ކ. މާލެ
|
11 ޖޫން 2024 | އަންގާރަ 13:59
ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރެއްވި ދަތުރުފ
އިންޑިއާ އަށް ކުރެއްވި ދަތުރުފުޅަކީ ރާއްޖެއަށް ވަރަށް ކާމިޔާބު ދަތުރުފުޅެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
 
އެ މަނިކުފާނު ވަނީ މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ދައުވަތު ލިބިވަޑައިގަތުމަކީ އުފާކުރައްވާކަމެއް ކަމަށް ވެސް ވިދާޅުވެފަ
 
މީގެ ކުރިން އިންޑިއާ އަށް ރައީސް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ
 
ރައީސް އާއި ސަރުކާރުގެ ރާގު ކުއްލިއަކަށް ބަަދަލުވުމުން އާއްމުން ދަނީ އެކަމަށް ފާޑުކިޔަމުން

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅަކީ ދިވެހިރާއްޖެއަށް ވަރަށް ކާމިޔާބު ދަތުރުފުޅެއްކަމުގައި އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ، މި ދަތުރުފުޅު ނިންމަވައިލެއްވުމުގެ ކުރީން، އިންޑިއާގައި ހުންނަވާ ދިވެހިރާއްޖޭގެ ޤައުމީ މީޑިޔާ (ޕީއެސްއެމް)އަށް ދެއްވި ބަސްދީގަތުމެއްގައެވެ.

އެ ބަސްތީގަތުމުގައި ރާއީސް ވިދާޅުވީ މި ދަތުރުފުޅުގެ ސަބަބުން ރައްޔިތުންނަށް ހެވާއި ލާބަ ލިބޭނެ ފަދަ މޭރުމަހުން ދެޤައުމުގެ ގުޅުމުގެ ތެރެއިން ކަންކަން ހަމަޖެއްސުމަށް މަގު ފަހި ވެގެންދާނެ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ މި ދަތުރުފުޅަކީ ދިވެހިރާއްޖެ ހިމެނޭ ސަރަހައްދަށްވެސް ރަނގަޅު ދަތުރުފުޅެއްކަމަށް ސިފަކުރައްވާފައެވެ.

އެ މަނިކުފާނު ވަނީ މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ދަޢުވަތު ލިބިވަޑައިގަތުމަކީ އުފާކުރައްވާކަމަށް ވެސް ވިދާޅުވެފައެވެ.

މި ދަތުރުފުޅުގެ ތެރެއިން ރައީސް ވަނީ މިދަތުރުފުޅުގައި ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ، ރައީސާ ދުރޫޕަދީ މުރްމޫ އަދި އެ ގައމުގެ އެކްސްޓަރަނަލް އެފެއަރޒް މިނިސްޓަރ ޑރ. ސުބްރަމާނިއަމް ޖައިޝަންކަރާވެސް ބައްދަލުކުރައްވާފައެވެ. އެ ބައްދަލުކުރެއްވުންތަކުގެ ސަބަބުން މިހާރަށް ވުރެ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް ޔަޤީންކުރައްވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މިއީ ރައީސް މުއިއްޒު އިންޑިއާ އަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.

މީގެ ކުރިން އިންޑިއާ އަށް ރައީސް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެހެންކަމުން ރައީސް އާއި ސަރުކާރުގެ ރާގު ކުއްލިއަކަށް ބަަދަލުވުމުން އާއްމުން ދަނީ އެކަމަށް ފާޑުކިޔަމުންނެވެ.

ކޮމެންޓް
- ގުޅުންހުރި
ތަރައްގީ ހުއްޓިފަ، އެކަމަކު ޚަރަދުތައް އިންތިހާއަށް ބޮޑު
މިއީ ބާރުތައް ކޮންޓްރޯލްކޮށް، ވާދަވެރިންނަށް ފުރުސަތު ހަނިކުރާ ސަރުކާރެއް، މިހާރު ވެސް މަޖިލީހުން ފެންނަނީ އެމަންޒަރު: ބިގޭ
މިއަދަކީ ރާއްޖޭގެ ތާރީޚުގައި ފަލަސްތީނުގެ ރައްޔިތުންނަށް އެންމެ ބޮޑު އެހީއެއްވާ ދުވަސްކަމުގައި ހެއްދެވުމަށް ރައީސް އެދިވަޑައިގެންފި
އިންޑިއާގެ އަސްކަރީ އެއްބަސްވުންތައް ތަހުގީގު ކުރަން ބާއްވަން އުޅުނު ސަބް ކޮމިޓީގެ ބައްދަލުވުން ކުއްލިއަކަށް ކެންސަލް
ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
އެއް އަތުން އިންޑިއާ އާ ގުޅުން ބަދަހި ކުރަނީއެވެ. އަނެއް އަތުން ގުޅުމުން އުފަންވި ފައިދާތައް ވީދާ ކުދި ކުރަނީއެވެ
އިންޑިއާގެ ބޮޑުވަޒީރު ހުވާކުރެއްވުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންފި
4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!