ކ. މާލެ
|
9 ޖޫން 2024 | އާދީއްތަ 15:23
އޭޝިއާގެ އެންމެ ތަފާތު ފެންވާރުގެ ގޮތުގައި އެތައް ބަޔަކު ސިފަކުރާ ފެންވާރަކީ، މަސްނޫއީ އިތުރު ކުރުންތަކެއް އެކުލެވޭ ތަނެއްކަން އެނގުން ވީ، ޗައިނާގެ އެތައް ބަޔަކަށްވެސް ލިބުނު ހައިރާން ކަމަކަށް
ޗައިނާގެ ފޭކް ފެންވާރާ
ޗައިނާތަ؟ 100 އިންސައްތަ އަސްލު ކަމާ މެދު ޝައްކު ކޮށްފަ ނުކުރާނެ ކަމެއް ހަމަ ނެތް!
ބުނެވޭ ގޮތުގައި ޔުންޓާއި ފެންވާރަކީ، ހޫނު މޫސުމަށް މާ ހިތްގައިމު ތަނަކަށް ނުވާތީ، ޕަމްޕު ޖަހާ، ހޮޅި އަޅައިގެން ފެންވާރުގެ ނަލަކަން ހިފަހައްޓަން ޗައިނާގެ ކަމާ ބެހޭ ފަރާތްތަކުން ނިންމީ

މުޅި އޭޝިއާ ސަރަހައްދުގައިވެސް އޮތް އެންމެ ނުފޫޒު ގަދަ ޤައުމަކީ ޗައިނާއޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. އިޤްތިޞާދާއި، އުފެއްދުންތެރިކަމާއި، ސިނާޢީ މަސައްކަތްތެރިކަމުގައިވެސް އެއީ އެންމެ ކުރީގައި އޮތް ޤައުމެވެ. ނަމަވެސް ޗައިނާއަށް ކުރާ އިތުބާރަކީ، އެ ޤައުމުން ސިފަ ކުރާ ހައިބަތާ ގާތް ކުރާ ކަމަކަށް ނުވެއެވެ. ބޭނުންކޮށްލަން ގަންނަ އެއްޗެއްގައި "މޭޑް އިން ޗައިނާ" ނުވަތަ ޗައިނާގެ އުފެއްދުމެކޭ ޖަހާފައި އޮވެއްޖެނަމަ، އެ އެއްޗަކާ ޝައްކުތަކެއް އުފެދެއެވެ. އެއީ އަސްލެއްތޯ ނުވަތަ އަސްލާ އެއްގޮތަށް އުފައްދާފައިވާ ފޭކު އެއްޗެއްތޯ ސުވާލު ކުރެވެއެވެ. ޗައިނާއޭ ބުނެފީވިއްޔާ، ކަމުގެ އަސްލާ މެދު ސުވާލު ނުއުފެދޭނެ ހަމަ އެއް ކަމެއްވެސް ނެތެވެ. އެންމެ ކުޑަ މިނުން ވެއްޓާ ގުޅުން ހުރި ކަންކަމުގައިވެސް ޗައިނާއިން ވަނީ މުޅި ދުނިޔެއަށް އޮޅުވާލަން މަސައްކަތް ކޮށްފައެވެ.

މިހެން މި ބުނަން ޖެހުނީ ސަބަބެއް ނެތިއެއް ނޫނެވެ. މި ވާހަކަ ފެށެނީ ޗައިނާގެ ހިނާން ޕްރޮވިންސްގައި ހުންނަ ޔުންޓާއި ވޯޓަރފޯލް ނުވަތަ ފެންވާރާ ހިސާބުންނެވެ. އެއީ މުޅި އޭޝިއާ ބައްރުގައިވެސް ހުރި އެންމެ އުސް ފެންވާރެވެ. އަނެއްކާވެސް ޗައިނާއަށް ރެކޯޑެއްތާއެވެ. އެއީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ސަތޭކަ ހާސް ބައެއްގެ ސަމާނުކަން ހޯދާފައި ވާ ފެންވާރެކެވެ. ޗައިނާއިން ޔުންޓާއި ވޯޓަރފޯލް ޕްރޮމޯޓް ކުރަނީ، މަސްނޫއީ އެއްވެސް އޮޅުވާލުމެއް އެތަނުގައި ނެތް ފަދަ ބީދައިންނެވެ. ނަމަވެސް، ޙަޤީޤަތް ހާމަ މިވީ އަދި ކިރިއާއެވެ. ޔުންޓާއީ ފެންވާރަކީ ޙަޤީޤަތުގައިވެސް އެތަނުގައި ހިނގަހިނގާ ހުރި ފެންވާރެކެވެ. ނަމަވެސް، މަސްނޫއީ ބަދަލުތަކެއް، އޭގެ އެންމެ އިންތިހާއަށް ގެނެސްފައިވާ ތަނެކެވެ. ޤުދުރަތީ ހިތްގައިމުކަމާއި ޗާލުކަން ދެކިލުމުގެ ބޭނުމުގައި އެތައް ހާސް ޑޮލަރެއް ޚަރަދުކޮށްގެން އެތަނަށް ދާ ފަތުރުވެރިޔާއަށް އެ އޮޅުވާލަނީ ކިހާ ބޮޑު އޮޅުވާލުމެއް ހެއްޔެވެ.

ޔުންޓާއި ފަރުބަދަތަކަށް ކޮންމެ އަހަރަކުވެސް އެތައް މިލިއަން ފަތުރުވެރިންނެއް ޒިޔާރަތް ކުރެއެވެ. 314 މީޓަރު އުހުން އޮހިގެން އަންނަ ޔުންޓާއި ފެންވާރަކީ އެ ސަރަޙައްދަށް ޒިޔާރަތް ކުރާ މެހެމާނުންގެ މެދުގައި އެންމެ މަގުބޫލު މަންޒިލެވެ. އޭޝިއާގެ އެންމެ އުސް ފެންވާރު، އެހާމެ ގާތުން ބަލައިލެވޭތީއެވެ. ނަމަވެސް، ދާދި ފަހުން ވަނީ އެ ފެންވާރުގެ ޙަޤީޤަތް ހާމަވެފައެވެ. އެ ފެންވާރާ މެދު މީހުން އާޝޯޚް ކުރުވުމުގެ ބޭނުމުގައި ޗައިނާއިން ވަނީ ފެން ސަޕްލައި ކުރާ ހޮޅިތަކެއް، އެ ފެންވާރާ ގުޅާފައެވެ. ގިނަ ބައެއްގެ ސަމާލުކަމަށް އެކަން ގެނެސްދިނީވެސް ޗައިނާގެ ވްލޮގަރއެކެވެ. އޭނާ ވަނީ، ޔުންޓާއި ފެންވާރާ ހިސާބަށް ދިޔަ މަގުމަތީގައި ފެނުނު މާ ސިންގާ ދަގަނޑު ހޮޅިތަކުގެ ވީޑީއޯކޮށްފައެވެ. އެއީ އެ ފެންވާރުގެ މަންޒަރުތައް ވީޑީއޯއަށް އިތުރަށް ފުރިހަމަ ކުރުމުގެ މަގުސަދުގައި އިތުރު ފެން ސަޕްލައި ކުރާ ހޮޅިތަކެވެ. ވްލޮގަރގެ ވީޑީއޯތަކާ ގުޅިގެން އެންމެ ފުރަތަމަވެސް ބުނަން ފެށީ، އެއީ އަސްލު ވީޑިއޯއެއް ނޫން ކަމަށެވެ. ނަމަވެސް ޔުންޓާއި މައުންޓަން ސީނިކް އޭރިއާގެ މަސްދަރުތަކުން ވަނީ، ފަތުރުވެރިންނަށް ހިތްގައިމު ތަޖުރިބާއެއް ކަށަވަރު ކޮށްދިނުމުގެ ގޮތުން، ފެންވާރަށް ބަދަލު ގެނެސްފައި ވާ ކަމަށް އިޢުތިރާފުވެފައެވެ.

ބުނެވޭ ގޮތުގައި ޔުންޓާއި ފެންވާރަކީ، ހޫނު މޫސުމަށް މާ ހިތްގައިމު ތަނެއް ނޫނެވެ. އެހެންކަމުން ޕަމްޕު ޖަހާ، ހޮޅި އަޅައިގެން ފެންވާރުގެ ނަލަކަން ހިފަހައްޓަން ޗައިނާގެ ކަމާ ބެހޭ ފަރާތްތަކުން ނިންމީއެވެ. އަހަރުގެ އެއްވެސް ހިސާބެއްގައި ފަތުރުވެރިން މަދުވެ، ޖީބަށް ވަންނަ ފައިސާކޮޅުން މިންވަރެއް އުނިވެދާނެ ކަމަށްޓަކައެވެ.

އޭޝިއާގެ އެންމެ ތަފާތު ފެންވާރުގެ ގޮތުގައި އެތައް ބަޔަކު ސިފަކުރާ ފެންވާރަކީ، މަސްނޫއީ އިތުރު ކުރުންތަކެއް އެކުލެވޭ ތަނެއްކަން އެނގުން ވީ، ޗައިނާގެ އެތައް ބަޔަކަށްވެސް ލިބުނު ހައިރާން ކަމަކަށެވެ. ނަމަވެސް، ބައެއް މީހުން ވަނީ އެކަން އެހެން ހިނގާކަން އެނގޭ ކަމަށް ބުނެފައެވެ. އަދި އެކަމަކުގެ އަސްލަކީ ކޮބައިކަން، އެ ސަރަޙައްދުގެ އޮފިޝަލުން ކިޔައި ނުދިން ކަމަށްވެސް އެމީހުން ވަނީ ބުނެފައެވެ. ޔުންޓާއި ފެންވާރު ހުންނަނީ ހިނާން ޕްރޮވިންސްގައި ނަމަވެސް، އެ ފެންވާރަށް ބާރު ސްޕީޑްގައި ޕަމްޕު ކުރާ ފެން ނަގަނީ ޝާންޝީ ޕްރޮވިންސުންނެވެ. ފެނުގެ ސަޕްލައިއަށް ހުރަސް އެޅުމުގެ ގޮތުން، ޝާންޝީ ޕްރޮވިންސްގެ އޮފިޝަލުންގެ މަސައްކަތުން އެ ސަރަޙައްދުގައި ފެން ރައްކާ ކުރެވޭ ޒާތުގެ ރިޒޮވަޔަރއެއްވެސް ހެދި ކަމަށް ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް
- ގުޅުންހުރި
ބިލިއަނުން ޚަރަދުކޮށްގެން ރައްކާ ކުރި އަސްކަރީ ސިއްރުތައް، މަގުމަތީ ބާޒާރުން ލިބެން ހުރީ ބާ ކަރުދާހުގެ ގޮތުގަ!
ނޭޓޯގެ ސެކްރެޓަރީ ޖެނެރަލްގެ އިންޒާރު ޗައިނާ އަށް، ރަޝިއާ އަށް އެހީވަންޏާ އޭގެ އަގު އަދާ ކުރަން ޖެހޭނެ
ޗައިނާގެ ރައީސް ޝީ، އާއި ރާއްޖޭގެ ރައީސް ޑރ. މުއިއްޒު، އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް އުފަން ދުވަހުގެ ތަހުނިޔާގެ ސިޓީ ފޮނުއްވައިފި
މިހާތަނަށް ބެލި ބެލުމުން މަރުވެފައި ތިއްބާ ފެނުނު މީހުންނާއި، ޗައިނާ ވައިޓާއި ގުޅުން ހުރި ކަމަށް ފެންނަން ނެތް - ފުލުހުން
ދުނިޔޭގެ އެންމެ އުނދަގޫ ކޮލެޖް އެންޓްރަންސް އިމްތިހާނުގައި މިއަހަރު 13 މިލިއަނަށް ވުރެ ގިނަ ދަރިވަރުން
ހަނދުން ސާމްޕަލް ހިފައިގެން ޗައިނާގެ ޖައްވީ އުޅަނދު ދުނިޔެއަށް ދަތުރު ފަށައިފި
ސުލްހައިގެ ސަމިޓަށް ގައުމުތަކުން ނުދިއުމަށް ޗައިނާ އިން ބާރު އަޅާ ކަމަށް ޔޫކްރެއިންގެ ރައީސް ދެއްކެވި ވާހަކަ ޗައިނާ އިން ދޮގުކޮށްފި
ތައިވާން ޗައިނާ އާ ވަކިކުރަން ބަޔަކު އުޅޭނަމަ އެބަޔަކު ޗިސްކޮށް ކުދިކުދި ކޮށްލާނަން: ޗައިނާގެ ދިފާއީ ވަޒީރު