Advertisement
ކ. މާލެ
|
9 ޖޫން 2024 | އާދީއްތަ 21:28
ހިޔާވަހި ފައިނޭންސްގެ އެއްބަސްވުމުގައި ސޮއިކުރުން
ހިޔާވަހި ފައިނޭންސްގެ އެއްބަސްވުމުގައި ސޮއިކުރުން
ހިޔާވެހި ފައިނޭންސިން ފަހުމުނާމާ
ހިޔާވެހި ފައިނޭންސިން ފަހުމުނާމާގައި މޯލްޑިވްސް އިސްލާމިކް ބޭންކާއެކު ހައުސިން މިނިސްޓްރީން ސޮއިކޮށްފި
ހިޔާ ފައިނޭންސިން ސްކީމްގެ ދަށުން ދެކެޓަގަރީއަކުން ލޯނު ދޫކުރުމަށް ވަނީ ނިންމާފަ
އެ ލޯނު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާނީ އެސްޑީއެފްސީއާ އެމްއައިބީ ގުޅިގެން ކަަމަށް މިނިސްޓަރ ވިދާޅުވި

"ހިޔާވެހި ފައިނޭންސިން" ފަހުމުނާމާގައި މޯލްޑިވްސް އިސްލާމިކް ބޭންކާއެކު ހައުސިން މިނިސްޓްރީން ސޮއިކޮށްފިއެވެ.

އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހައުސިން މިނިސްޓަރ ޑރ. ޢަލީ ޙައިދަރުއެވެ. އެމްއައިބީގެ ފަރާތުން ސޮއިކުރެއްވީ އެ ބެންކުގެ ސީއީއޯ މުފައްޒަލް އިދްރީސްއެވެ.

ހިޔާ ފައިނޭންސިން ސްކީމްގެ ދަށުން ދެކެޓަގަރީއަކުން ލޯނު ދޫކުރުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދާއި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ އަރބަން ސެންޓަރުތަކަށް ޚާއްސަކޮށްގެން ދޫކުރާ ލޯން އަދި އެނޫން ސަރަޙައްދުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ދޫކުރާ ލޯނު ކަމަށް ހައުސިން މިނިސްޓޤރީން ވަނީ ބުނެފައެވެ.

އެ ފަހުމުނާމާގައި ސޮއިކުރުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ހައުސިން މިނިސްޓަރ ޑރ. ޢަލީ ޙައިދަރު ވިދާޅުވީ މޯލްޑިވްސް އިސްލާމިކް ބޭންކާއެކު، ބޯހިޔާވަހިކަން ކަށަވަރުކުރުމަަށް ކުޑަ އިންޓްރެސްޓެއްގައި ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް ލޯން ދޫކުރުމަށް ވެފައިވާ އެ އެއްބަސްވުމަކީ ފައިދާހުރި އެއްބަސްވުމަކަށް ވާނެ ކަމަށެވެ. އަދި އެއީ ލޯނު ހޯދުމަށް އިތުރު ފަސޭހައަކަށް ވެގެންދާނެކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

Advertisement

އެ ލޯނު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާނީ އެސްޑީއެފްސީއާ އެމްއައިބީ ގުޅިގެން ކަަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އެމްއައިބީގެ ސީއީއޯ މުފައްޒަލް އިދްރީސް ކުމްރީ ވިދާޅުވީ، މިފަދަ ޚިދުމަތެއް ދިނުމުގައި ބައިވެރިވުމަކީ އެ ބެންކަށް ލިބޭ އުފަލެއް ކަމަށެވެ. އަދި ރައްޔިތުންނަށް ލުއި ގޮތަކަށް ލޯނު ހޯދާދެވޭނެ މަގު ފަހިކޮށްދިނުމަށް މަސައްކަތްކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް