ކ. މާލެ
|
31 މެއި 2024 | ހުކުރު 15:42
ޚާރިޖީ ވަޒީރު މޫސާ ޒަމީރު
ޚާރިޖީ ވަޒީރު މޫސާ ޒަމީރު
ހާރިޖީ ވުޒާރާ
ރާއްޖެއާ ލަންކާގެ ގުޅުން
ޚާރިޖީ ވަޒީރު މޫސާ ޒަމީރު ރަސްމީ ދަތުރުފުޅެއްގައި ލަންކާ އަށް ވަޑައިގަންނަވަނީ
މި ދަތުރުފުޅުގައި މިނިސްޓަރ ޒަމީރު، ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންގަ އަދި ބޮޑުވަޒީރު ދިނޭޝް ގުނަވަރްދެނާގެ އަރިހަށް އިޚްތިރާމްގެ ޒިޔާރަތެއް ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފަ
އެ ދަތުރުފުޅު ކުރިއަށް ދާނީ ޖޫން 3ން ޖޫން 6ގެ ނިޔަލަށް

ޚާރިޖީ ވަޒީރު މޫސާ ޒަމީރު ރަސްމީ ދަތުރުފުޅެއްގައި ލަންކާ އަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށް ބައިނަލްއަޤުވާމީ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

ޑެއިލީ މިރަރ އިން ރިޕޯޓްކޮށްފައިވާގޮތުން ޒަމީރު ލަންކާ އަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ 3 ދުވަހުގެ ދަތުރުފުޅެއްގައެވެ. އެ ދަތުރުފުޅު ކުރިއަށް ދާނީ ޖޫން 3 އިން ޖޫން 6ގެ ނިޔަލަށް ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީ އާއި ހަވާލާދީ އެ ނޫހުގައި ވަނީ ރިޕޯޓްކޮށްފައެވެ.

މި ދަތުރުފުޅުގައި މިނިސްޓަރ ޒަމީރު، ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންގަ އަދި ބޮޑުވަޒީރު ދިނޭޝް ގުނަވަރްދެނާގެ އަރިހަށް އިޚްތިރާމްގެ ޒިޔާރަތެއް ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

އަދި މި ދަތުރުފުޅުގެ ތެރެއިން ރާއްޖެއިން ދާ ވަފުދާއި އެކު ޚާރިޖީ މަޝްވަރާތައް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވަނީ ބުނެފައެވެ. ހަމައެހެންމެ ލަންކާގެ ފޮރިން މިނިސްޓަރ އަލީ ސަބްރީ މި ދަތުރުގައި ބައިވެރިވާ ރާއްޖޭގެ ވަފުދާއި ބައްދަލުކުރައްވަން ހަމަޖެހިފައިވާ ކަމަށް ވަނީ ބުނެފައެވެ.

މި ދަތުރާއި ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ފޮރިން މިނިސްޓަރ ޒަމީރާއި ގުޅުމަށް ކުރި މަސައްކަތް ކާމިޔާބުވެފައި ނުވާތީ އިތުރު މައުލޫމާތު ވަނީ ލިބޭގޮތް ނުވެފައެވެ.


Advertisement
- ކޮމެންޓް