ކ. މާލެ
|
1 ޖޫން 2024 | ހޮނިހިރު 14:22
ބީއެމްއެލް ވާވް ކިޑްސް ރަންގެ ތެރެއިން
ބީއެމްއެލް ވާވް ކިޑްސް ރަންގެ ތެރެއިން
ބީއެމްއެލް
ބީއެމްއެލް ވާއު ކިޑްޒް ރަން
760ށް ވުރެ ގިނަ ކުދިން ބީއެމްއެލް ވާއު ކިޑްޒް ރަން ގައި ދުވެފި
މިއީ ބީއެމްއެލް އާއި ޓީއެފްޖީ ގުޅިގެން މި ދުވުން ބޭއްވި އަށްވަނަ އަހަރު

ބޭންކް އޮފް މޯލްޑިވްސް އާއި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގުޅިގެން ބާއްވަމުން އަންނަ "ބީއެމްއެލް ވައު ކިޑްޒް ރަން" ގެ މިއަހަރުގެ ދުވުން ކާމިޔާބު ކަމާ އެކު ނިންމާލައިފިއެވެ.

ތިން އުމުރުފުރާއެއްގެ ޖުމްލަ 760ށް ވުރެ ގިނަ ކުދިން ބައިވެރިވި މި ދުވުން ބޭއްވީ ހޮނިހިރު ދުވަހުގެ ހެނދުނު ހުޅުމާލޭގައެވެ.

މިދުވުމުގެ އުމުރުފުރާތަކަކީ

3 އަހަރާއި 5 އަހަރާ ދެމެދު

6 އަހަރާއި 8 އަހަރާ ދެމެދު

9 އަހަރާއި 11 އަހަރާ ދެމެދު

މިއީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ މުހިންމުކަން ކުޑަކުދިންނަށް އުނގަންނައިދިނުމުގެ ބޭނުމުގައި އަޅުގަނޑުމެން ބާއްވާ ހާއްސަ ހަރަކާތެކެވެ. ދުވުމުގައި ބައިވެރިވެ ކޮންމެ ކުއްޖަކު ވެސް ދުވުން ނިންމި ވަގުތު ވަނީ މެޑަލް ދީފައެވެ.

މިއީ ބީއެމްއެލް އާއި ޓީއެފްޖީ ގުޅިގެން މި ދުވުން ބޭއްވި އަށްވަނަ އަހަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް