ކ. މާލެ
|
10 ޖޫން 2024 | ހޯމަ 23:31
މިއަހަރުގެ އަމީރުލް ހައްޖުގެ ގޮތުގައި ވަޑައިގެންނެވީ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާއިލް ޝަފީއު
މިއަހަރުގެ އަމީރުލް ހައްޖުގެ ގޮތުގައި ވަޑައިގެންނެވީ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާއިލް ޝަފީއު
އިސްލާމިކް މިނިސްޓްރީ
ޙައްޖު 1445
މިއަހަރުގެ އަމީރުލް ހައްޖަކީ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާއިލް ޝަފީއު
 
ދިވެހި ހުރިހާ ޙައްޖާޖީންގެ ހާލުވެސް ރަނގަޅު

މިއަހަރުގެ ޢަމީރުލް ޙައްޖުގެ ގޮތުގައި ރައީސުލްޖުމޫރިއްޔާ ކަނޑައަޅުއްވާފައިވާ، ތަޢުލީމީ ވުޒާރާގެ ވަޒީރު، ޑރ. އިސްމާޢިލް ޝަފީއު ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް މައްކާއަށް ފުރާވަޑައިގެންފިއެވެ.

ވަޒީރު ޑރ. ޝަފީޢު ފުރާވަޑައިގެންނެވީ މިއަދު ހަވީރު ސައުދީ އެއާލައިންގެ ފްލައިޓެއްގައި ދިވެހި ޙައްޖުވެރިންގެ ފަހު ގުރޫޕާއެކުއެވެ.

ޢަމީރުލް ޙައްޖުގެ ގޮތުގެ ގޮތުގައި ފުރާވަޑައިގެންނެވުމުގެ ކުރިން ދެއްވި ބަސްދީގަތުމެއްގައި ވަޒީރު ވިދާޅުވީ، މިހާތަނަށް ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު ދިވެހި ހުރިހާ ޙައްޖާޖީންގެ ހާލުވެސް ރަނގަޅުކަމަށާއި ޙައްޖުވެރިންގެ ކަންކަން ވަނީ އިސްލާމިކް މިނިސްޓްރީއާއި ޙައްޖު ކޯޕަރޭޝަން ގުޅިގެން ވަރަށް ފުރިހަމައަށް އިންތިޒާމްކުރެވިފައިކަމަށެވެ.

އަމީރުލް ޙައްޖުގެ ހައިސިއްޔަތުން ދިވެހި ޙައްޖުވެރިންގެ އެންމެހާ ކަންކަން ބަލަހައްޓަވާނީ ޑރ. ޝަފީޢުގެ ބެއްލެވުމުގެ ދަށުންނެވެ.

ހޯމަ ދުވަހު ފުރި ހާޖީންގެ ފުލައިޓް ޖިއްދާއަށް ވަނީ ޖައްސާފައެވެ. އަދި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް