ކ. މާލެ
|
11 ޖޫން 2024 | އަންގާރަ 16:49
އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ލޯންޗު ކުރުމަށް ބޭއްވި ޕްރެސްގެ ތެރެއިން
އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ލޯންޗު ކުރުމަށް ބޭއްވި ޕްރެސްގެ ތެރެއިން
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ
އޭޝިއަން ސާފިން ޗެމްޕިއަންޝިޕް
ރާއްޖޭގައި ބާއްވާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ލޯންޗުކޮށްފި
ސާފިން ޗެމްޕިއަންޝިޕްގައި ވާދަކޮށް 2026 ވަނަ އަހަރު އޮންނަ އޭޝިއަން ގޭމްސް އަށް ކޮލިފައިވުމުގެ ފުރުސަތު ވެސް އޮންނާނެ

ރާއްޖޭގައި ބާއްވާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕް 2024 ރަސްމީކޮށް ލޯންޗުކޮށްފި އެވެ.

މިއަހަރުގެ މުބާރާތް ރާއްޖޭގައި ބާއްވަން ނިންމާފައި ވަނީ އަންނަ އޯގަސްޓު މަހުގެ 17 އިން 24 އަށް ، މާލެ އަތޮޅު ތުލުސްދޫގަ އެވެ. މިދިޔަ އަހަރު ވެސް ރާއްޖެ އިން ވަނީ ސާފިން ޗެމްޕިއަންޝިޕް ތުލުސްދޫގައި ބާއްވައިފަ އެވެ. ރާއްޖޭގައި އެ މުބާރާތް ބޭއްވިއިރު، އިމްތިޒާމުތައް ވަރަށް ފުރިހަމަ ކަމަށް ފާހަގަކޮށްފައިވެ އެވެ.

މިއަހަރު ރާއްޖޭގައި އޮންނަ ސާފިން ޗެމްޕިއަންޝިޕްގައި ވާދަކޮށް 2026 ވަނަ އަހަރު އޮންނަ އޭޝިއަން ގޭމްސް އަށް ކޮލިފައިވުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ. މިއަހަރު ރާއްޖޭގައި އޮންނަނީ ކޮލިފައިން އިވެންޓަކަށްވާއިރު، މުބާރާތުގައި ދިވެހި އެހާ ގިނަ އެތުލީޓުން ބައިވެރިވުމުގެ ފުރުސަތެއް ނެތެވެ. އެހެން ނަމަވެސް، މުބާރާތުގައި ދިވެހި ދެ ޓީމެއް ވާދަކުރާނެ އެވެ.

މީގެ ތެރެއިން ޓީމު އޭ އަކީ، އޭޝިއަން ގޭމްސް އަށް ކޮލިފައިވުމުގެ ފުރުސަތާއެކު ބައިވެރިވާ ޓީމެކެވެ. ޓީމު ބީ އަށް އޭޝިއަން ގޭމްސް އަށް ކޮލިފައިވުމުގެ ފުރުސަތު ނެތ ނަމަވެސް، ރޭންކިން އަށް އެ ޓީމު ވެސް ގުނާނެ އެވެ. ކޮންމެ ޓީމެއްގައި ވެސް އަންހެން، ފިރިހެން ޖޫނިއާ އެތުލީޓުން އަދި ސީނިއާ އެތުލީޓުން ވެސް ހިމެނޭނެ ކަމަށް ސާފިން އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.

މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި އޭޝިއަން ސާފިން ޗެމްޕިއަންޝިޕަަށް ބަލާއިރު، ޙުސެއިން ޢަރީފް (އިބޫ) ވަނީ ލޯ މެޑަލް ހޯދައިފަ އެވެ. ސާފިން އެސޯސިއޭޝަނުން އުންމީދު ކުރާ ގޮތުގައި މިއަހަރުގެ މުބާރާތުގައި ވެސް ރާއްޖޭގެ އެތުލީޓުންނަށް ރަނގަޅު ކާމިޔާބެއް ހޯދުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް