ކ. މާލެ
|
10 ޖޫން 2024 | ހޯމަ 08:09
އިންގްލެންޑުގެ ކުރީގެ ކީޕަރު ޖެކް ބަޓްލަންޑް
އިންގްލެންޑުގެ ކުރީގެ ކީޕަރު ޖެކް ބަޓްލަންޑް
ރޮއިޓާސް
އިންގްލެންޑު
އިންގްލެންޑުގެ ކުރީގެ ކީޕަރު ބަޓްލަންޑް ރާއްޖޭގައި
ރާއްޖެ އައުމަށްފަހު ބަޓްލަންޑް ހުރީ ދ.އަތޮޅުގައި އޮންނަ ކަނޑިންމަ ރިސޯޓް މޯލްޑިވްސް ގައި

އިންގްލެންޑު ޤައުމީ ޓީމުގެ ކުރީގެ ގޯލު ކީޕަރު، ޖެކް ބަޓްލަންޑް ރާއްޖެ އަތުވެއްޖެ އެވެ.

އުމުރުން 31 އަހަރުގެ ކުޅުންތެރިޔާ ރާއްޖެ އައުމަށްފަހު ހުރީ ދ.އަތޮޅުގައި އޮންނަ ކަނޑިންމަ ރިސޯޓް މޯލްޑިވްސް ގައެވެ. އޭނާ ވަނީ އެ ރިސޯޓުގައި ކުރިއަށްދާ، ރިސޯޓު ލީގުގެ މެޗެއް ބެލުމަށް ވެސް ޙާޟިރުވެފަ އެވެ.

ބަޓްލަންޑަކީ އިންގްލެންޑުގެ ޤައުމީ ޓީމަށް މީގެ ކުރިން ކުޅެފައިވާ ކުޅުންތެރިޔެކެވެ. އިންގްލެންޑުގެ ޤައުމީ ޓީމުން އޭނާ އަށް ޖާގަ ލިބުނީ 2012 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ވަނީ ނުވަ މެޗެއްގައި އިންގްލެންޑުގެ ގޯލު ބަލަހައްޓައިފަ އެވެ. ބަޓްލަންޑް ޤައުމީ ޓީމަށް ކުޅުން ހުއްޓާލީ 2018 ވަނަ އަހަރު އެވެ. އިންގްލެންޑާ އެކު އޭނާ ވަނީ ޔޫރޫ ފުޓުބޯޅަ މުބާރާތުުގެ އިތުރުން ފީފާ ވޯލްޑް ކަޕް އަދި ޔުއެފާ ނޭޝަންސް ލީގުގައި ވެސް ކުޅެފަ އެވެ.

މިވަގުތު ރޭންޖާސް އަށް ކުޅެމުން އަންނަ ބަޓްލަންޑް ވަނީ މީގެ ކުރިން ކުލަބު ކެރިއަރުގައި ބާމިންހަމް ސިޓީ، ސްޓޯކް ސިޓީ، ބާންސްލޭ، ލީޑްސް ޔުނައިޓެޑު، ޑާބީ ކައުންޓީ، މެންޗެސްޓަރ ޔުނައިޓެޑު އަދި ކްރިސްޓަލް ޕެލެސް އަށް ވެސް ކުޅެފަ އެވެ. އޭގެ ތެރެއިން އޭނާ އެންމެ ބޮޑަށް ފާހަގަ ކޮށްލެވުނީ ސްޓޯކް ސިޓީގަ އެވެ. އެ ކުލަބުގައި ހޭދަކުރި އަށް ސީޒަންގައި އޭނާ ވަނީ، 169 މެޗެއްގައި އެ ކުލަބުގެ ގޯލު ބަލަހައްޓައިފަ އެވެ.

- ކޮމެންޓް