ކ. މާލެ
|
8 ޖޫން 2024 | ހޮނިހިރު 23:41
ލުބުނާނުގެ ހިޒްބުالله އިން އިޒްރޭލުގެ އުތުރުގެ ސަރަހައްދެއް ކަމަށްވާ، ކިރިޔާތު ޝްމޯނާ ސިޓީ ކައިރިއަށް ފޮނުވާލި ރޮކެޓްތަކަކަށް ފަހު ރޯވި އަލިފާން ގަނޑު
ލުބުނާނުގެ ހިޒްބުالله އިން އިޒްރޭލުގެ އުތުރުގެ ސަރަހައްދެއް ކަމަށްވާ، ކިރިޔާތު ޝްމޯނާ ސިޓީ ކައިރިއަށް ފޮނުވާލި ރޮކެޓްތަކަކަށް ފަހު ރޯވި އަލިފާން ގަނޑު
އޭއެފްޕީ
ހިޒްބުﷲ އިން އިޒްރޭލަށް ހަމަލާ ދިނުން
ހިޒްބުﷲ އިން އިޒްރޭލަށް ފުރަތަމަ ފަހަރަށް ފަލަގް-2 ގެ ރޮކެޓް ހަމަލާތަކެއް ފޮނުވާލައިފި
 
ރޮއިޓާސް އަށް މައުލޫމާތު ދެމުން ހިޒްބުﷲ އިން ބުނީ، މިއީ ފަލަގް-2 ރޮކެޓް ބޭނުން ކޮށްގެން އިޒްރޭލަށް ދިން ފުރަތަމަ ހަމަލާ ކަމަށް

ލުބުނާންގައި ހަރަކާތެރިވާ ހިޒްބުﷲ ޖަމާއަތުން ހޮނިހިރު ދުވަހު އިޒްރޭލުގެ އުތުރުގައިވާ އަސްކަރީ ކޮމާންޑް ސެންޓަރަކަށް ރޮކެޓް ހަމަލާތަކެއް ދީފިއެވެ.

ރޮއިޓާސް އަށް މައުލޫމާތު ދެމުން ހިޒްބުﷲ އިން ބުނީ، މިއީ ފަލަގް-2 ރޮކެޓް ބޭނުން ކޮށްގެން އިޒްރޭލަށް ދިން ފުރަތަމަ ހަމަލާ ކަމަށެވެ.

މީގެ ކުރިން އިޒްރޭލަށް ހިޒްބުﷲ އިން ފަލަގް-1 ރޮކެޓް ހަމަލާތައް އެތައް ފަހަރަކު ވަނީ ދީފައެވެ.

ހިޒްބުﷲ އާއި އިޒްރޭލާ ދެމެދު ހަމަލާތައް ބަދަލު ކުރުން އިތުރުވެފައިވާތީ އެކަމާ އެމެރިކާ އިން ކަންބޮޑުވާކަން އެމެރިކާއިން ވަނީ ހާމަކޮށްފައެވެ.

ހިޒްބުﷲ އިން އިޒްރޭލަށް ދޭ ހަމަލާތައް އިތުރު ކޮށްފައިވަނީ ހުސްވި އަހަރުގެ އޮކްޓޯބަރ 7 ގެ ފަހުން ގާޒާ ރައްޔިތުންނަށް އިޒްރޭލް ސިފައިން ދެމުންދާ އަނިޔާތަކާ ދެކޮޅު ހެދުމުގެ ގޮތުން ކަމަށް އެ ޖަމާއަތުން ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
7%
7%
0%
7%
0%
79%
ކޮމެންޓް