ކ. މާލެ
|
4 ޖޫން 2024 | އަންގާރަ 10:49
ގާޒާގެ ދެކުނަށާއި މެދުތެރޭ ސަރަހައްދު ތަކަށް އިޒްރޭލް ސިފައިން ހުއްޓުމެއް ނެތި ބޮމުގެ ހަމަލާތައް އަންނަނީ ދެމުން
ގާޒާގެ ދެކުނަށާއި މެދުތެރޭ ސަރަހައްދު ތަކަށް އިޒްރޭލް ސިފައިން ހުއްޓުމެއް ނެތި ބޮމުގެ ހަމަލާތައް އަންނަނީ ދެމުން
ދި ޓައިމްސް އޮފް އިޒްރޭލް
ފަލަސްތީން އިސްރާއީލް ހަނގުރާމަ
ހިޒްބުﷲ ގެ ރޮކެޓް ހަމަލާތަކުން އިޒްރޭލުގެ ބޮޑު ބައެއްގައި ރޯވެ އަނދަނީ
އަލިފާން ނިއްވާ މީހުން ހަރަކާތްތެރި ވަމުން ދިޔަ ނަމަވެސް އަލިފާންގަނޑު ކޮންޓްރޯލް ކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި

ހިޒްބުﷲ ގެ ރޮކެޓް ހަމަލާތަކުން އުތުރު އިޒްރޭލުގެ ބޮޑު ބައެއްގައި ރޯވެ އަނދަމުންދާ ކަމަށް އަލް ޖަޒީރާ އިން ބުނެފިއެވެ.

އަލިފާން ނިއްވާ މީހުން ހަރަކާތްތެރި ވަމުން ދިޔަ ނަމަވެސް އަލިފާންގަނޑު ކޮންޓްރޯލް ކުރުމުގައި ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވާ ކަމަށް ވެސް ޚަބަރުތައް ބުނެއެވެ.

އަނެއް ކޮޅުން ގާޒާގެ ދެކުނަށާއި މެދުތެރޭ ސަރަހައްދު ތަކަށް އިޒްރޭލް ސިފައިން ހުއްޓުމެއް ނެތި ބޮމުގެ ހަމަލާތައް އަންނަނީ ދެމުންނެވެ.

ރަފަހް ސިޓީގެ އެކި ސަރަހައްދު ތަކުގައި ހަމާސްގެ ހަނގުރާމަވެރިން ގެންދަނީ އިޒްރޭލް ސިފައިންނާ ކުރިމަތިލާ ހަމަލާތައް ދެމުންނެވެ.

ހަމާސް އިން ރަހީނު ކޮށްފައި ތިބި މީހުންގެ އާއިލާތަކުން އެމީހުން މިނިވަން ކުރުމަށް ސުލްހައިގެ އެއްބަސްވުމަކަށް ދިއުމަށް އިޒްރޭލް ސަރުކާރަށް ޕްރެޝަރ ކުރަމުން ދަނިކޮށް އޭގެ ތެރެއިން 4 މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ ކަމަށް އިޒްރޭލުގެ އަސްކަރިއްޔާ އިން ވަނީ ބުނެފައެވެ.

ހަނގުރާމަ ނިމުމަކަށް ގެނެވޭތޯ އެމެރިކާގެ ރައީސް ހުށަހަޅުއްވާފައިވާ ސުލްހައިގެ ޕްލޭނާ އެކު ކުރިއަށް ދިއުމަށް އިޒްރޭލުން ބޭނުންވާ ކަމުގެ ޔަގީންކަން އެމެރިކާގެ ރައީސް ދެއްވައިފިއެވެ. އަދި ހަމަލާތައް ހުއްޓާލުމަށް އިޒްރޭލުން އެއްބަސްވާ ޝަރުތުތައް ހަމާސް އަށް ހުށަހަޅާފައިވާ ކަމަށް ވެސް ރައީސް ބައިޑްން ވިދާޅުވިއެވެ. ބައިޑްން ވިދާޅުވީ، އެމެރިކާގެ އިތުރުން ގަތަރާއި މިސްރުން ސުލްހައިގެ ޕްލޭން ފުރިހަމަ އަށް ތަންފީޒް ކުރަން ތައްޔާރަށް ތިބި ކަމަށެވެ.

ހުސްވި އަހަރުގެ އޮކްޓޯބަރ މަހުގެ 7ން ފެށިގެން އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ 36،479 މީހުން ވަނީ މަރުވެފައެވެ. އޭގެ އިތުރުން 82،777 މީހުން ވަނީ ޒަޚަމްވެފައެވެ. ހަމާސްގެ ހަމަލާތަކުން އިޒްރޭލުން މަރުވި މީހުންގެ އަދަދަކީ 1،139 އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް