ކ. މާލެ
|
2 ޖޫން 2024 | އާދީއްތަ 21:29
ހިޒްބުﷲ ގެ ހަނގުރާމަވެރިއަކު ރޮކެޓް ހަމަލާއެއް ފޮނުވާލަނީ
ހިޒްބުﷲ ގެ ހަނގުރާމަވެރިއަކު ރޮކެޓް ހަމަލާއެއް ފޮނުވާލަނީ
އައި އާރް އެން އޭ
ދެކުނު ލެބަނާނަށް ދިން ހަމަލާ
ދެކުނު ލެބަނާނަށް އިޒްރޭލް ސިފައިން ދިން ހަމަލާއެއްގައި ދެ މީހުން މަރުވެއްޖެ
މި ހަމަލާ އިޒްރޭލް ސިފައިން އަމާޒުކޮށްފައިވަނީ މަރުވި ދެ މީހުންގެ ގެއަށް

އިޒްރޭލް ސިފައިން ވައިގެ މަގުން ދެކުނު ލުބްނާނަށް އާދިއްތަ ދުވަހު ދިން ހަމަލާއެއްގައި އާއްމުންގެ 2 މީހުން މަރުވެއްޖެ ކަމަށް ލުބުނާންގެ ރަސްމީ ނިއުސް އޭޖެންސީން ބުނެފިއެވެ.

މި ހަމަލާ އިޒްރޭލް ސިފައިން އަމާޒުކޮށްފައިވަނީ މަރުވި ދެ މީހުންގެ ގެއަށް ކަމަށް ލުބުނާނުގެ އޮފިޝަލަކާ ހަވާލާދީ އޭއެފްޕީން ބުނެފައިވެއެވެ.

އިޒްރޭލް ސިފައިން ވަނީ ދެކުނު ލުބުނާނަށް ހޮނިހިރު ދުވަހުވެސް ވައިގެ މަގުން ހަމާލާ ދީފައެވެ. އެ ހަމަލާގައި 4 މީހުން ވަނީ މަރުވެފައެވެ.

އިޒްރޭލުން ވަނީ މި ދިޔަ ހަފްތާ ބަންދުގެ ތެރޭގައި ލުބްނާނުގެ އުތުރުގެ ސަރައްދާއި ދެކުނުގެ ސަރަހައްދުގެ އެތައް އަވަށަކަށް ހަމަލާދީފައެވެ. މި ހަމަލާތަކުގައި އެތައް ބަޔަކު ވަނީ ޒަޚަމް ވެފައެވެ.

ހުސްވި އަހަރުގެ އޮކްޓޯބަރ 7 ގެ ފަހުން އިޒްރޭލުން އެތައް ފަހަރެއްގެ މަތިން ދެކުނު ލުބްނާނުގެ ސަރަހައްދުތަކަށް ހަމަލާތައް ވަނީ ދީފައެވެ.

އިޒްރޭލުގެ ހަމަލާތަކަށް ބަދަލު ހިފުމުގެ ގޮތުން ލުބްނާނުގެ ހިޒްބުﷲ ޖަމާއަތުން ގެންދަނީ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އިޒްރޭލުގެ ޓާގެޓް ތަކަށް ރޮކެޓް ހަމަލާތައް ދެމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް