ކ. މާލެ
|
5 ޖޫން 2024 | ބުދަ 13:00
ލުބުނާނުގެ ފޮރެންސިންކް ޓީމުން އެމްބަސީ ސަރަހައްދުގައި ހަރަކާތްތެރިވަނީ (ފައިލް ފޮޓޯ)
ލުބުނާނުގެ ފޮރެންސިންކް ޓީމުން އެމްބަސީ ސަރަހައްދުގައި ހަރަކާތްތެރިވަނީ (ފައިލް ފޮޓޯ)
އޭޕީ
އެމެރިކާ އެމްބަސީ އަށް ހަމަލާ ދިނުން
ލެބަނަންގައި ހުންނަ އެމެރިކާ އެމްބަސީ އަށް މީހަކު ބަޑިން ހަމަލާ ދީފި
ހަމަލާ ދީފައިވަނީ ސީރިޔާގެ ރައްޔިތެއް ކަމަށް ޚަބަރު ލިބޭ
ހަމަލާދިން މީހާ ވަނީ ހައްޔަރު ކޮށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދެވިފައި

ލެބަނަންގައި ހުންނަ އެމެރިކާ އެމްބަސީއަށް މީހަކު ބަޑިން ހަމަލާ ދީފި ކަމަށް ލެބަނަންގެ އަސްކަރިއްޔާ އިން ބުނެފިއެވެ.

ބުދަ ދުވަހު ހިނގި މިހާދިސާ އާ ބެހޭ ގޮތުން ލެބަނަންގެ އަސްކަރިއްޔާ އިން ބުނީ ހަމަލާ ދިން މީހާ އަށް ރައްދުގައި ލެބަނާންގެ ސިފައިން ބަޑިޖެހުމުގެ ސަބަބުން އޭނާ ޒަޚަމް ވެފައިވާ ކަމަށެވެ.

ހަމަލާދިން މީހާ ވަނީ ހައްޔަރު ކޮށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދެވިފައިކަމަށް ބަޔާނުގައި ވެއެވެ.

ހަމަލާ ދިން މީހާއާ ބެހޭ ގޮތުން ބަޔާނުގައި ބުނެފައިވަނީ އެއީ ސީރިޔާގެ ރައްޔިތެއް ކަމަށެވެ.

އެމެރިކާގެ އެމްބަސީންވެސް ވަނީ މިހާދިސާއާ ބެހޭ ގޮތުން އެކްސްގައި މައުލޫމާތު ހިއްސާ ކޮށްފައެވެ. އެމްބަސީން ބުނެފައިވަނީ ބަޑި ޖެހުމުގެ ހާދިސާ ހިނގީ އެތާ ގަނޑިން ހެނދުނު 8:34 ގައި ކަމަށާއި، ބަޑި ޖެހުމުގެ އިމާރާތަށާއި މުވައްޒަފަކަށް ގެއްލުމެއް ނުލިބޭކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް