ކ. މާލެ
|
7 ޖޫން 2024 | ހުކުރު 00:46
ޢަރަފާތު ދުވަހަކީ ޖޫން 15ވާ ހޮނިހިރު ދުވަސް
ޢަރަފާތު ދުވަހަކީ ޖޫން 15ވާ ހޮނިހިރު ދުވަސް
ސޯޝަލްމީޑިއާ
ޙައްޖު 1445
ހުކުރު ދުވަހަކީ ޙައްޖު މަހުގެ 1 ވަނަ ދުވަސް، އީދު ވަނީ ޖޫން 16 އަށް - ޝަހީމް
 
އަޟްޙާ ޢީދު ދުވަހަކީ ޖޫންމަހުގެ 16ވާ އާދިއްތަ ދުވަސްކަމުގައި ކަނޑައަޅުއްވާފައިވާ ކަމަށް ވަޒީރު ވަނީ ވިދާޅުވެފަ
 
ދިވެހި ކަލަންޑަރުގައި މިހާރު ވާގޮތުން ޙައްޖު މަހުގެ އެއްވަނަ ދުވަހަކީ އަންނަ ހޮނިހިރު ދުވަސް

ޙައްޖު މަހުގެ 1 ވަނަ ދުވަހަކީ ޖޫންމަހުގެ 7 ވަނަ ދުވަސް ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ހާމަކުރައްވައިފިއެވެ.

އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ސައުދީ އަރަބިއްޔާއަށް 1445 ވަނަ އަހަރުގެ ޛުލްޙިއްޖާ މަހުގެ ހަނދު ފެނިފައިވާ ކަމަށެވެ.

އެހެންކަމުން ދިވެހިރާއްޖޭގައި ހަނދު ސާބިތު ކުރުމުގެ އުޞޫލަށް ރިޢާޔަތްކޮށް، ދިވެހިރާއްޖޭގައި ވެސް 1445 ވަނަ އަހަރުގެ ޙައްޖު މަހުގެ 1 ވަނަ ދުވަހަކީ 7 ޖޫން ވާ ހުކުރު ދުވަސްކަމަށް ކަނޑައަޅާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި ޢަރަފާތު ދުވަހަކީ ޖޫން 15ވާ ހޮނިހިރު ދުވަސްކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން އަޟްޙާ ޢީދު ދުވަހަކީ ޖޫންމަހުގެ 16ވާ އާދިއްތަ ދުވަސްކަމުގައި ކަނޑައަޅުއްވާފައިވާ ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ދިވެހި ކަލަންޑަރުގައި މިހާރު ވާގޮތުން ޙައްޖު މަހުގެ އެއްވަނަ ދުވަހަކީ އަންނަ ހޮނިހިރު ދުވަހެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
0%
50%
0%
0%
0%
50%
ކޮމެންޓް