ކ. މާލެ
|
5 ޖޫން 2024 | ބުދަ 16:09
އައިޖީއެމްއެޗް
އައިޖީއެމްއެޗް
ރާއްޖެއެމްވީ
ކަރަންޓުގައި ޖެހި ޒުވާނެއްގެ ހާލު ސިރިއަސްވުން
އުނގޫފާރުގައި ކަރަންޓުގައި ޖެހި ހާލު ދެރަވި ޒުވާނާ އަދިވެސް އޮތީ ވެންޓިލޭޓަރުގައި: އައިޖީއެމްއެޗް
އަތީކުގެ ކިޑްނީއަށް ވަނީ ގެއްލުންވެފައި
ކަރަންޓުގައި ޖެހުނު 18 އަހަރުގެ ޒުވާނާއަކީ އޯޓިސްޓިކް ކުއްޖެއް
ހާލު ސީރިއަސްވި 18 އަހަރުގެ އަތީކު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ ހޭނެތިފައި

ރ.އުނގޫފާރުގައި ކަރަންޓުގައި ޖެހި ހާލު ދެރަވި ޒުވާނާ އަދިވެސް އޮތީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

ކަރަންޓުގައި ޖެހުނު ކުޑަ ދެކުއްޖަކު ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ކަރަންޓުގައި ޖެހި ހާލު ސިރިއަސްވި ޒުވާނާ އިތުރު ފަރުވާއަށް މާލެ ގެނެސްފައިވަނީ 25 މެއި 2024 ވީ ހޮނިހިރު ދުވަހެވެ.

ރާއްޖެއެމްވީއަށް އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެޒުވާނާގެ ހާލު ސިރިއަސް ކަމަށާއި، އަދިވެސް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށެވެ.

އުނގޫފާރުގައި މިހާދިސާ ހިނގާފައިވަނީ 23 މެއި 2024 ވީ ބުރާސްފަތި މެންދުރުގެ ވަގުތެއްގައެވެ. އެދުވަހު ކަރަންޓު ޖެހިގެން ފަރުވާދެމުން ދިޔައީ 18 އަހަރުގެ ފިރިހެން ކުއްޖަކާއި، 12 އަހަރުގެ ފިރިހެން ކުއްޖެއްގެ އިތުރުން އަންހެން ކުއްޖަކަށެވެ. މިކުދިންތައް އުނގޫފާރު ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:40 ހާއިރުއެވެ. ކަރަންޓުގައި ޖެހުނު ކުޑަ ދެކުދިން ހޮސްޕިޓަލުން ދޫކޮށްލާފައިވާއިރު، އެ ދެކުދިން ސަލާމަތްކުރަން އުޅުނު 18 އަހަރުގެ ޒުވާނާގެ ހާލު ސީރިއަސްވެ ފުރަތަމަ ފަރުވީފައިވަނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގެ ވެންޓިލޭޓަރުގައެވެ.

ހާލު ސީރިއަސްވި 18 އަހަރުގެ ހުސެއިން އަތީކު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ ހޭނިތަފައެވެ. އަދި އޭނާގެ ހާލު ސިރިއަސްއެވެ. އަތީކުގެ ކިޑްނީއަށް ވަނީ ގެއްލުންވެފައެވެ.

ކަރަންޓުގައި ޖެހުނު 18 އަހަރުގެ ޒުވާނާއަކީ އޯޓިސްޓިކް ކުއްޖެކެވެ.

މި ތިން ކުދިން ކަރަންޓު ޖެހިފައިވަނީ މަގުމަތީގައި ހުރި ބައްތިއަކުން މަގަށް ކަރަންޓު ލީކުވެފައި ހުރުމުގެ ސަބަބުންނެވެ. އުނގޫފާރުގައި ހިނގި ކަރަންޓުގައި ޖެހުމުގެ ހާދިސާއާއި ގުޅިގެން އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފެނަކައިން ވަނީ ބުނެފައެވެ.

އުނގޫފާރު ފެނަކަ ބުރާންޗުގެ މެނޭޖަރު އަހުމަދު ސައީދު ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޕޮލިހާއި އުނގޫފާރު ކައުންސިލާއި ގުޅިގެން މައްސަލަ ދަނީ ތަހުގީގުކުރަމުން ކަމަށެވެ. ސައީދު ވިދާޅުވީ އެ ނެޓްވޯކަކީ ކައުންސިލުން ބަލަހައްޓާ ނެޓްވޯކެއް ކަމަށާއި، އެކަމާއި ގުޅުން ހުރި ޓެކްނިކަލް ކަންކަން ބަލަނީ ފެނަކައިން ކަމަށެވެ. އަދި ކައުންސިލުން އެދުމުން އެފަދަ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދޭ ކަމަށެވެ.

ސައީދު ވިދާޅުވީ މައްސަލަ ތަހުގީގުކުރަމުން އަންނަ އިރު، ކަމާއި ބެހޭ ތަޖުރިބާކާރެއް މިކަމުގައި ހިމެނޭ ކަމަށެވެ.

މީގެ އިތުރުން އެއީ ކުރީގެ ނެޓްވޯކެއް ކަމަށާއި، މަގުތައް ހެދި އިރު ނެޓްވޯކަށް ގެއްލުންވެފައި ހުރިކަމަށް ބެލެވޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް