ޑެންމާކުގެ ބޮޑުވަޒީރު މެޓާ ފްރިޑްރިކްސަން އަށް މީހަކު ހަމަލާ ދީފިއެވެ.
މިކަން ހިނގީ ހުކުރު ދުވަހު ޑެންމާކުގެ ވެރިރަށް ކޮޕަންހޭގަންގެ މެދުތެރޭ ސަރަހައްދެއްގައެވެ. މަންޒަރު ދުށް މީހަކާ ހަވާލާދީ ރޮއިޓާސް އިން ބުނީ އެމީހާ ހަމަލާ ދިނުމުގެ ސަބަބުން ބޮޑުވަޒީރަށް ގެއްލުމެއް ލިބުނުކަން ބޭރަށް ފެންނަން ނެތްކަމަށެވެ.
މި ހާދިސާ ހިނގިކަން ބޮޑުވަޒީރުގެ އޮފީހުންވެސް ވަނީ ކަށަވަރު ކޮށްދީފައެވެ. ބޮޑުވަޒީރުގެ އޮފީހުން ނެރުނު ކުރު ބަޔާނެއްގައި ބުނެފައިވަނީ ހުކުރު ދުވަހުގެ ހަވީރުގެ ކޮޕަންހޭގަންގެ ރެޑް ސްކުއަރ ސަރަހައްދުން މީހަކު ބޮޑުވަޒީރުގެ ހަށިކޮޅުގައި ޖެހި ކަމަށެވެ. އެކަމުގެ ސަބަބުން ބޮޑުވަޒީރަށް ކުއްލި ސިހުމެއް ލިބުނު ކަމަށް އެބަޔާނުގައި ވެއެވެ. ހަމަލާގެ ސަބަބުން ބޮޑުވަޒީރަށް ގެއްލުމެއް ލިބުނު ވާހަކަ އެއް ބަޔާނުގައި ނުވެއެވެ.
ހަމަލާދިން މީހާ ވަނީ އެ ސަރަހައްދުނ ޑެންމާކުގެ ފުލުހުން ހައްޔަރު ކޮށްފައެވެ.