ކ. މާލެ
|
9 ޖޫން 2024 | އާދީއްތަ 02:01
ޑރ.މުއިއްޒު އިންޑިއާ އައުޓް ކެމްޕެއިންގައި ޢަމަލީ ގޮތުން ބައިވެރިވެއްލައްވަނީ
ޑރ.މުއިއްޒު އިންޑިއާ އައުޓް ކެމްޕެއިންގައި ޢަމަލީ ގޮތުން ބައިވެރިވެއްލައްވަނީ
ޓްވީޓަރ
ރާއްޖޭގެ އިސް ވަފުދެއް އިންޑިއާ އަށް
މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް މުއިއްޒު އިންޑިއާ އަށް ވަޑައިގަންނަވައިފި
މިއީ ރައީސް މުއިއްޒު މަގާމާ ހަވާލުވެ ވަޑައިގެންނެވުމަށްފަހު އިންޑިއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު
އިންޑިއާގެ ބޮޑުވަޒީރު އާ ދައުރަކަށް ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވެވުމަށް ހަމަޖެހިފައި ވަނީ މި ޖޫންމަހުގެ 9 ވާ އާދިއްތަ ދުވަހު
އެ ދަތުރުފުޅުގައި ފޮރިން މިނިސްޓަރ މޫސާ ޒަމީރު ވެސް ބައިވެރިވެވަޑައިގަންނަވާނެ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދެއްވި ދަޢުވަތަކަށް ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް އިންޑިއާ އަށް ވަޑައިގެންފިއެވެ.

އެ މަނިކުފާނު އިންޑިއާ އަށް ފުރާވަޑައިގަތީ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

ރައީސުލްޖުމްހުރިއްޔާ އަދި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް އިންޑިއާއަށް ކުރައްވާ މި ދަތުރުފުޅަކީ އިންޑިއާގެ ބޮޑުވަޒީރާއި އިންޑިއާ ސަރުކާރުގެ ކައުންސިލް އޮފް މިނިސްޓަރސް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ރައީސް އަށް އެ ރަސްމިއްޔާތުގެ ދައުވަތު ރަސްމީކޮށް އަރުވާފައި ވަނީ ހޮނިހިރު ދުވަހު، އިންޑިއާއިން ރާއްޖެ އަށް ކަނޑައަޅުއްވާފައިވާ ސަފީރު، މުނޫ މަހާވަރު ރައީސްގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތެއްގެ ތެރެއިންނެވެ.

އެ ދަތުރުފުޅުގައި ފޮރިން މިނިސްޓަރ މޫސާ ޒަމީރު ވެސް ބައިވެރިވެވަޑައިގަންނަވާނެކަން އެ މަނިކުފާނު ވަނީ ހާމަކުރައްފައެވެ. އެ މަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ދަތުރުފުޅުގެ ސަބަބުން އިންޑިއާ އާއި ރާއްޖޭގެ ގުޅުން ބަދަހިވެގެންދާނެ ކަމުގެ ޔަޤީންކަން އެބަ އޮތް ކަމަށެވެ.

އިންޑިއާގެ ބޮޑުވަޒީރު އާ ދައުރަކަށް ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވެވުމަށް ހަމަޖެހިފައި ވަނީ މި ޖޫންމަހުގެ 9 ވާ އާދިއްތަ ދުވަހުއެވެ. މި ރަސްމިއްޔާތަށް އިންޑިއާގެ އަވަށްޓެރި ޤައުމުތައް ހިމެނޭހެން ޤައުމުތަކުގެ އިސް ލީޑަރުންނަށް ވަނީ ދައުވަތު އަރުވާފައެވެ.

ޕީޕީއެމް އަދި ޕީއެންސީން އިސް ނަގައިގެން ބޭއްވި އިންޑިއާ އައުޓް އެއްވުމުގެ ތެރެއިން - ރާއްޖެއެމްވީ

މިއީ ރައީސް މުއިއްޒު މަގާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު އިންޑިއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.


Advertisement
- ކޮމެންޓް