ކ. މާލެ
|
6 ޖޫން 2024 | ބުރާސްފަތި 13:10
މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް
މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް
ރާއްޖެއެމްވީ
ގޯތީގެ މައްސަލަ
މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމުގެ މަސައްކަތް ސަރުކާރުން އަވަސް ކުރަން މަސައްކަތް ނުކުރޭ - އާޒިމް
ގޯތި ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ލަސްކުރޭ
އެމްޑީޕީގެ ސަރުކާރުން ދީފައިވާ ގޯތިތައް ދިނުމުގެ ކަންކަން އަވަސްކުރުމަކީ މުހިންމު ކަމެއް
ގޯތި ދޭން ސަރުކާރަށް މަޖުބޫރުވާނެ

މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމުގެ މަސައްކަތް ސަރުކާރުން އަވަސް ކުރަން މަސައްކަތް ކުރައްވާތަނެއް ފެނިވަޑައިނުގަންނަވާ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މޭޔަރ އާދަމް އާޒިމް ވިދާޅުވީ މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުނުވެ ލަސްވަމުންދާތީ ކަންބޮޑުވާ ކަމަށެވެ. އާޒިމް ވިދާޅުވީ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ހައްލު ހޯދައިދިނުމަކީ އެމްޑީޕީގެ ސިޔާސަތެއް ކަމަށާއި، ބިން ގަނެގެން ބިން މިލްކު ކުރުމުގެ ގާބިލުކަމެއް ކޮންމެ މީހެއްގެ ނުހުންނާނެ ކަމަށެވެ. އަދި ޓެކްސް ފައިސާއިން ބިން ހިއްކާ ގޯތިތައް ދޭން ނިންމީ ހަމަހަމަ ސިޔާސަތެއްގެ ދަށުން ކަމަށާއި، ކޮންމެ މީހަކީ ބިން ގަނެވޭނެ މީހެއް ނޫން ކަމުން އެމްޑީޕީގެ ސަރުކާރުން ނިންމީ ރައްޔިތުންނަށް އެކަން ކޮށްދިނުމަށް ކަމަށެވެ.

އާޒިމް ވިދާޅުވީ އެމްޑީޕީގެ ސިޔާސަތު ތަންފީޒުނުކޮށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށާއި، ކަންބޮޑުވުމަކީ އެ މަސައްކަތް ލަސްވުން ކަމަށެވެ. އާޒިމް ވިދާޅުވީ ގޯތި ދޭން ސަރުކާރަށް މަޖުބޫރުވާނެ ކަމަށާއި، އެކަން ނުކޮށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ.

މާލޭގެ ރައްޔިތުން ވަރަށް ދަތި ހާލުގައި އުޅޭތާ 40 ވަރަކަށް އަހަރު މިވީ. ބައެއް ގޭގޭގައި އެބަ އުޅޭ 40 އަކަފޫޓުގެ ތަންތަންކޮޅުގައި މުޅި އާއިލާ ގޮވައިގެން. ސިޔާސީ ކެމްޕޭންގެ ތެރޭގައި މި ބޭބޭފުޅުން ގެތަކަށް ވެސް އުޅުއްވާފައި ހޮވިގެން ވަޑައިގެންނެވީ. މާލެއަށް ހޮވުނު ރައްޔިތުން މިކަމަށް ވަކާލާތުކުރާނެކަމަށް ގަބޫލުކުރައްވަނީ
މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް

އާޒިމް ވިދާޅުވީ ބިލަށް ކޮންމެ ގޮތެއް ހެދިނަމަވެސް، އެމްޑީޕީގެ ސަރުކާރުން ދީފައިވާ ގޯތިތައް ދިނުމުގެ ކަންކަން އަވަސްކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި މި ހާލުގައި މާލޭގެ ރައްޔިތުން އުޅޭތަން ދެކެން ބޭނުން ނުވާ ކަަމަށެވެ.

އާޒިމް ވިދާޅުވީ ގޯތި ދިނުމުގެ މަސައްކަތް އަވަސް ކުރަން ސަރުކާރުން މަސައްކަތް ކުރައްވާތަން ފެނިވަޑައިނުގަންނަވާ ކަމަށެވެ. އަދި މަދު ބައެއް އެއްތަނުން އަނެއްތަނަށް ބަދަލުކުރަން ގިނަ ވަގުތެއް ނުނަގާނެ ކަމަށާއި، ނަމަވެސް ސަރުކާރުން އެކަން ލަސްކުރަމުން އަންނަ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް
- ގުޅުންހުރި
ފްލެޓާއި ގޯތީގެ މައްސަލައިގައި އަމަލުކުރަމުންދާ ގޮތުން ފެންނަނީ ސަރުކާރުގެ ހާމަކަން ބޮޑުކަމެއް ނެތްކަން: ޔާސިރު
މާލެ ސަރަހައްދުގައި ކުލަ ގަދަކޮށް އީދު ފާހަގަކުރަން ރާވާފައި ހުރި ހަރަކާތްތައް ހާމަކޮށްފި
ކުނި އެޅުމުން ކުރާ ޖޫރިމަނާ އިތުރުކުރަން ޖެހޭ - މޭޔަރ އާޒިމް
ސަރުކާރުން ޖަހާ ލަނގިރިއަކަށް ނުނަށާނެ، ފްލެޓާއި ގޯތި ދޫކުރުމަށް ބާރުއަޅާ އެ މަސައްކަތް އެމްޑީޕީން ކުރާނެ: މެންބަރު ފަލާހު
ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރެއްވުމުން އެނގެނީ އަވަސް މުސްތަގުބަލެއްގައި ގޯތިތައް ހަވާލުކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތްކަން - މީކާއީލް
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް
ގުޅިފަޅަށް ގޯތި ބަދަލުކުރަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމަށް ހުޅުވާލައިފި
ބިންވެރިޔާ ސްކީމްގެ ދަށުން މިހާތަނަށް ހުޅުމާލެއިން 500ށް ވުރެ ގިނަ ގޯތި ދޫކޮށްފި