ކ. މާލެ
|
13 ޖޫން 2024 | ބުރާސްފަތި 09:31
އިސްލާމިކް މިނިސްޓަރާއި އަމީރުލް ހައްޖު ދިވެހި ހައްޖުވެރިންނައި ބައްދަލުކުރައްވަނީ
އިސްލާމިކް މިނިސްޓަރާއި އަމީރުލް ހައްޖު ދިވެހި ހައްޖުވެރިންނައި ބައްދަލުކުރައްވަނީ
އިސްލާމިކް މިނިސްޓްރީ
ދިވެހި ހައްޖުވެރިން
އަމީރުލްހައްޖު ދިވެހި ހައްޖުވެރިންނާއި ބައްދަލު ކުރައްވައިފި
ހައްޖުވެރިންގެ އިންތިޒާމްތައް ހަމަޖައްސާފައިވަނީ ރަނގަޅަށް
ޑޮކްޓަރުން ދެއްވާ އިރުޝާދާއި އިލްމުވެރިން ދެއްވާ އިރުޝާދުތައް އަޑުއައްސަވައި އެގޮތަށް އަމަލުކުރުމަށް އެދިވަޑައިގެންނެވި

އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއާއި އަމީރުލް ހައްޖު ތައުލީމާބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީއު މައްކާގައި ތިއްބެވި ދިވެހި ހައްޖުވެރިންނާ ބައްދަލުކުރައްވައިފިއެވެ.

ދިވެހި ހައްޖާޖީން ތިއްބަވާ ހޮޓަލަށް ވަޑައިގެން ދިވެހި ހައްޖުވެރިންނާ ބައްދަލުކުރައްވާ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަީއދު ދެއްކެވި ވާހަކަފުޅުގައި ހައްޖަށް ވަޑައިގެން އުޅުއްވާއިރު ދިމާވާ ކަންކަމަށް ކެތްތެރިވުމަށް ހައްޖާޖީންނަށް އިލްތިމާސް ކުރެއްވިއެވެ. މިވަގުތު ދިވެހި ހައްޖާޖީން ތިއްބެވީ އަމިއްލަ ގައުމުން ބޭރުގައި، ނުވެސް ދަންނަ ބައެއްގެ ގާތުގައި ކަމަށްވާއިރު ހިތްހަމަނުޖެހޭ ބައެއް ކަންކަން ދިމާވާނެކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް އެކަންކަމުގެ މައްޗަށް ކެތްތެރިވުމަށް ވިދާޅުވިއެވެ.

މާތްވެގެންވާ ހައްޖު ދުވަހާއި ހައްޖުވެރިންނާ ދެމެދު ތިން ހަތަރު ދުވަހަށް ވެފައިވާއިރު އެންމެ ބޮޑު ސަމާލުކަމެއް ދެއްވަންވީ އަމިއްލަ ސިއްހަތަށްކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން ޑޮކްޓަރުން ދެއްވާ އިރުޝާދާއި އިލްމުވެރިން ދެއްވާ އިރުޝާދުތައް އަޑުއައްސަވައި އެގޮތަށް އަމަލުކުރައްވަންވާނެކަމަށް ވިދާޅުވިއެވެ.

Advertisement

ވަޒީރު ވަނީ ޙައްޖު ކޯޕަރޭޝަނުން ހައްޖާޖީންނަށް ދެއްވާ ހިދުމަތްތަކާއި ހައްޖާޖީންނަށް ބޭނުންވާ އިންތިޒާމުތައް ފާހަގަކުރައްވާ އެކަމަށްޓަކައި އެ ކޯޕަރޭޝަނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ހާއްސަކޮށް ދިވެހި ހާޖީން ތިއްބަވާ ހޮޓަލުން ދިވެހި ކެއުން ލިބެން ހުރުމާއެކު އެކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. މިއާއެކު ދިވެހި ހައްޖު މިޝަންގެ މަސައްކަތްތައްވެސް ވަޒީރުވަނީ ފާހަގަކުރައްވާފައެވެ.

މި ބައްދަލުވުމުގައި އަމީރުލް ހައްޖު، ތައުލީމާބެހޭ ވަޒީރު ޑރ އިސްމާއިލް ޝަފީއު ދެއްކެވި ވާހަކަފުޅުގައިވެސް ހައްޖުވެރިންނަށް ކެތްތެރިވުމަށް ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ. އަދި ހައްޖު ކޯޕަރޭޝަނުން ދިވެހި ހައްޖުވެރިންގެ އިންތިޒާމްތައް ހަމަޖައްސާފައިވާ ފުރިހަމަކަން ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރެއްވިއެވެ.

މިއަަހަރު ރާއްޖެއިން ހައްޖުގެ އަޅުކަން އަދާކުރައްވަނީ ޖުމްލަ 1150 ހައްޖުވެރިންނެވެ.

- ކޮމެންޓް