ކ. މާލެ
|
4 ޖޫން 2024 | އަންގާރަ 15:20
ބާރަށު ދާއިރާގެ މެމްބަރު އިބްރާޙިމް ޝުޖާއު
ބާރަށު ދާއިރާގެ މެމްބަރު އިބްރާޙިމް ޝުޖާއު
ރައްޔިތުންގެ މަޖިލިސް
ކްލެމެންސީ ބޯޑު
ކްލެމެންސީ ބޯޑަށް ހަމަޖައްސާ މެންބަރެއްގެ ގޮތުގައި މެންބަރު އިބްރާހިމް ޝުޖާއު އައްޔަންކޮށްފި
ނިމިދިޔަ 19 ވަނަ މަޖިލީހުން ކްލެމެންސީ ބޯޑަށް އައްޔަނުކުރީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު
އެ ބޯޑަށް އައްޔަން ކުރުމާއި މެދު ގޮތެއް ނިންމުމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 88 މެންބަރުން ވޯޓު ދެއްވީ ޝުޖާއު އެ މަޤާމަށް އައްޔަންކުރުމަށް

ރައްޔިތުންގެ މަޖިލީހުން ކްލެމެންސީ ބޯޑަށް ކަނޑައަޅާ މެންބަރެއްގެ ގޮތުގައި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އައްޔަނުކުރުމަށް ފާސްކޮށްފިއެވެ.

އެ ގޮތަށް ފާސްކޮށްފައި ވަނީ އަންގާރަ ދުވަހު އޭނާ އެ ބޯޑަށް އައްޔަން ކުރުމާއި މެދު ގޮތެއް ނިންމުމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 88 މެންބަރުންގެ އިއްތިފާގުންނެވެ.

ކްލެމެންސީ ބޯޑަކީ އޭޖީ އޮފީހުގެ ދަށުުން މަސައްކަތް ކުރާ ގޮތަށް އެކުލަވާލާފައިވާ ބޯޑެކެވެ. އެ ބޯޑަކީ މާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ބޯޑެކެވެ.

އެ ބޯޑުގައި ޖުމުލަ 11 މެންބަރުން ހިމެނެއެވެ.

އެ ބޯޑު އެކުލަވާލާފައިވާ ގޮތަށް ބަލާއިރު ސިއްހީ ދާއިރާގެ މީހަކު, ދީނީ އިލްމުގެ މީހަކު, މަދަނީ ޖަމިއްޔާގެ މީހަކު, ފުލުހުންގެ ދާއިރާގެ މީހަކު, ގާނޫނޫ ދާއިރާއިން މީހަކު, ތައުލީމީ ދާއިރާގެ މީހަކު, އިޖުތިމާއީ ދާއިރާގެ މީހަކު, ޕެރޯލް ބޯޑުގެ މީހަކު އަދި ޝަރުއީ ދާއިރާގެ މީހަކާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ހިމެނެއެވެ.

ނިމިދިޔަ 19 ވަނަ މަޖިލީހުން ކްލެމެންސީ ބޯޑަށް އައްޔަނުކުރީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް
- ގުޅުންހުރި