އިސްރާއީލް ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމަށް އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެންނަ ބިލެއް މަޖިލީހަށް ހުށަހަޅައިފިއެވެ.
އެ ބިލް މަޖިލީހަށް ހުށަހަޅާފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއީލް އަހުމަދު ނަސީމެވެ.
މީކާއިލް ވިދާޅުވީ އެ ބިލު މަޖިލީހަށް ހުށަހަޅާފައިވަނީ އިސްރާއީލުން ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތާލުމަށް ހިންގަމުންދާ ގަތުލުއާންމާއި ދެކޮޅަށް ރާއްޖެއިން ފިޔަވަޅުތަކެެއް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން ކަމަށެވެ.
އަދި ރާއްޖެއަށް އިސްރާއީލުގެ ރައްޔިތުން އެތެރެވުން މަނާކުރުކީ ވެސް އެ ބިލުގެ މަޤްސަދެއް ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ސަރުކާރުން މިހާތަނަށް މިކަމުގައި އަމަލުކުރާނެ ގޮތެއް ސާފުކޮށްދިފައިނުވާތީ އެކަން ސާފުކުރުމަކީ ވެސް ބިލުގެ މަޤްސަދުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ. ހަމައެހެންމެ އިސްރާއީލް ޕާސްޕޯޓު މަނާކުރެވޭނެ ވަކި މުއްދަތެއްވެސް އެނގެން ނެތުމުން، ގާނޫނީ ފިޔަވަޅު އެޅުމަށް އަވަސްކުރުމަށްވެސް އެ އިސްލާހުގައި ގޮވާލާފައިވެއެވެެ.
އެ އިސްލާޙުގައި ބުނެފައި ވަނީ އިސްރާއީލުގެ ޕާސްޕޯޓު ހިމެނޭހެން އެހެން ގައުމެއްގެ ޕާސްޕޯޓު ގެންގުޅޭ މީހުން ވެސް ރާއްޖެ އެތެރެވުން މަނާ ކަމަށެވެ.