ކ. މާލެ
|
13 ޖޫން 2024 | ބުރާސްފަތި 01:06
ޔޫކްރެއިންގެ ޚަރްކީވްއަށް ރަޝިޔާއިން ދިން ވައިގެ ހަމަލާގައި ހަލާކުވި އިމާރާތަކުން ޒަހަމްވި މީހަކު ސްޓްރެޗަރެއްގައި އެމްބިއުލާންސަށް އަރުވަނީ
ޔޫކްރެއިންގެ ޚަރްކީވްއަށް ރަޝިޔާއިން ދިން ވައިގެ ހަމަލާގައި ހަލާކުވި އިމާރާތަކުން ޒަހަމްވި މީހަކު ސްޓްރެޗަރެއްގައި އެމްބިއުލާންސަށް އަރުވަނީ
އޭޕީ
ޔޫކްރެއިން ރަޝިއާ ހަނގުރާމަ
ރަޝިއާގެ ހަމަލާ އެއްގައި ޔޫކްރެއިނުން 8 މީހުން މަރުވެ 21 މީހުން ޒަޚަމް ވެއްޖެ
ވީޑިއޯގައި ބޯ ދުންގަނޑުގެ ތެރޭގައި ފުނޑުފުނޑު ވެފައިވާ އިމާރާތްތަކުގެ ދަށުން މީހުން ސަލާމްތް ކުރުމުގެ މަސައްކަތް ހިނގަމުންދާ މަންޒަރު ފެނޭ

ޔޫކްރެއިންގެ ރައީސް ވުލޮޑެމިއަރ ޒެލެންސްކީގެ އުފަން ޝަހަރު ކަމަށްވާ ކްރީވީ ރީހް އަށް ބުދަ ދުވަހު ރަޝިއާ ސިފައިން ދިން ހަމަލާއެއްގައި 8 މީހުން މަރުވެ 21 މީހުން ޒަޚަމް ވެއްޖެއެވެ.

ޒެލެންސްކީ ވަނީ މި ހަމަލާގެ ވީޑިއޯ އެއް ސޯޝަލް މީޑިއާގައި ޕޯސްޓް ކުރައްވާފައެވެ. ވީޑިއޯގައި ބޯ ދުންގަނޑުގެ ތެރޭގައި ފުނޑުފުނޑު ވެފައިވާ އިމާރާތްތަކުގެ ދަށުން މީހުން ސަލާމްތް ކުރުމުގެ މަސައްކަތް ހިނގަމުންދާ މަންޒަރު ފެނެއެވެ.

"މަރުވި މީހުންގެ އަދަދު ވަނީ 8ށް އަރާފައި، މަދުވެގެން 21 މީހުން ވަނީ ޒަޚަމްވެފައި، އޭގެ ތެރޭގައި ކުޑަ 2 ކުދިން ހިމެނޭ، 4 މީހުން ވަނީ ވީ ނުވީއެއް ނޭނގި." ހަމަލާ އާ ބެހޭ ގޮތުން ޔޫކްރެއިންގެ ދާޚިލީ ވަޒީރު އީގޯރ ކްލިމިއަންކާ ސޯޝަލް މީޑިއާގައި ވިދާޅުވެފައި ވެއެވެ.

ކްރީވީ ރީހް އަކީ ރަޝިއާ އިން ޔޫކްރެއިންނަށް ހަމަލާ ދޭން 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ފެށިފަހުން ވަރަށް ގިނަ ފަހަރު މަތިން ހަމަލާދީފައިވާ ސަރަހައްދެއްކަން ފާހަގަ ކުރެވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް