ކ. މާލެ
|
1 ޖޫން 2024 | ހޮނިހިރު 08:57
އިންޓަ މިލާނަށް ކުޅެމުން އަންނަ ލައުޓާރޯ މާޓިނޭޒް
އިންޓަ މިލާނަށް ކުޅެމުން އަންނަ ލައުޓާރޯ މާޓިނޭޒް
ރޮއިޓާރސް
އިންޓަ މިލާން
އިންޓަގެ ހުށަހެޅުން މާޓިނޭޒް ޤަބޫލު ކޮށްފި
އެގޮތުން އިންޓަ އިން މާޓިނޭޒް އަށް ހުށަހަޅާފައި ވަނީ 2029 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އެ ކުލަބުގައި މަޑު ކުރުމަށް

އިޓަލީގެ އިންޓަ މިލާނަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް، ލައުޓާރޯ މާޓިނޭޒް އަށް އެ ކުލަބުން ހުށަހަޅާފައިވާ ހުށަހެޅުން އޭނާ ޤަބޫލު ކޮށްފި އެވެ.

ރޭސިން ކުލަބު ދޫކޮށް މާޓިނޭޒް އިންޓަ އަށް ބަދަލުވީ 2018 ވަނަ އަހަރު އެވެ. އެފަހަރު އެ ކުލަބާއެކު އޭނާ ސޮއި ކުރި ފަސް އަހަރު ދުވަހުގެ އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ މިދިޔަ ޖޫން މަހުގެ ނިޔަލަށެވެ. އެ ކުލަބުގެ އެއްބަސްވުން މާޓިނޭޒް ކުރިން ވެސް އައު ކުރިއިރު، އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެހެން ނަމަވެސް، އިންޓަ އިން ބޭނުންވަނީ އެ އެއްބަސްވުން ދިގު މުއްދަތަކަށް ދަންމާލާށެވެ.

އެކަމާ ގުޅިގެން އިންޓަ އިން މާޓިޏޭޒް އާއެކު މަޝްވަރާތައް މީގެ ކުރިން ފަށާފައިވާއިރު، މަޝްވަރާތައް ރަނގަޅު ކަމަށް މާޓީނޭޒް ވަނީ މީގެ ކުރިން ހާމަކޮށްފަ އެވެ. އަދި އެ ކުލަބާ އެކު އެއްބަސްވުމަށް އާދެވިއްޖެ ކަމަށާއި، ބައެއް ކަންކަން ފައިނަލްވުމުން ހިއްސާ ކުރާނެ ކަމަށް ވެސް މާޓިނޭޒް އޮތީ ބުނެފަ އެވެ.

މިހާރު މާޓިނޭޒް ވަނީ އިންޓަގެ މުޅި ހުށަހެޅުން ޤަބޫލު ކޮށްފަ އެވެ. އެގޮތުން އިންޓަ އިން މާޓިނޭޒް އަށް ހުށަހަޅާފައި ވަނީ 2029 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އެ ކުލަބުގައި މަޑު ކުރުމަށެވެ. އަދި އެ އެއްބަސްވުމުގެ ދަށުން މާޓިނޭޒް އަށް އިތުރު ބޯނަސްތަކެއް ވެސް ލިބިގެން ދާނެ ގޮތަށް އިންޓަ އިން ވަނީ ހިމަނައިފަ އެވެ.

މީގެ އިތުރުން އިންޓަ އިން މާޓީނޭޒް އަށް ހުށަހަޅާފައިވާ އައު އެއްބަސްވުމުގައިވާ މުސާރައިގެ ބައިތަކަށް ވެސް މާޓިނޭޒް ވަނީ ޤަބޫލުވެފަ އެވެ. އެހެންކަމުން ދެން އޮންނާނީ އައު އެއްބަސްވުމުގައި ސޮއި ކުރުން ކަމަށާއި، ވަރަށް އަވަހަށް އައު އެއްބަސްވުމުގައި މާޓިނޭޒް ސޮއި ކުރާނެ ކަމަށް މީޑިއާ ތަކުން ވަނީ ބުނެފަ އެވެ.

މާޓިނޭޒް ވަނީ މިހާތަނަށް އިންޓަ އަށް ކުޅެދިން 283 މެޗުގައި 129 ލަނޑު ޖަހައިފަ އެވެ. އެ ކުލަބާއެކު އޭނާ ވަނީ އިޓާލިއަން ލީގު ދެ ފަހަރު، އިޓާލިއަން ކަޕް ދެ ފަހަރު އަދި އިޓާލިއަން ސުޕަ ކަޕް ތިން ފަހަރު ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން ޔުއެފާ ޗެމްޕިއަންސް ލީގު އަދި ޔުއެފާ ޔޫރޮޕާ ލީގުގެ ފައިނަލްގައި ވެސް ކުޅެފައިވެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް