Advertisement
ކ. މާލެ
|
4 ޖޫން 2024 | އަންގާރަ 09:24
ފެނަކަ ބްރާންޗެއްގެ އޮފީސް
ފެނަކަ ބްރާންޗެއްގެ އޮފީސް
ރާއްޖެ އެމްވީ
ދައުލަތުގެ ކުންފުނިތައް
ދައުލަތުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމަށް އެވޯޑް ދެނީ
މި އެވޯޑް ދޭނެ ފަރާތްތައް ކަނޑައެޅުމުގެ ކަންކަން ކުރާނީ ކޯޕަރޭޓް ގަވަރނަންސް އެވޯޑު ކޮމެޓީން
މި އެވޯޑު ދިނުމަށް ހަމަޖެހިފައިވަނީ އެ އުސޫލަށް އަމަލުކުރަން ފަށާތާ 1 އަހަރު ދުވަސް ފަހުން

ދައުލަތުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން 5 ދާއިރާއަކުން އެވޯޑު ދޭން ނިންމާ އެ ކަމުގައި އަމަލުކުރާނެގޮތުގެ އުސޫލު އާއްމުކޮށްފިއެވެ.

އެކަމާއި ގުޅޭގޮތުން ރާއްޖެ އެމްވީ އަށް މައުލޫމާތުދެއްވަމުން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ)ގެ އޮފިޝަލަކު ވިދާޅުވީ މިއެވޯޑު ދިނުމުގެ ބޭނުމަކީ ދައުލަތުގެ ހުރިހާ ކުންފުނިތަކަކީ ކޯޑް އޮފް ކޯޕަރޭޓް ގަވަރނަންސްގެ އުސޫލުތަކަށް ފުރިހަމައަށް އަމަލުކުރާ ކުންފުނިތަކަކަށްވުމަށް ބާރުއެޅުން ކަމަށެވެ.

އަދި ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ޚަރަދު ކުޑަކުރުމަށް ހިތްވަރު ދިނުމާއި، ކޯޑް އޮފް ކޯޕަރޭޓް ގަވަނަންސަށް އަމަލުކުރާ ކުންފުނިތަކާއި، ކުންފުނިތަކާ ގުޅުންހުރި ފަރާތްތަކުގެ އަގުވަޒަންކުރުމަކީ ވެސް މި އެވޯޑް ދިނުމުގެ މަޤްސަދެއް ކަަމަށް އޭނާ ވިދާޅުވިއެވެ.

މި އެވޯޑުގެ ދަށުން އައުޓްސްޓޭންޑިންގ ބޯޑު ޗެއަރމަން، އައުޓްސްޓޭންޑިންގ މެނޭޖިންގ ޑިރެކްޓަރ، އަދި އައުޓްސްޓޭންޑިންގ ކޮމްޕެނީ ސެކްރެޓަރީ އެވޯޑު ދޭން ފެށުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

އެނާ އިތުރަށް ވިދާޅުވީ މި އެވޯޑު ދިނުމަށް ހަމަޖެހިފައިވަނީ އެ އުސޫލަށް އަމަލުކުރަން ފަށާތާ 1 އަހަރު ދުވަސް ފަހުން ކަމަށެވެ.

މިއެވޯޑްތަކަށް ނޮމިނޭޓް ވުމުގެ ފުރުސަތު ލިބިގެންދާނީ ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން "ކޯޑް އޮފް ކޯޕަރޭޓް ގަވަރނަންސް ފޮރ ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް" އަށް އަމަލު ކުރަން ޖެހޭ ސީއެމްޑީއޭގައި ލިސްޓްކޮށްފައި ނުވާ، ދައުލަތް ހިއްސާވާ ކުންފުނިތަކަށެވެ.

މި އެވޯޑް ދޭނެ ފަރާތްތައް ކަނޑައެޅުމުގެ ކަންކަން ކުރާނީ ކޯޕަރޭޓް ގަވަރނަންސް އެވޯޑު ކޮމެޓީންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް