކަން މިހެން ހުރުމުން އިސްތިއުނާފު ނިމެންދެން މަފާޒު މުޖުތަމައަށް ދޫވެފައި ހުރެއްޖެނަމަ، މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ އިހުތިމާލު އޮތްކަމަށް ބެލެވެއެވެ. އެހެންކަމުން އިސްވެ ބަޔާންކުރެވުނު ކަންތައްތަކަށް ރިއާޔަތްކޮށް، މަފާޒު ބަންދުގައި ބަހައްޓަން ޖެހޭފަދަ، ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރާ ހާލަތެއް ވުޖޫދުގައި އޮތްކަމަށް އެއްބަސްވާ ކަމަށް އަމުރުގައި ބުނެފައިވެއެވެ.

ހުކުމުގައި ބުނެފައިވަނީ މި ކަންކަން މިގޮތުގައި ހުރުމުން، އެ ކޯޓުން ބަލަމުންދާ ގަޒިއްޔާގެ އިސްތިއުނާފީ މަރުހަލާގެ ޝަރީއަތް ނިމެންދެން މަފާޒް ބަންދުކުރަންޖެހޭކަމަށް ކަނޑައަޅާ، މި މައްސަލައިގެ ޝަރީއަތް ނިމެންދެން ރިމާންޑް ޖަލެއްގައި ބަންދުކުރުމަށް މި މައްސަލަ ބަލާ ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ކަނޑައަޅާފައި ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް
- ގުޅުންހުރި
އީދު ދުވަހުގެ މާރާމާރީއާއި ގުޅިގެން ހައްޔަރުކުރީ 19 އަހަރާއި 25 އަހަރާއި ދެމެދުގެ 4 ޒުވާނުން
ހުޅުމާލޭގައި ކްރިމިނަލް ކޯޓު ހިންގަން ފެށި އިމާރާތަކީވެސް ޖާގައިގެ މައްސަލައިގެ ދާއިމީ ޙައްލެއް ނޫން، ދާއިމީ ޙައްލު އަވަސް ކުރަންޖެހޭ: ޕީޖީ އޮފީސް
ޤަވައިދާ ޚިލާފަށް ޑޮމެސްޓިކް ޓާމިނަލަށް ގެންދިޔަ ލަގެޖުން ޑްރަގް ފެނުނު މައްސަލައިގައި ހައްޔަރުކުރި މީހާ ޝަރުތުތަކާއެކު ބަންދުން ދޫކޮށްލައިފި
ކެނެބިސް ޓްރެފިކް ކުރުމުގެ ކުށް ސާބިތުވި މީހަކު އުމުރަށް ޖަލަށް ލުމާއެކު އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި
ކިލޯއަކަށްވުރެ ގިނަ ކެނެބިސްއާއެކު ދެ ދިވެހިން ހައްޔަރުކޮށްފި
ފަލަމަސްގަނޑުގައި މަސްތުވާތަކެތި ތަތްކޮށްގެން ރާއްޖެއަށް އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި
މާނުގެ ޝަރީއަތް ޝެޑިއުލްކުރެވުނީ އޮޅުމަކުން، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގެ - ކްރިމިނަލް ކޯޓް
މަސްތުވާތަކެތި ބޭނުންކޮށް އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށް 20 ދުވަހަށް ބަންދުކޮށްފި