Advertisement
ކ. މާލެ
|
7 ޖޫން 2024 | ހުކުރު 14:18
 ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ ޖަލްސާގެ ތެރެއިން
ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ ޖަލްސާގެ ތެރެއިން
ރައީސް އޮފީސް
ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ ޖަލްސާ
ކާބޯތަކެތީގެ ރައްކާތެރިކަމަކީ ފަރުދީ ޒިންމާއެއް، އެންމެންގެ ސަލާމަތަށްޓަކައި އެންމެން ގުޅިގެން އެކަމަށް މަސައްކަތްކުރަން ޖެހޭ - ރައީސްގެ އަނބިކަނބަލުން
އެކަމަނާ ވަނީ ދާދި ފަހުން ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރެއްވި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނު ތަންފީޒުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފަ
އެކަމަނާގެ ވާހަކަފުޅުގައި ކާބޯތަކެތީގެ ރައްކާތެރިކަމަށްޓަކައި ކުރެވިދާނެ ކަންކަން ފާހަގަކުރައްވައި އެންމެން ގުޅިގެން އެކަންކަން ހާޞިލުކުރުމަށް ބާރުއަޅުއްވާފަވޭ

ކާބޯތަކެތީގެ ރައްކާތެރިކަމަކީ ފަރުދީ ޒިންމާއެއްކަމަށާއި އެންމެންގެ ސަލާމަތަށްޓަކައި އެންމެން ގުޅިގެން އެކަމަށް މަސައްކަތްކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ސާޖިދާ އެފަދައިން ވިދާޅުވީ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކްރޮސްރޯޑްސް މޯލްޑިވްސްގައި ކުރިއަށްދިޔަ އެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ފާހަގަކުރެވޭ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ކާބޯތަކެތީގެ ރައްކާތެރިކަމަށް މީހުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ. އަދި ކާބޯތަކެތީގެ ޒަރިއްޔާއިން ބަލިފެތުރޭ ގޮތްތަކަށް އަހުލުވެރިކުރުމާއި، ރައްކާތެރިގޮތުގައި ބޯފެން އަދި ކާބޯތަކެތި ބޭނުންކުރުމުގެ އުސޫލުތައް ފުރިހަމަ ގޮތުގައި އަންގައިދިނުމަކީ މުހިއްމު ކަމެއް ކަމަށް އެކަމަނާ ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން އެކަމަނާ ވަނީ ދިފާޢީ ނިޒާމު ރައްކާތެރިކޮށްދޭ ކާނާއަށް ޝައުޤުވެރިކަން އިތުރުކުރުން ހިމެނޭކަން ފާހަގަކުރައްވާފައެވެ.

Advertisement

އެކަމަނާ އިތުރަށް ވިދާޅުވީ ކާބޯތަކެއްޗަކީ އިންސާނާގެ ދިރިހުރުމަށާއި، ދުޅަހެޔޮކަމަށް އެންމެ މުހިއްމު އެއް ވަސީލަތް ކަމަށެވެ. އެހެންކަމުން އިންސާނީ ޙަޔާތުގެ ތަރައްޤީއަށް، އިންސާނުންގެ ތޫނުފިލިކަމަށް، އިންސާނުންގެ ރޫފަހެޔޮކަމަށް، ކާނާ މުހިއްމުވާކަން ސާޖިދާ ވަނީ ފާހަގަކުރައްވާފައެވެ. ކާބޯތަކެތީގެ ރައްކާތެރިކަމުގެ ހޭލުންތެރިކަމާއި ޝައުޤުވެރިކަން މުޖުތަމަޢުގައި އޮންނަންޖެހޭ ކަަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ. އެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ދާދި ފަހުން، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނު ތަންފީޒުކުރުމުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ.

އިތުރަށް ވާހަކަދައްކަވަމުން އެކަމަނާ ވަނީ މި އަހަރުގެ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ ޝިޢާރު ކަމަށްވާ 'ކާބޯތަކެތީގެ ރައްކާތެރިކަން: ކުރިމަތިވެދާނެ ކަމަކަށް ތައްޔާރުވަމާ!' އަށް އަލިއަޅުވާލައްވާފައެވެ. އެ ކަމަނާ ވިދާޅުވީ މި ޝިޢާރުން އިންސާނާގެ ދުޅަހެޔޮކަމާއި ރައްކާތެރި ކާނާއާ ގުޅިފައިވާ މިންވަރާއި، ދެމެހެއްޓެނިވި ތަރައްޤީއާއި ރައްކާތެރި ކާބޯތަކެއްޗާ ގުޅިފައިވާ މިންވަރު އެނގިގެންދާ ކަމަށެވެ.

އަދި އެކަމަނާގެ ވާހަކަފުޅުގައި ކާބޯތަކެތީގެ ރައްކާތެރިކަމަށްޓަކައި ކުރެވިދާނެ ކަންކަން ފާހަގަކުރައްވައި އެންމެން ގުޅިގެން އެކަންކަން ހާސިލުކުރުމަށް ބާރުއަޅުއްވާފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް