Advertisement
ކ. މާލެ
|
5 ޖޫން 2024 | ބުދަ 10:01
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންޑިއާ އައުޓް ކެމްޕެއިންގައި - ފައިލް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންޑިއާ އައުޓް ކެމްޕެއިންގައި - ފައިލް
ޓްވީޓަރ
މޯދީ އިންތިހާބު ކާމިޔާބު ކުރެއްވުން
މޯދީއަށް މަރުހަބާ ވިދާޅުވެ ރައީސް ވިދާޅުވީ ގުޅިގެން ކުރެވޭ މަސައްކަތް އިތުރުކުރެވިގެންދާނެ ކަމަށް އުއްމީދު ކުރައްވާކަމުގައި
ދެގައުމުން ހިއްސާވާ މަސްލަހަތުތައް ކުރިއެރުވުމަށް ގުޅިގެން މަސައްކަތް ކުރުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވި
ވެރިކަމަށް އަންނަ ގައުމަކާއި ދޭތެރޭގައި ނަފްރަތު އުފައްދާ ކެމްޕޭނެއް ހިންގި މިއީ ފުރަތަމަ ރައީސް

ގުޅިގެން މަސައްކަތް ކުރުަމާއި، މަސްލަހަތު ކުރިއަރުވަން މަސައްކަތް ކުރެއްވުމުގެ ވާހަކައާއެކު، 3 ވަނަ ދައުރަކަށް އިންތިހާބުވި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.

އިންޑިއާގެ އާއްމު އިންތިޚާބު ކާމިޔާބު ވެއްޖެ ކަމަށް ބޮޑު ވަޒީރު މޯދީ ވަނީ އިއުލާން ކުރައްވާފައެވެ. މިހާތަނަށް ނަތީޖާ ނުކުމެފައިވާ ގޮތައް ބަލާއިރު ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ – ލޮކް ސަބާގެ އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރާނީ މޯދީގެ ޕާޓީ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ހިމެނޭ ނޭޝަނަލް ޑިމޮކްރަޓިކް އެލަޔަންސް (އެންޑީއޭ) އިން ކަމަށް ވަނީ ކަށަވަރު ވެފައެވެ.

Advertisement

އިންޑިއާގެ ޢާންމު އިންތިޚާބު 2024ގައި ބާރަތިޔާ ޖަނާތާ ޕާޓީ (ބީ.ޖޭ.ޕީ) އާއި އެޕާޓީ އިސްވެ އޮވެ އުފައްދާފައިވާ ނޭޝަނަލް ޑިމޮކްރަޓިކް އެލަޔަންސް (އެން.ޑީ.އޭ) ހޯދި ކާމިޔާބީ ފާހަގަކުރައްވައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެފައިވަނީ ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ޕޯސްޓުގައި ތަރައްޤީއާ ހަމަޖެހުން ހޯދުމަށް ދެ ޤައުމު ގުޅިގެން ކުރެވޭ މަސައްކަތް އިތުރުވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވެއެވެ.

ރައީސްގެ ޕޯސްޓުގައި ވިދާޅުވީ ރާއްޖެއާއި އިންޑިއާއިން ހިއްސާވާ ތަނަވަސްކަމާއި ހަމަޖެހުން ހޯދުމަށްޓަކައި، ދެގައުމުން ހިއްސާވާ މަސްލަހަތުތައް ކުރިއެރުވުމަށް ގުޅިގެން މަސައްކަތް ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އިންޑިއާއާއެކު ގުޅިގެން މަސައްކަތް ކުރައްވާ ވާހަކަފުޅު ރައީސް ދައްކަވާފައިވާއިރު، އެމަނިކުފާނު ވެރިކަމަށް އަންނަން ބޭނުން ކުރި އެއް ހަތިޔާރަކީ އިންޑިއާ އައުޓް ކެމްޕޭނެވެ. މީގެ އިތުރުން ރާއްޖޭގައި ހާހަކަށްވުރެ ގިނަ އިންޑިއާ ސިފައިން ހަތިޔާރާއެކު ތިއްބެވި ކަމަށާއި، އެއީ އިންޑިއާއިން ރާއްޖޭގެ މިނިވަންކަން ނަގާލާ އަތްގަދަކުރުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި އެމަނިކުފާނު ވަނީ ސިފަކުރައްވާފައެވެ.

ނަމަވެސް ވެރިކަމަށް ވަޑައިގެން އިންޑިއާ ސިފައިން ބޭރުކުރުމުގެ ނަމުގައި އިންޑިއާއިން ދީފައިވާ ހެލިކޮޕްޓަރާއި ޑޯނިއާ ދުއްވަން ތިބި އިންޑިއާގެ އަސްކަރިއްޔާގެ އޮފިސަރުން ފޮނުވާލުމަށްފަހު ކުލަހެދުމުގައި އިންޑިއާ ސިފައިންގެ ބަޔަކު ވަނީ އަނބުރާ ގެނެސްފައެވެ.

މީގެ އިތުރުން މި ސަރުކާރުގެ އިގްތިސާދީ ސިޔާސަތުގެ ދޯހަޅިކަމުގެ ސަބަބުން އެންމެ ފަހުން އިންޑިއާއިން ނަގާފައިވާ ޓްރެޝަރީ ބޮންޑް ފަސްކޮށްދޭން އެދި މާލީ އެހީތެރިކަމަށް ވެސް މި ފަހުން ސަރުކާރުން ވަނީ އެދިފައެވެ. އިންޑިއާ ނޫން ގޮތެއް ހޯދަން އައި ބަޔަކު އަދިވެސް ދަނީ އިންޑިއާގެ އެހީއަށް އެދެމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް