ކ. މާލެ
|
4 ޖޫން 2024 | އަންގާރަ 11:24
މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް
މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް
ބިމާއި ބެހޭ ޤާނޫނަށް އިސްލާހު ގެނައުން
ސަރުކާރުގެ އިހުލާސްތެރިކަމެއް ހުރި ނަމަ ބިމާބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ މަސައްކަތް ކޮމިޓީ އަށް ފޮނުވައިގެން ކުރާނެ - މީކާއިލް
ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓް ގެޒެޓްގައި ޝާއިއުކޮށް ރަޖިސްޓަރީ ވަކި މުއްދަތެއްގައި ހަވާލުކުރަންޖެހޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަން ބިލުގައި ހިމަނާފައިވޭ
ބިމާ ބެހޭ ޤާނުނަށް 9ވަނަ އިސްލާހު ގެނައުމަށް ހުށަހަޅާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ
ބިމާއި ބެހޭ ޤާނޫނަށް އިސްލާހު ހުށަހެޅީ މީކާއިލް ނަސީމް

މި ސަރުކާރުގެ އިހުލާސްތެރިކަމެއް ހުރި ނަމަ ބިމާބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ މަސައްކަތް ކޮމިޓީ އަށް ފޮނުވައިގެން ކުރާނެ ކަމަށް މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ)ގެ ދަށުން ތަޞްދީޤުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަށް ފޮނުވި ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނަށް 9 ވަނަ އިސްލާހް ގެނައުމުގެ ބިލާމެދު އަލުން ވިސްނެވުމަށް ރައީސުލްޖުމްހޫރިއްޔ ފޮނުއްވާފައިވާ މައްސަލަ އަށް ބަހުސްކުރައްވަމުންނެވެ.

ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ލިބޭ މީހުން ކަނޑައަޅައި ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓް ގެޒެޓުގައި ޝާއިއުކުރާ ތާރީހުން ފެށިގެން ގިނަވެގެން ތިން މަސް ދުވަހުގެ ތެރޭގައި ގޯތި ދޫކުރި އިދާރާއަކުން އެ ގޯއްޗެއް ލިބުނު މީހުންނަށް ގޯތި ހަވާލުކުރަންޖެހޭ ގޮތަށް ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 29 އެޕްރިލް 2024ގައެވެ. އެ ބިލު ހުށަހަޅުއްވާފައި ވަނީ މެމްބަރު މީކާއިލް ނަސީމެވެ. ކޮމިޓީން ގެނައި އިސްލާހުތަކާއެކު މި ބިލް މަޖިލީހުން ފާސްވެފައިވަނީ 35 މެންބަރުންގެ ވޯޓުންނެވެ. ނަމަވެސް ރައީސް ވަނީ އެ ބިލު ތަސްދީގު ނުކުރައްވާ އަނބުރާ ފޮނުވާލައްވާފައެވެ.

އަންގާރަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ އަމީންއާއްމު ވަނީ އެ ބިލު އަނބުރާ ފޮނުވާލި ސަބަބާއި މެދު ރައީސް ޑރ.މުހައްމަދު މުއިއްޒު ފޮނުއްވާފައިވާ ސިޓީފުޅު އިއްވަވާދެއްވާފައެވެ. އެ ސިޓީގައި ވިދާޅުވެފައި ވަނީ ބިލު އޮތް ގޮތުން އެ ބިލު ތަންފީޒުކުރުމުގައި ދަތިތައް ހުރި ކަމަށެވެ. އަދި ނިމިދިޔަ ސަރުކާރުން ގޯއްޗާއި ބިން ދިނީ ރަނގަޅަށް ނޫން ކަމަށް ވެސް ސިފަކުރައްވާފައިވެއެވެ.

އެ ބިލު އަނބުރާ ފޮނުއްވުމުން ބިލު މަޖިލީހުން ބޭރުކޮށްލާނީތޯ ނުވަތަ ކޮމިޓީ އަށް އަނބުރާ ފޮނުވައިގެން ދިރާސާ ކުރާނީތޯ މެމްބަރުންގެ މެދުގައި ވަނީ ބަހުސްކުރައްވާފައެވެ. އެ ބަހުސްގައި ބައިވެރިވެވަޑައިގެން މީކާއިލް ވިދާޅުވީ މި ސަރުކާރުން ވެރިކަމަށް އައުމަށް ފަހު ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކޮންމެ އިންތިޚާބަކާއި ދިމާކޮށް ހިންގުމުގެ ވިސްނުން ގެންގުޅޭތަން ފެނިގެން ދާ ކަމަށެވެ. މީކާއިލް ވަނީ އޭނާ ބިމާއި ބެހޭ ޤާނޫނަށް ހުށަހެޅުއްވި އިސްލާހަކީ ޕީއެންސީ އަށް ފުރުސަތެއް ދިނުމަށް ހުށަހެޅި ބިލެއް ކަމަށް ވިދާޅުވެފައެވެ. އެގޮތުން އެ ބިލުގެ ސަބަބުން ސަރުކާރުން ރަނގަޅު ނިޔަތެއްގައި މަސައްކަތް ކުރާ ނަމަ، އާއްމުންނަށް ގޯއްޗާއި ފްލެޓް ލިބޭނެ މުއްދަތެއް ސާފުވެގެން ދާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އެކަން މުއްދަތެއް ޖަހާ ފާސްކުރަން ވީ ނޫންތޯ؟ ކޮން އިރަކުންކަން އެކަން ކުރެވޭނީ. ޤައުމީ ތަރައްޤީ އާއި ކޮމިޓީ އަށް ބިލު ފޮނުވައިގެން އެ މަސައްކަތް ކުރަންވީ ނޫންތޯ؟ ކޮންމެ އިންތިޚާބަކާއި ދިމާކޮށް ފެންނަނީ ތަންތަން ހިއްކާނެ ކަމަށް ބުނެ އެކަން ކުރާ މަންޒަރު. ހަމަ ނިމުމާއި އެކު ހިއްކަން ގެންގޮސްފައި ހުންނަ ތަކެތި އަނބުރާ ގެންދާނެ. އިޚުލާސްތެރިކަމާއި އެކު މަސައްކަތް ކުރާ ނަމަ ބިލް އަނބުރާ ފޮނުވާ ނުލައްވާ ކޮމިޓީ އަށް ފޮނުވައިގެން މި މަސައްކަތް ކުރާނެ.
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް

ބިމާ ބެހޭ ޤާނުނަށް 9ވަނަ އިސްލާހު ގެނައުމަށް ހުށަހަޅާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

ކޮމިޓީން ގެނައި ބަދަލު ތަކުގެ ތެރޭގައި ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓް ގެޒެޓްކުރާ ތާރީޚުން ފެށިގެން 6 މަސް ތެރޭގައި ގޯތި ހަވާލުކުރާ ގޮތަށް މެމްބަރު މީކާއީލް ހުށައެޅުއްވި ބިލުގައި އޮތް ނަމަވެސް އެ މުއްދަތު ވަނީ ތިން މަސް ދުވަހަށް ކުޑަކުރުމަށް ނިންމުން ހިމެނެއެވެ. މީގެ އިތުރުން ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓް ގެޒެޓްގައި ޝާއިއުކޮށް ރަޖިސްޓަރީ ވަކި މުއްދަތެއްގައި ހަވާލުކުރަންޖެހޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައިއިރު، އެ އިސްލާހުގައިވާ ގޮތުން ބަދަލުދޭން ނުޖެހޭ ހާލަތެއްގައި ހުރި ބިންތަކުގެ ރަޖިސްޓްރީ ތިން މަސް ދުވަހުގެ ތެރޭގައި ހަވާލު ކުރަން ޖެހޭނެ ކަމަށް ބިލުގައިވެއެވެ. އަދި ބަދަލުދޭންޖެހޭ ހާލަތުގައި ހުރި ބިންތަކުގެ ރަޖިސްޓަރީ އެއް އަހަރުގެ ތެރޭގައި ހަވާލުކުރަންޖެހޭނެއެވެ. މި އިސްލާހު ވެސް މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

ކޮމެންޓް
- ގުޅުންހުރި
އިޤްތިސާދީ ގުއި ރޯނު: ވައުދުތައް ނުފުއްދަން ދައްކާ މޮޅު ބަހަނާއެއް
މާލީ ހާލަތާއި ގުޅުވައި އެންމެ އާދައިގެ ރައްޔިތު މީހާ ހަމައިން ފިޔަވަޅު އަޅާތީ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި
އެމްޑީޕީން ހުށަހެޅި މައްސަލަ ބޭރުކޮށްލީ ސިޔާސީ މަގާމުތައް އިތުރުވެ، ހަރަދު ނުތަކާ ވަރަށް ދިއުމުން އެކަން ފޮރުވުމަށް: ފައްޔާޒު
ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދާއި މުސާރަ ހާމަކުރަން އެމްޑީޕީން ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި
މަޖިލިސް މެމްބަރުން އިތުރުވަމުން ދަނީ އޮބި ނޯންނަ ވަރަށް، ތިބެން ޖެހެނީ 72-80 މެމްބަރުން - ނާޒިމް
ޝަރީއަތް ނިމެންދެން ބަންދުގައި ތިބެންޖެހޭ މައްސަލައަށް ޙައްލު އަންނާނީ ޤާނޫނުގައި ބުނާ މުއްދަތަށް ކޯޓުން މައްސަލަތައް ނިންމައިގެން: ޕީޖީ
"މި ދިމާކުރީ ނަޒާހާތްތެރިކަމާއިއެކު ހިދުމަތުގާ ދެމިހުންނެވި ގަވަރުނަރާ"
ސިއްރިއްޔާތުގައި މިނިސްޓަރު އިހުސާން މައުލޫމާތުތަކެއް ދެއްވަން ޖެހޭތީ 241 ކޮމިޓީ ސިއްރު