ކ. މާލެ
|
8 ޖޫން 2024 | ހޮނިހިރު 13:36
ކޮޕާ އެމެރިކާގެ ޗެމްޕިއަން އާޖެންޓީނާގެ ކެޕްޓަން މެސީ ތައްޓާއެކު
ކޮޕާ އެމެރިކާގެ ޗެމްޕިއަން އާޖެންޓީނާގެ ކެޕްޓަން މެސީ ތައްޓާއެކު
ގޫގުލް
ކޮޕާ އެމެރިކާ
ކޮޕާ އެމެރިކާ ޗެމްޕިއަން ޓީމަށް 10 މިލިއަން ޑޮލަރު
މުޅި މުބާރާތަށް ކަނޑައަޅާފައިވަނީ 23 މިލިއަން ޑޮލަރު

ކޮންމެ މުބާރާތެއްގެ ވެސް އެންމެ ގިނަ ބަޔަކު ފާހަގަ ކުރާ ކަމަކީ އެ މުބާރާތެއްގެ އިނާމް ފައިސާ އެވެ. އެ މުބާރާތެއްގެ ކުޑަބޮޑުމިން ކަނޑައަޅާ ތަރާދަކީ ވެސް އިނާމް ފައިސާ އެވެ.

ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތަށް އިނާމް ފައިސާގެ ގޮތުގައި ކަނޑައަޅާފައިވަނީ 23 މިލިއަން ޑޮލަރެވެ.

މި ފައިސާގެ ތެރެއިން މުބާރާތުގެ ޗެމްޕިއަން ޓީމަށް ލިބޭނީ 10 މިލިއަން ޑޮލަރެވެ. ފައިނަލުން ބަލިވާ ޓީމަށް 5.5 މިލިއަން ޑޮލަރެވެ. މުބާރާތުގެ ތިން ވަނަ ޓީމަށް ތިން މިލިއަން ޑޮލަރު ދޭނެ އެވެ. އަދި ސެމީ ފައިނަލަށްދާ ކޮންމެ ޓީމަކަށް 2.5 މިލިއަން ޑޮލަރު ވަނީ ކަނޑައަޅާފަ އެވެ.

މުބާރާތުގެ ގްރޫޕް ފިޔަވަހި ކަޑައްތުކޮށް ކުއާޓާ ފައިނަލަށްދާ ކޮންމެ ޓީމަށް ވެސް 1.5 މިލިއަން ޑޮލަރު ލިބޭނެ އެވެ.

ދެކުނު އެމެރިކާގެ ފުޓްބޯޅަ ފެޑަރޭޝަނަކީ މާމުއްސަނދި ބައެއްނޫނެވެ. ނަމަވެސް އެ ޖަމާއަތުން ބުނީ ވީހާ ވެސް ބޮޑަށް މުބާރާތުގެ އިންތިޒާމް ރަނގަޅު ކުރުމާއި މުބާރާތް ކުޅޭ ގައުމުތަކަށް ދެވޭ ފައިސާގެ އަދަދު އިތުރު ކުރުމަކީ އަބަދުވެސް އެންމެ އިސްކަންދޭ ކަންތައް ކަމުގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް