ކ. މާލެ
|
2 ޖޫން 2024 | އާދީއްތަ 23:10
އޯޕެކްގައި ހިމެނޭ ގައުމުތަކާއި އަދި އޯޕެކްގައި ނުހިމެނޭ ތެޔޮ އުފައްދާ ގައުމުތަކާއި އެކު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން (ފައިލް ފޮޓޯ)
އޯޕެކްގައި ހިމެނޭ ގައުމުތަކާއި އަދި އޯޕެކްގައި ނުހިމެނޭ ތެޔޮ އުފައްދާ ގައުމުތަކާއި އެކު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން (ފައިލް ފޮޓޯ)
ރޮއިޓާސް
ތެލުގެ އަގު ހިފެހެއްޓުން
ތެޔޮ އުފައްދާ މިންވަރު 2025 ގެ ނިޔަލަށް ހިފެހެއްޓުމަށް އޯޕެކް ގައުމުތަކުން ނިންމައިފި
ތެޔޮ އުފައްދާ ގައުމުތަކުން އެއްބަސްވެފައިވަނީ ދުވާލަކު ތެޔޮ އުފައްދާ މިންވަރުން 2 މިލިއަން ފީފާ މަދުކުރުމަށް

ތެލުގެ އަގު ހިފެހެއްޓުމަށް ތެޔޮ އުފައްދާ މިންވަރު 2025 ގެ ނިޔަލަށް ކޮންޓްރޯލް ކުރުމަށް އޯޕެކް ގައުމުތަކުން އާދިއްތަ ދުވަހު ނިންމައިފިއެވެ.

އޯޕެކްގައި ހިމެނޭ 12 ގައުމާއި، އޯޕެކްގައި ނުހިމެނޭ ތެޔޮ އުފައްދާ 10 ގައުމު އެކުގައި ބޭއްވި ބައްދަލު ވުމުގައި ސާފު ނުކުރާ ތެޔޮ އުފައްދާ މިންވަރު ކޮންޓްރޯލް ކުރުމަށް މިހާރު އެއްބަސްވެފައިވާ ގޮތައް 1 ޖެނުއަރީ 2025ން ފެށިގެން 31 ޑިސެމްބަރ 2025 އާ ހަމަ އަށް ދަމަހައްޓަން އެއްބަސްވެފައިވާ ކަމަށް އެ ގްރޫޕުން ނެރެނު ބަޔާނެއްގައި ބުނެފައިވެއެވެ.

ތެޔޮ އުފައްދާ ގައުމުތަކުން އެއްބަސްވެފައިވަނީ ދުވާލަކު ތެޔޮ އުފައްދާ މިންވަރުން 2 މިލިއަން ފީފާ މަދުކުރުމަށެވެ.

އޯޕެކް - ރޮއިޓާސް

އޯޕެކް އިން އެންމެ ފަހުން މިދިޔަ ނޮވެމްބަރު މަހު ބޭއްވި ބައްދަލުވުމުގެ ފަހުން ދުނިޔޭގެ ބާޒާރުގައި ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގަށް މާ ބޮޑު ބަދަލެއް ނާންނަ ކަން ފާހަގަ ކުރެވިފައިވެއެވެ. ދުނިޔޭގެ ބާޒާރުގައި ސާފު ނުކުރާ ތެޔޮ ފީފާ އެއްގެ އަގު ހިފެހިއްޓިފައި ހުރީ ގާތްގަނޑަކަށް 80 ޑޮލަރުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް