ކ. މާލެ
|
11 ޖޫން 2024 | އަންގާރަ 08:52
ނިއުކާސަލް އިން ހޯދަން މަސައްކަތް ކުރަމުން އަންނަ ޓްރަފޯޑް
ނިއުކާސަލް އިން ހޯދަން މަސައްކަތް ކުރަމުން އަންނަ ޓްރަފޯޑް
ރޮއިޓާރސް
ނިއުކާސަލް ޔުނައިޓެޑު
ޓްރަފޯޑް ހޯދުމަށް ނިއުކާސަލް އިން މަސައްކަތް ކުރަނީ
ނިއުކާސަލް އާއި ޓްރަފޯޑާ ދެމެދު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ރިޕޯޓުތައް ބުނޭ

ބާންލީ އަށް ކުޅެމުން އަންނަ އިންގްލެންޑުގެ ގޯލު ކީޕަރު ޖޭމްސް ޓްރަފޯޑް ހޯދުމުގެ މަސައްކަތް ނިއުކާސަލް ޔުނައިޓެޑުން ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

ޓްރަފޯޑް ބާންލީ އަށް ބަދަލުވީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. މެންޗެސްޓަރ ސިޓީ ދޫކޮށްލުމަށްފަހު، އޭނާ ބާންލީ އަށް ބަދަލުވީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ ކުލަބާއެކު އޭނާ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2027 ވަަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

އިނގިރޭސި މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ނިއުކާސަލް އިން އަންނަނީ އުމުރުން 21 އަހަރުގެ ޓްރަފޯޑް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ނިއުކާސަލް އިން ކުރިއަށް އޮތް އައު ސީޒަނަށް، އެ ޓީމުގެ ކީޕަރަކަށް ގެންނަން ބޭނުން ވަނީ ވެސް ޓްރަފޯޑް ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ޓްރަފޯޑް ހޯދުމަށް ނިއުކާސަލް އިން ކުރަމުން އަންނަ މަސައްކަތުގައި، އޭނާ އާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އަދި އޭނާ ވަނީ ނިއުކާސަލަށް ބަދަލުވުމަށް އެއްބަސްވެފައި ކަަމަށާއި، ނިއުކާސަލް އާއި ޓްރަފޯޑާ ދެމެދު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އެހެންކަމުން މިހާރު ނިއުކާސަލް އިން ކުރަމުން އަންނަ މަސައްކަތަކީ، ބާންލީއާ އެކު ވާހަކަ ދައްކައި، މަޝްވަރާ ކުރުން ކަމަށް ވެސް ވަނީ ބުނެފަ އެވެ. އެގޮތުން ނިއުކާސަލް އިން ވަރަށް އަވަހަށް، އައު ހުށަހެޅުމެއް ބާންލީ އަށް ފޮނުވާނެ ކަމަށާއި، 15 މިލިއަން ޕައުންޑުގެ އަގެއް ދައްކަން އެ ކުލަބުން ޤަބޫލު ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ބާންލީ އަށް ބަދަލިވެ ޓްރަފޯޑް ވަނީ 28 މެޗެއްގައި އެ ޓީމުގެ ގޯލު ބަލަހައްޓައިފަ އެވެ. މެންޗެސްޓަރ ސިޓީން ސީނިއާ ކެރިއަރު ފެށި ޓްރަފޯޑް ވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން ތިން ކުލަބަކަށް ކުޅެފަ އެވެ. ޓްރަފޯޑް އަށް ވަނީ މިއަހަރު އިންގްލެންޑުގެ ޤައުމީ ޓީމުން ޖާގަ ލިބިފަ އެވެ. ޖަރުމަނުގައި ފަށާ ޔޫރޯ އަށް އިންގްލެންޑުން އެކުލަވާލި 33 ކުޅުންތެރިންގެ ޕްރިވިޝަނަލް ސްކޮޑުގައި އޭނާ ހިމެނުނެވެ.

އެހެން ނަމަވެސް، ޔޫރޯ މުބާރާތަށް 26 ކުޅުންތެރިން ނަގަން ޖެހޭއިރު، ހަތް ކުޅުންތެރިޔަކު ވަނީ ޓީމުން ބާކީ ކޮށްފަ އެވެ. އެ ހަތް ކުޅުންތެރިންގެ ތެރޭގައި ޓްރަފޯޑް ވެސް ހިމެނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް