ކ. މާލެ
|
7 ޖޫން 2024 | ހުކުރު 22:22
ޖޯޑްން އިން އިޒްރޭލާ ގުޅުން ގާއިމް ކުރާތީ ދެކޮޅު ހެދުމުގެ ގޮތުން ޒުވާނަކު އަމިއްލަ އަށް ގައިގައި ރޯކޮށްލުން
ޖޯޑްން އިން އިޒްރޭލާ ގުޅުން ގާއިމް ކުރާތީ ދެކޮޅު ހެދުމުގެ ގޮތުން ޒުވާނަކު އަމިއްލަ އަށް ގައިގައި ރޯކޮށްލުން
މިޑްލް އީސްޓް މޮނީޓަރ
ފަލަސްތީން އިސްރާއިލް ހަނގުރާމަ
ޖޯޑްން އިން އިޒްރޭލާ ގުޅުން ގާއިމް ކުރާތީ ދެކޮޅު ހެދުމުގެ ގޮތުން ޒުވާނަކު އަމިއްލަ އަށް ގައިގައި ރޯކޮށްލައިފި
އެ ޒުވާނާ ގައިގައި ރޯކޮށްލީ ޖޯޑްންގެ ރަސްގެފާނު އަބްދުﷲ އިޒްރާލާ ގުޅުން ގާއިމް ކުރެއްވުމަށް ގެންގުޅުއްވާ ސިޔާސަތާ ދެކޮޅު ހެދުމުގެ ގޮތުން

ޖޯޑްން އިން އިޒްރޭލާ އެކު ގުޅުން ގާއިމް ކުރާތީ އެކަމާ ދެކޮޅު ހެދުމުގެ ގޮތުން ޖޯޑްންގެ ޒުވާނަކު އަމިއްލަ އަށް ގައިގައި ރޯކޮށްލައިފިއެވެ.

ހުކުރު ދުވަހު ހިނގި މިހާދިސާގެ ވީޑިއޯ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ ޝެއަރ ކޮށްފައެވެ.

ޙާދިސާ ހިނގީ ޖޯޑްންގެ ހުޅަނގު ދެކުނު ސިޓީއެއް ކަމަށްވާ އަގަބާގައި ހުންނަ ރޯޔަލް ޕެލަސްގެ ކުރިމަތީގައި ކަމަށް މި ވީޑިއޯ ޝެއަރ ކުރި ފަރާތްތަކުން ބުނެފައިވެއެވެ.

ބައެއް ފަރާތްތަކުން ބުނެފައިވާ ގޮތުގައި އެ ޒުވާނާ ގައިގައި ރޯކޮށްލީ ޖޯޑްންގެ ރަސްގެފާނު އަބްދުﷲ އިޒްރާލާ ގުޅުން ގާއިމް ކުރެއްވުމަށް ގެންގުޅުއްވާ ސިޔާސަތާ ދެކޮޅު ހެދުމުގެ ގޮތުންނެވެ.

ވީޑިއޯގައި ފެންނަ ގޮތުން ރޯކޮށްލި ޒުވާނާގެ ގަޔަށް ޖޯޑްންގެ ސިފައިން ވަނީ ބަޑިޖަހާފައެވެ.

ޚަބަރުތައް ބުނާ ގޮތުގައި އެ ޒުވާނާ ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ. އަދި އޭނާ މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފައިވާ ކަމަށްވެސް ޚަބަރުތައް ބުނެއެވެ.

ޖޯޑްން އިން އިޒްރޭލާއެކު ސުލްހައިގެ އެއްބަސްވުމެއްގައި 1994 ވަނަ އަހަރު ވަނީ ސޮއިކޮށްފައެވެ.

ޖޯޑްންގައި ހުންނަ އިޒްރޭލް އެމްބަސީ ކުރިމަތީ އެގައުމުގެ ރައްޔިތުން ބޭއްވި މުޒާހަރާ އެއްގެ ތެރެއިން - މިޑްލް އީސްޓް މޮނީޓަރ

ޖޯޑްންގެ ސަރުކާރުން ސުލްހައިގެ އެއްބަސްވުމެއްގައި އިޒްރޭލާ އެކު ސޮއި ކުރި ނަމަވެސް އެ ގައުމުގެ އާއްމު ރައްޔިތުން އެ އެއްބަސްވުން ބަލައި ނުގަންނަ ކަން ހާމަ ކުރުމުގެ ގޮތުން އެތަކެއް ފަހަރު އިހްތިޖާޖް ކޮށްފައިވެއެވެ. މިގޮތުން ވެރިރަށް އައްމާން ގައި ހުންނަ އިޒްރޭލް އެމްބަސީ ކުރިމަތީގައި ޖޯޑްން ރައްޔިތުންވަނީ އެތަކެއް ފަހަރު މުޒާހަރާ ކޮށްފައެވެ.

ހުސްވި އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިޒްރޭލުން ފަލަސްތީނަށް ދެމުންދާ އަނިޔާވެރި ހަމަލާތަކާ ގުޅިގެން އައްމާންގައި އިޒްރޭލާ ދެކޮޅަށް ބާއްވާ މުޒާހަރާތައްވެސް އިތުރުވެފައިވާ ކަން ފާހަގަ ކުރެވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް