ދީނީ ފޮތްތަކަށް އިހާނެތިކޮން ހިތުން ހުއްޓުވާ ބިލެއް ޑެންމާރކް ގެ ޤާނޫނު ހަދާމަޖިލީހަށް ހުށަހަޅާ ފާސްވެއްޖެއެވެ. މިބިލަށް ގިނަބަޔަކު ދީފައިވާ ނަމަކީ "ޤުރުއާން ލޯ"، ނުވަތަ ގާނޫނެވެ. 94-77 ވޯޓުގެ ތާއީދާއެކު ފާސްކޮށްފައިވާ ބިލުގެ ދަށުން ކީރިތި ޤުރުއާން ހިމެނޭހެން އެއްވެސް ދީނެއްގެ ފޮތަކަށް، އިހާނެތިކޮށް އަންދާ އެފަދަ ކަމެއް ކުރިކަން ސާބިތުވެއްނަމަ އެމީހަކަށް 2އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.
ޑެންމާކްގައި މިފަދަ ބިލެއް ފާސްކުރަން ޖެހުނީ ކީރިތި ޤުރުއާން އެންދުމުގެ އެތައް ހާދިސާތަކެއް ހިންގުމާއި ގުޅިގެން މުސްލިމުން ގެ ނަފްރަތު އެގައުމަށް އަމާޒުވި ހަމައިންނެވެ.
ޑެންމާކް އަދި އަވަށްޓެރި ސްވީޑްން ގައިވެސް ކީރިތި ގުރުއާނަށް އިހާނެތިކޮށް އަންދާ ހެދުމުގެ އެތައް އަމަލެއް ވަނީ ދާދި ފަހުންވެސް ހިންގާފައެވެ. އެއާއެކު އެކަމަށް ދެކޮޅުހަދާ ގިނަބަޔަކު ވަނީ މުޒާހަރާތައް ކޮށްފައެވެ.
ޑެންމާކުގެ 179 މެންބަރުން ހިމެނޭ މަޖިލީހުގައި "ޤުރުއާން ލޯ"އަށް ބަހުސްކުރަމުން އެކަމަށް ދެކޮޅު ހެދި ފަރާތްތަކުން ބުނެފައިވަނީ ދީނީ ފޮތްތައް ވީދާ އަންދާހަދާނަމަ އެކަން ކުރަނީ ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަމުގެ ތެރެއިންނެވެ. އަދި މި ބިލު ފާސްވެއްޖެ ނަމަ ކަނޑައެޅިގެން އެދަނީ ޚިޔާލް ފާޅުކުރުމުގެ މިނިވަން ކަމަށް ދުރުގަތިބި ބަޔަކަށް ނުފޫޒު ފޯރުވޭ ކަމެވެ. ނަމަވެސް ބޮޑުވަޒީރު ވިދާޅުވެފައިވަނީ ދީނަށް ހަމައެކަނި ފާޑު ކިއުން އޮންނާނީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއްގެ ގޮތުގައެވެ.
"ޤުރުއާން ލޯ" އޮގަސްޓްމަހު ސަރުކާރުން މަޖިލީހަށް ފޮނުވުމުގެ ކުރިން އެކި ގައުމުތަކުގައި ހުންނަ ޑެންމާކްގެ ގެ އެމްބަސީތައް ހިމެނޭހެން 170 ތަނެއްގައި މުޒާހަރާތައް ކޮށްފައި ވެއެވެ. ސަރުކާރުން ބުނެފައިވަނީ މި ބިލުގެ ބޭނުމަކީ މިފަދަ ފަރާތްތަކަށް މެސެޖެއް ދިނުމެވެ.
ސްވީޑްންގައި ކީރިތި ޤުރުއާން އެންދުމާއި ގުޅިގެން އިރާޤްގައި ހުންނަ ސްވިޑިޝް އެމްބަސީގައި ރޯކޮލާފައިވެއެވެ.
ކަނލާންގެ އަށް ނިސްބަތްކޮށް ބަދުބަސް ބުނުމުން އަދަބުލިބޭ ޤާނޫނު "ބްލެސްފަމީ ލޯ" ޑެންމާކް އަދި ސްވީޑްން ގައިވެސް ވަނީ އުވާލާފައެވެ.