ކ. މާލެ
|
10 ޖޫން 2024 | ހޯމަ 08:07
ޓޮޓެންހަމަށް ކުޅެމުން އަންނަ އާޖެންޓީނާގެ ލޮ ސެލްސޯ
ޓޮޓެންހަމަށް ކުޅެމުން އަންނަ އާޖެންޓީނާގެ ލޮ ސެލްސޯ
ރޮއިޓާރސް
ޓޮޓެންހަމް
ޓޮޓެންހަމުން މަސައްކަތް ކުރަނީ ލޮ ސެލްސޯގެ އެއްބަސްވުން އުވާލަން!
ޓޮޓެންހަމުން ލޮ ސެލްސޯގެ އެއްބަސްވުން އުވާލަން މަސައްކަތް ކުރަމުން އަންނައިރު، އޭނާ ހޯދުމުގެ ޝައުޤުވެރިކަން އެކި ކުލަބުތަކުން ގެންގުޅޭ

ޓޮޓެންހަމަށް ކުޅެމުން އަންނަ އާޖެންޓީނާގެ ޖިއޮވާނީ ލޮ ސެލްސޯގެ އެއްބަސްވުން އުވާލަން އެ ކުލަބުން މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

އުމުރުން 28 އަހަރުގެ ކުޅުންތެރިޔާ ޓޮޓެންހަމަށް ބަދަލުވީ 2020 ވަނަ އަހަރު އެވެ. އެ ކުލަބާއެކު އޭނާ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ނަމަވެސް، އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮއްވާ، ޓޮޓެންހަމުން ބޭނުން ވަނީ އޭނާގެ އެއްބަސްވުން އުވާލަން ކަމަށް ރިޕޯޓުތައް ބުނެ އެވެ. އަދި އެކަމާ ގުޅުން ހުރި މަޝްވަރާތައް އެ ކުލަބުން އޭނާ އާއެކު ކުރަމުން ގެންދާނެ ކަމަށް ވެސް ވަނީ ރިޕޯޓުކޮށްފަ އެވެ.

ޓޮޓެންހަމުން ލޮ ސެލްސޯގެ އެއްބަސްވުން އުވާލަން މަސައްކަތް ކުރަމުން އަންނައިރު، އޭނާ ހޯދުމުގެ ޝައުޤުވެރިކަން އެކި ކުލަބުތަކުން ގެންގުޅެ އެވެ. އޭގެ ތެރޭގައި ސްޕެއިންގެ ރެއާލް ބެޓިސް ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އަދި އެ ކުލަބުން އަންނަނީ ލޮ ސެލްސޯގެ އެޖެންޓާއެކު މަޝްވަރާ ކުރަމުން ކަމަށް ވެސް ވަނީ ބުނެފަ އެވެ،

ލޮ ސެލްސޯ ވަނީ ޓޮޓެންހަމަށް ކުޅެދިން 108 މެޗުގައި 11 ލަނޑު ޖަހައިފަ އެވެ. ޓޮޓެންހަމަށް ބަދަލުވި ފަހުން އޭނާ ވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން ވިޔަރެއާލަށް ވެސް ކުޅެފަ އެވެ. ޓޮޓެންހަމްގައި ލޮ ސެލްސޯ އަށް އޭނާގެ އެންމެ އެދެވޭ ކުޅުން ނުދެއްކޭއިރު، އަނިޔާގެ މައްސަލަ ވެސް އޭނާ އަށް ދިމާވި އެވެ.

އަނިޔާގެ ސަބަބުން ލޮ ސެލްސޯ އަށް ވަނީ 2022 ވަނަ އަހަރު ޤަތަރުގައި ކުރިއަށް ދިޔަ ފީފާ ވޯލްޑް ކަޕްގައި ވެސް ކުޅެވޭ ގޮތް ނުވެފަ އެވެ. އޭގެ ފަހުން އޭނާ އަނިޔާއިން ރަނގަޅުވެ ކުޅެމުން އަންނައިރު، އާޖެންޓީނާ އިން ކޮޕާ އެމެރިކާ އަށް އެކުލަވާލި ސްކޮޑުގައި އޭނާ ވަނީ ހިމަނައިފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް