ކ. މާލެ
|
1 ޖޫން 2024 | ހޮނިހިރު 14:52
އިންޑިއާ މީހަކު ނޭފަތުން އަލްފަބެޓް ޓައިޕް ކޮށްގެން އަމިއްލަ ރެކޯޑް މުގުރާލުން
އިންޑިއާ މީހަކު ނޭފަތުން އަލްފަބެޓް ޓައިޕް ކޮށްގެން އަމިއްލަ ރެކޯޑް މުގުރާލުން
އިންޑިއާ ޓައިމްސް
ނޭފަތުން އަލްފަބެޓް ޓައިޕްކުރުން
އިންޑިއާ މީހަކު ނޭފަތުން އަލްފަބެޓް ޓައިޕް ކޮށްގެން އަމިއްލަ ރެކޯޑް މުގުރާލައިފި
އަލްފަބެޓްގެ އަކުރުތައް ތަރުތީބުން ނޭފަތުން ޓައިޕް ކުރުމަށް ވިނޯދު ނެގީ އެންމެ 25.66 ސިކުންތް

ޓައިޕިންގ މޭން އޮފް އިންޑިއާ" ގެ ގޮތުގައި މަޝްހޫރުކަން ހޯދައިފައިވާ އުމުރުން 44 އަހަރުގެ ވިނޯދު ކުމާރު ޗައުދަރީ، ނޭފަތުން ލެޓިން އަކުރު ޓައިޕްކޮށްގެން އޭނާ ކުރިން ހެދި ދުނިޔޭގެ ރެކޯޑް އޭނާ މުގުރާލައިފިއެވެ.

ގިނިސް ވޯލްޑް ރެކޯޑްސް އިން ވަނީ ވިނޯދުގެ އައު ރެކޯޑް ގެ ވާހަކަ އޭނާގެ ވީޑިއޯއާ އެކު އެކްސް ގައި ޕޯސްޓްކޮށްފައެވެ.

އަލްފަބެޓްގެ އަކުރުތައް ތަރުތީބުން ނޭފަތުން ޓައިޕް ކުރުމަށް ވިނޯދު ނެގީ އެންމެ 25.66 ސިކުންތެވެ. ކުރިން ވިނޯދު ހެދި ރެކޯޑް ގައި ޓައިޕް ކޮށްފައިވަނީ 27.80 ސިކުންތުންނެވެ.

ރެކޯޑް ހެދުމަށް ވިނޯދު ރޯމަން އަލްފަބެޓް ތަރުތީބުން ޓައިޕް ކުރަން ޖެހުނީ ކޮންމެ ދެ އަކުރެއް ދޭތެރެއަށް ސްޕޭސް ވެސް ލައިގެންނެވެ.

ރެކޯޑް ހެދުމަށްފަހު ވިނޯދު ބުނީ ކޮންމެ ދުވަހަކުވެސް ޓައިޕް ކުރުން އެތައް ގަޑީއިރެއް ވަންދެން ޕްރެކްޓިސް ކުރާ ކަމަށާއި، ބައެއް ފަހަރު ޕްރެކްޓިސް ކުރަމުން ގޮސް މޫނު މައްޗަށް އަނދިވެ ތަރި ބުރާ ކަމަށްވެސް ވިނޯދު ބުނެފައިވެއެވެ.

ވިނޯދު ބުނީ އޭނާގެ ދިރިއުޅުމަކީ ވެސް ދިރިއުޅެން ކުރާ މަސައްކަތަކީވެސް ޓައިޕް ކުރުން ކަމަށެވެ. އަދި ޓައިޕް ކުރުމަކީ އޭނާގެ ޕެޝަން ކަމަށްވެސް އޭނާ ބުންޏެވެ.

މި ރެކޯޑްގެ އިތުރުންވެސް ޓައިޕް ކުރުމުގެ އެހެން ރެކޯޑްތައް ވެސް ވިނޯދު ހަދާފައިވެއެވެ. އޭގެ ތެރޭގައި އެއް އަތުން އިދިކޮޅަށް އަލްފަބެޓް ޓައިޕް ކުރުމުގެ ރެކޯޑާއި ފުރަގަހަށް އަތްލައިގެން އެންމެ އަވަހަށް އަލްފަބެޓް ޓައިޕް ކުރުމުގެ ރެކޯޑް ހިމެނެއެވެ.

- ކޮމެންޓް