ކ. މާލެ
|
1 ޖޫން 2024 | ހޮނިހިރު 14:26
ޕީ.އެސް.ޖީ ލެޖެންޑް ޖޭ-ޖޭ އޮކޯޗާ
ޕީ.އެސް.ޖީ ލެޖެންޑް ޖޭ-ޖޭ އޮކޯޗާ
އުރީދޫ
ޖޭ-ޖޭ އޮކޯޗާ
އުރީދޫ މޯލްޑިވްސްގެ ދައުވަތަކަށް ޕީ.އެސް.ޖީ ލެޖެންޑް ޖޭ-ޖޭ އޮކޯޗާ ދިވެހިރާއްޖެއަށް!
މި ދަތުރުގައި އުރީދޫ މޯލްޑިވްސްއިން ކަސްޓަމަރުންނަށް އަމާޒުކޮށްގެން ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައި

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގެ ކުރީގެ ތަރި އަދި ނައިޖީރިއާގެ ގައުމީ ޓީމުގެ އައިކަން، ފުޓްބޯޅަ ލެޖެންޑް ޖޭ-ޖޭ އޮކޯޗާ އުރީދޫ މޯލްޑިވްސްގެ ދައުވަތަކަށް ޖުލައިމަހު ރާއްޖެ އައުމަށް ހަމަޖެހިފައިވާކަން އިއުލާނުކޮށްފިއެވެ.

މި ދަތުރަކީ އުރީދޫގެ ޕްރީމިއަމް ޕާޓްނަރު ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އާއި އޮތް ޕާޓްނާޝިޕްގެ ސަބަބުން މަގުފަހިވެގެންދިޔަ ދަތުރެކެވެ.

އޮގަސްޓީން އަޒުކާ "ޖޭ-ޖޭ" އޮކޯޗާ (އުފަންވީ 14 އޮގަސްޓް 1973) އަކީ އެޓޭކިން މިޑްފީލްޑަރެއްގެ ގޮތުގައި ކުޅުނު ނައިޖީރިއާގެ ކުރީގެ ޕްރޮފެޝަނަލް ފުޓުބޯޅަ ކުޅުންތެރިއެކެވެ. އޭނާ ވަނީ 1993 ވަނަ އަހަރުން ފެށިގެން 2006 ވަނަ އަހަރާ ހަމައަށް ނައިޖީރިއާގެ ގައުމީ ޓީމަށް 73 ކެޕް ކާމިޔާބުކޮށް، 14 ލަނޑު ކާމިޔާބުކޮށް، ފީފާ ވޯލްޑް ކަޕްގެ ތިން ސްކޮޑުގައި ހިމެނިފަ އެވެ. އޭނާ ފާހަގަކުރެވެނީ އެފްރިކާގެ އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާގެ ގޮތުގަ އެވެ. ހިތްގައިމު ހުނަރާއި އާދަޔާ ހިލާފު ޕްލޭމޭކިން ގާބިލުކަމަށް މަޝްހޫރު ޖޭ-ޖޭ އޮކޯޗާ ރާއްޖޭގައި ހުންނާނީ އަންނަ އަހަރުގެ ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ހަވަނަ ދުވަހުގެ ނިޔަލަށެވެ. އޮކޯޗާގެ މި ދަތުރުގައި ކޮމިއުނިޓީ ހަރަކާތްތަކުގައި ބައިވެރިވެ، ރާއްޖޭގެ ރީތިކަން އޭނާގެ ފޭންބޭސްގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޕީއެސްޖީގެ ފޮލޯވަރުންނަށް ދައްކާލާނެ އެވެ..

މި ދަތުރުގައި އުރީދޫ މޯލްޑިވްސްއިން ކަސްޓަމަރުންނަށް އަމާޒުކޮށްގެން ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ ތެރޭގައި:.

އޮކޯޗާއާއެކު ފުޓްސަލް ކުޅުމުގެ ފުރުސަތު:ޖޭ-ޖޭ އޮކޯޗާއާއެކު ފުޓްސަލް ކުޅުމުގެ ފުރުސަތު ހޯދުމަށް ކަސްޓަމަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ސޯޝަލް މީޑިއާ ކޮންޓެސްޓުގައި ހޭޝްޓެގް PSGLegendinMV# ބޭނުންކޮށްގެން ބައިވެރިވެވޭނެއެވެ.

Advertisement

މި ކޮންޓެސްޓުގައި 10 ޖޫންއާ ހަމައަށް ބައިވެރިވެވޭނެއެވެ. މި ކޮންޓެސްޓުގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތަކުން ހޮވޭ 5 ފަރާތަށް ޖޭ-ޖޭ އޮކޯޗާ އާއެކު ފުޓްސަލް މެޗެއް ކުޅުމުގެ ފުރުސަތު ލިބޭނެއެވެ.

ޕީއެސްޖީ އެކަޑަމީ ސެޝަންސް:ޒުވާން ފުޓުބޯޅަ ކުޅުންތެރިންނަށް އަދި ކުޑަކުދިންނަށް ހާއްސަކޮށްގެން ޕީއެސްޖީ އެކަޑަމީގެ 2 ޓްރެއިނިން ސެޝަނެއް މާލެ ސަރަހައްދުގައި ކުރިއަށްދާނެއެވެ. މި ސެޝަންތައް ކުރިއަށޤ ދާނީ ޕީއެސްޖީ އެކަޑަމީގެ 2 ކޯޗުންނާއި އެކުއެވެ.

ވިން އަ ޓްރިޕް ޓު ލާމު: ސުޕަރނެޓް، ފަސޭހަ ބްރޯޑްބޭންޑް، 5ޖީ އެއަފައިބަރ އަދި ޕޯސްޓްޕެއިޑް، ޕްރީޕެއިޑް ޕްލޭން ލަކީޑްރޯ ހުޅުވާލެވިފައިވާ މުއްދަތުގެ ތެރޭގައި އަޕްގްރޭޑް ކުރައްވާ ފަރާތްތަކަށް މި ލަކީ ޑްރޯގެ އޮޓޮމެޓިކުން ބައިވެރި ވެވޭނެއެވެ. މި ޕްރޮމޯޝަން ކުރިއަށް ދާ މުއްދަތުގައި އުރީދޫ މޯލްޑިވްސް އާ އަލަށް ގުޅިވަޑައިގެންނެވި ކޮންމެ ކަސްޓަމަރަކަށްވެސް ލަކީ ޑްރޯގައި އޮޓަމެޓިކުން ބައިވެރިވެވޭނެއެވެ. ގުރުވަތުން ހޮވޭ ދެ ނަސީބުވެރިންނަށް އުރީދޫ ފަން ރަންގައި ބައިވެރިވެ، ޖޭ-ޖޭ އޮކޯޗާއާ ބައްދަލުކުރުމަށް ލާމު އަތޮޅަށް ދިއުމުގެ ފުރުސަތު ލިބޭނެއެވެ

އުރީދޫ ފަން ރަން – ލާމު އެޑިޝަން:ޖޭ ޖޭ އޮކޯޗާ މިމަހުގެ ފަސް ވަނަ ދުވަހު ލ ގަމުގައި ބާއްވާ އުރީދޫ ފަން ރަންގައި ބައިވެރިވާނެ އެވެ. ރަޖިސްޓްރީކުރުމުގެ ފުރުސަތު 10 ޖޫން 2024 ގެ ނިޔަލަށް ކުރިއަށްދާނެއެވެ.

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަކީ 2013 ވަނަ އަހަރުން ފެށިގެން އުރީދޫ ގްރޫޕްގެ ޕްރިމިއަމް ޕާޓްނަރެއްގެ އިތުރުން ގްލޯބަލް ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ކްލަބެކެވެ. މި ޕަރޓްނަރޝިޕް ގެ ދަށުން އުރީދޫ ޕެރިސް ސެއިންޓް ޖާމަން އެކަޑަމީ އާއި ޕެރިސް ސެއިންޓް ޖާމަން ހޭންޑްބޯލް އެކަޑަމީ ފަދަ ހަރަކާތްތަކުގެ ތެރެއިން ގުޅިގެން މެދުއިރުމައްޗާއި އުތުރު އެފްރިކާ އަދި ދެކުނު އިރުމަތީ އޭޝިއާގެ ޒުވާނުންގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް