ކ. މާލެ
|
10 ޖޫން 2024 | ހޯމަ 15:19
ހޯމަ ދުވަހު ކުރިއަށް ގެންދިޔަ ރައްޔިތުން މަޖިލީހުގެ ޖަލްސާގެ ތެރެއިން
ހޯމަ ދުވަހު ކުރިއަށް ގެންދިޔަ ރައްޔިތުން މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރާއްޖެއެމްވީ
އިޒްރޭލު ޕާސްޕޯޓް މަނާކުރާ ބިލު
އިޒްރޭލު ޕާސްޕޯޓް މަނާކުރާ ބިލު 241 ކޮމެޓީއަށް
 
ބިލު ބަލައިގަތުމަށް ފެނޭތޯ ނެގި ވޯޓުގައި 88 މެންބަރުންގެ ތާއީދާ އެކު ބިލު ވަނީ ބަލައިގެންފައި
 
ވާހަކަދެއްކެވި ހުރިހާ މެންބަރުން ވެސް ވަނީ ބިލަށް ތާއިދުކުރައްވާ ވާހަކަދައްކަވާފައި

އިޒްރޭލްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމަށް ހުށަހަޅާފައިވާ ބިލު ބަލައިގަނެ، އެ ބިލު ދިރާސާ ކުރުމަށް ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީ ނުވަތަ 241 ކޮމިޓީއަށް ފޮނުވައިފިއެވެ.

އިޒްރޭލްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމަށް އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެންނަ ބިލެއް މަޖިލީހަށް 30 މެއި 2024 ގަައި ވަނީ ހުށަހަޅާފައެވެ. އެ ބިލު މަޖިލީހަށް ހުށަހަޅާފައިވަނީ އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއީލް އަހުމަދު ނަސީމެވެ.

ހޯމަ ދުވަހު ކުރިއަށް ގެންދިޔަ މަޖިލީހުގެ ޖަލްސާގައި އިބްތިދާއީ ބަހުސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި އެ ބިލުގެ ބަހުސް ނިންމާ ބިލު ބަލައިގަތުމަށް ފެނޭތޯ ނެގި ވޯޓުގައި 88 މެންބަރުންގެ ތާއީދާ އެކު ބިލު ވަނީ ބަލައިގެންފައެވެ.

މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އެ ބިލު ދިރާސާ ކުރުމަށް ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ފޮނުވި ކަމަށެވެ.

ބިލުގެ ބަހުސް މަރުހަލާގައި ވާހަކަދެއްކެވި ހުރިހާ މެންބަރުން ވެސް ވަނީ ބިލަށް ތާއިދުކުރައްވާ ވާހަކަދައްކަވާފައެވެ.

މިބިލާ ގުޅޭގޮތުން މެންބަރު މީކާއީލް ވިދާޅުވީ، މި ބިލުގެ މަގުސަދަކީ ދިވެހިރާއްޖޭން ވެސް ބައިނަލްއަގުވާމީ ފެންވަރުގައި އިޒްރޭލާ ދެކޮޅަށް ފިޔަވަޅު އަޅާ މިއެޅުމުގައި ހަރުދަނާ ފެން ހިފޭނެ ފިޔަވަޅެއް އެޅުން ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކުގަ މެދުގައި އެކެއް އަނެކަކަށް ސިޔާސީ ބޯޅަ ޖެހުމާއި ގުދޯގުދޯ ކިއުމުގެ ބަދަލުގައި ހުރިހާ ޕާޓީއެއް އެކުވެ ރަނގަޅު މަސައްކަތެއް ކުރެވޭނެ ބިލެއްގެ ގޮތުގައި މި ބިލު ވެގެން ދިއުން ކަމަށް އުންމީދުކުރާ ކަމަށް މެންބަރު މީކާއީލް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
0%
0%
0%
0%
0%
0%
ކޮމެންޓް