Advertisement
ކ. މާލެ
|
7 ޖޫން 2024 | ހުކުރު 14:03
 ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ ޖަލްސާގެ ތެރެއިން
ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ ޖަލްސާގެ ތެރެއިން
ރައީސް އޮފީސް
ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމާއި ގުޅޭ ދުވަސް
ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެދެވޭ ބަދަލެއް ގެނެވޭނީ އަމިއްލަ ފަރުދުންނަށް، ޤާނޫނަކުން އެކަނި އެކަމެއް ނުވާނެ - މިނިސްޓަރ
ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މި ސަރުކާރުން ވަރަށް ޚާއްސަ އިސްކަމެއް ދެއްވާ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފަ
ސަލާމަތް ސިއްޙަތެއްގައި ތިބުމަށް ރައްކާތެރި ކާނާއަކީ ކޮންމެހެން ބޭނުންކަމެއް ކަމަށް މިނިސްޓަރ ވިދާޅުވި

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް، ކިތަންމެ ވަރުގަދަ ޤާނޫނެއް އޮތްނަމަވެސް ޤާނޫނަކުން އެކަނި އެކަމެއް ނުވާނެ ކަމަށާއި، އެކަން ކަށަވަރުކުރެވޭނީ އަމިއްލަ ފަރުދުންނަށް ކަމަށް ސިއްހަތާއި ބެހޭ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު އެފަދައިން ވިދާޅުވީ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމާއި ގުޅޭ ދުވަހުގެ ޚާއްސަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. އާންމުންގެ ސަލާމަތާއި ސިއްހަތަށްޓަކާ އެމީހަކު ކާންބޯން ބޭނުންކުރާ ބާވަތްތަކަކީ ރައްކާތެރި ބާވަތްތަކެއްތޯ ކަށަވަރުކުރަންޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން ކޮންމެ ދަނޑުވެރިއަކުވެސް ފުރަތަމަ ވިސްނަންވާނީ ތިމާ އުފައްދާތަކެތިން އަނެކާގެ ސިއްހަތަށް އެއްވެސް ގެއްލުމެއް ނުވާނެ ފަދަ ގޮތަކަށް އުފައްދާ ތަކެއްޗަށް ހެދުމަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިހާރު ދަނޑުވެރިކަން ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަށާއި ގިނަ އަދަދަކަށް ދަނޑުވެރިކަމުގައި ބިދޭސީން ހަރަކާތްތެރިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ބިދޭސީން ކާބޯތަކެތި ހެއްދުމުގައި ކެމިކަލް ބޭނުން ކުރާ މިންވަރު ބަލާ ނުލުމަކީ އެއީ ކަންބޮޑުވާ ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެކަމުގެ ޝަކުވާ އެކި މަރުހަލާތަކުގައި ސިއްހީ ވުޒާރާ އަށް ލިބުނު ނަމަވެސް އެއީ ހައްލުކުރަން އުނދަގޫ ކަންކަން ކަަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން ތިމާ އާއި ތިމާގެ އާއިލާ އަށް ލިބޭ ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ފަރުދީ ޒިންމާއަކަށް ހެދުމަށް އެ މަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.

ކިތަންމެ މޮޅު ޤާނޫނެއް ނުވަތަ ޤަވާއިދެއް އޮތްނަމަވެސް އެކަން އެންމެ ރަނގަޅުގޮތުގައި ތަންފީޒުކުރެވޭނީ އަމިއްލަ ފަރުދުންނަށް ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން ސަލާމަތް ސިއްޙަތެއްގައި ތިބުމަށް ރައްކާތެރި ކާނާއަކީ ކޮންމެހެން ބޭނުންކަމެއް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ. ރައްކާތެރިކަމާއި އެކު ދިރިއުޅުމަށްޓަކާ ކާނާގެ މުހިންމުކަމަކީ އެއްވެސް ބަޔަކަށް އޮޅިފައި އޮންނާނެ ކަމެއް ނޫން ކަަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. ހަށިގަނޑުގައި ހަކަތަ ނެތް ނަމަ ދިރިއުޅުމުގެ މަސައްކަތްތައް ކުރުމަށް ވެސް ހުރަސް އެޅިގެންދާ ކަމަށާއި، މީހާ ކޮޅަށް ހުރުމަށްޓަކާ ވެސް ކާނާ ބޭނުންވާ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މި ސަރުކާރުން ވަރަށް ޚާއްސަ އިސްކަމެއް ދެއްވާ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

އެ މަނިކުފާނު ވަނީ ފުޑް ސެކިއުރިޓީގެ ދާއިރާއިން ތައުލީމް ހާސިލްކޮށްފައިވާ މީހުންގެ މަދުކަން ފާހަގަކުރައްވާއެވެ. އަދި އެ ދާއިރާގައި ޚިދުމަތްދޭ މީހުންނަކީ ވަރަށް ގިނަ ވަގުތު އެ މަސައްކަތުގައި ހޭދަކުރާ ބައެއް ކަމަށާއި އެ މަސައްކަތް ކުރާ މީހުންނަށް އާންމުންގެ ޝުކުރު ހައްގު ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާކަން ފާހަގަކުރައްވާ އެކަމަށްޓަކާ ޑަބްލިއުއެޗްއޯ އަށް އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

Advertisement

އެ ރަސްމިއްޔާތުގައި މިދާއިރާއިން ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ 4 ބޭފުޅަކަށް ޚިދުމަތުގެ އަގުވަޒަންކޮށްވަނީ އެވޯޑުދީފައެވެ.

.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް