ކ. މާލެ
|
2 ޖޫން 2024 | އާދީއްތަ 07:19
އިޒްރޭލުގެ ހަމަލާތަކުގައި ޒަޚަމްވެފައިވާ ކުއްޖަކަށް ސިއްހީ އެހީތެރިކަން ފޯރުކޮށް ދެނީ
އިޒްރޭލުގެ ހަމަލާތަކުގައި ޒަޚަމްވެފައިވާ ކުއްޖަކަށް ސިއްހީ އެހީތެރިކަން ފޯރުކޮށް ދެނީ
އޭއެފްޕީ
ފަލަސްތީން އިސްރާއީލް ހަނގުރާމަ
ރަފަހް ގައި މިހާރު ސިއްހީ ޚިދުމަތް ދެވޭނެ ގޮތެއް ނެތް: ޑަބްލިޔުއެޗްއޯ
އިޒްރޭލުގެ ހަމަލާތައް ހުއްޓާލުމަށް މުޅި ދުނިޔެއިން ގޮވާލަމުންދާ ގޮވާލުންތަކަށް އިޒްރޭލުން އަދިވެސް އިޖާބަދޭ ތަނެއް ނުފޭ

އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން ސިއްހީ ޚިދުމަތުގެ ނިޒާމު މުޅިން ފުނޑުފުނޑު ވެފައިވާ ރަފަހްގައި މިހާރު ސިއްހީ ޚިދުމަތް ދެވޭނެ ގޮތެއް ނެތް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނެފިއެވެ.

އަނެއްކޮޅުން ރަފަހްގެ އާއްމު ހާލަތު ދަށްވެ، ނުރައްކާތެރި ސިޓީ އަކަށް ރަފަހް ވެފައި ވުމާއެކު ރައްކައުތެރިކަން ލިބޭތޯ މިލިއަނަކަށް ވުރެ ގިނަ މީހުން އެ ސިޓީ ދޫކޮށް އެހެން ސަރަހައްދު ތަކަށް ހިނގައްޖެ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

މެއި މަހުން ފެށިގެން ކެނޑިނޭޅި އިޒްރޭލުން ރަފަހް ސިޓީއަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން އެތައް ހާސް މީހުން މަރުވެ އެތައް ހާސް މީހުން ޒަޚަމްވެ މުޅި ސިޓީ ކަހަލަ ގޮތަކަށް ފުނޑުފުނޑު ވެފައި ވުމާއެކު، އިޒްރޭލުގެ ހަމަލާތައް ހުއްޓާލުމަށް މުޅި ދުނިޔެއިން ގޮވާލަމުންދާ ގޮވާލުންތަކަށް އިޒްރޭލުން އަދިވެސް އިޖާބަދޭ ތަން ނުފެންނަކަން ފާހަގަ ކުރެވެއެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން - އަނަދޮލޫ

މެއި މަހުގެ 31 ވަނަ ދުވަހު ސުލްހަ އަށް މަގު ފަހިކުރުމުގެ ގޮތުން އެމެރިކާގެ ރައީސް ޖޯ ބައިޑްން ހާމަ ކުރެއްވި ޕްލޭނަށް އިޒްރޭލާ ހަމާސް އިން އެއްބަސް ވުމަކަށް އައުމަށް އެމެރިކާގެ އިތުރުން ގަތަރާ މިސްރުން ބާރު އަޅަމުން އަންނަ ކަމަށް ޚަބަރުތައް ބުނެއެވެ.

ޚަބަރުތައް ބުނާ ގޮތުގައި އިޒްރޭލުގެ ބޮޑު ވަޒީރު ބެންޔަމިން ނަތަންޔާހޫ އެމެރިކާގެ ކޮންގްރެސް ގައި ވާހަކަފުޅު ދެއްކެވުމަށް ކޮންގްރެސް އިން ދީފައިވާ ދައުވަތު އޭނާ ގަބޫލު ކުރައްވައިފި ކަމަށް ނަތަންޔާހޫގެ އޮފީހުން ވަނީ ހާމަ ކޮށްފައެވެ.

އިސްރާއީލުގެ ހަމަލާތަކުގައި ބިމާހަމަވި އިމަރާތެއްގެ ކުނިތަކުތެރޭގައި ފަލަސްތީނު މީހުން މަޑުކޮށްލައިގެން - ރޮއިޓާސް

ހުސްވި އަހަރުގެ އޮކްޓޯބަރ މަހުގެ 7ން ފެށިގެން އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ 36،379 މީހުން ވަނީ މަރުވެފައެވެ. އޭގެ އިތުރުން 82،407 މީހުން ވަނީ ޒަޚަމްވެފައެވެ. ހަމާސްގެ ހަމަލާތަކުން އިޒްރޭލުން މަރުވި މީހުންގެ އަދަދަކީ 1،139 އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް