ކ. މާލެ
|
30 މެއި 2024 | ބުރާސްފަތި 14:52
ސިވިލް ސަރވިސް ކޮންފަރެންސްގެ ތެރެއިން
ސިވިލް ސަރވިސް ކޮންފަރެންސްގެ ތެރެއިން
ސިވިލް ސާވިރސް ކޮމިޝަން
ސިވިލް ސަރވިސް ކޮންފަރެންސް
ސިވިލް ސަރވިސް ކޮންފަރެންސް ޖޫން މަހު ބާއްވަނީ
މި ކޮންފަރެންސް ބާއްވަނީ ޖޫން މަހުގެ 9ން 10ށް ދަރުބާރުގޭގައި

ހަތަރުވަނަ ސިވިލް ސަރވިސް ކޮންފަރެންސް "ސްމާޓް ގަވަރނަންސް ފޮރ ސިވިލް ސަރވިސް އެކްސެލެންސް" ގެ ޝިޢާރުގެ ދަށުން ޖޫން މަހު ބާވަން ނިންމައިފިއެވެ.

މި ކޮންފަރެންސް ބާއްވަނީ ޖޫން މަހުގެ 9ން 10ށް ދަރުބާރުގޭގައެވެ.

މިއީ ސިވިލް ސަރވިސްގެ އިންތިޒާމްތައް ރޭވިފައިވާ ގޮތްތައް ދިރާސާކޮށް ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ޓަކައި ހަމަޖައްސަންޖެހޭ އިންތިޒާމުތައް ދެނެގަނެ އެކަށައެޅުމަށް ޓަކައި ކޮންމެ 2 އަހަރުން 1 އަހަރު ސިވިލް ސަރވިސް ކޮންފަރެންސްގެ ނަމުގައި ސިލްސިލާކޮށް ބާއްވަމުން ގެންދާ ކޮންފަރެންސެކެވެ.

"ސްމާޓް ގަވަރނަންސް ފޮރ ސިވިލް ސަރވިސް އެކްސެލެންސް" މި ޝިޢާރުގެ ދަށުން ގުޅުންހުރި 3 ދާއިރާއަކުން 15 ކަރުދާހެއް މި ކޮންފަރެންސްގައި ހުށަހެޅިގެންދާނެއެވެ. އަދި ރާއްޖެއިން ބޭރުގެ 2 އަދި ރާއްޖޭގެ 2 ސްޕީކަރުން މި ކޮންފަރެންސްގައި ކީނޯޓް ސްޕީޗް ދެއްވާނެއެވެ.

ކޮންފަރެންސްގެ ސަބްތީމްތަކުގެ ގޮތުގައި ކަނޑައެޅިފައިވާ 3 ޝިޢާރަކީ، ޒަމާނީ ޓެކްނޮލޮޖީގެ އަލީގައި އޮފީހުގެ އެކިކަހަލަ މަސައްކަތްތަކާއި ޕްރޮސީޖަރތައް ބަދަލުކޮށް ހަރުދަނާކުރުމާއި، ރައްޔިތުންނަށް ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދެވޭ ޒިންމާދާރު އަދި ޖަވާބުދާރީވެވޭ ސިވިލް ސަރވިސްއެއް ޤާއިމުކުރުމުގެ އިތުރުން، ހަރުދަނާ އުސޫލްތަކާއި އަޚްލާގީ މިންގަނޑުތަކަށް ބިނާކޮށް މަސައްކަތުގެ ސަޤާފަތް ބައްޓަންކުރުމެވެ.

މި ކޮންފަރެންސްގައި ސިވިލް ސަރވިސްގެ އެންމެ އިސް ފަންތީގައި މަސައްކަތްކުރާ 250 އަށް ވުރެ ގިނަ ބައިވެރިން ބައިވެރިވުމަށްވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި މިނިސްޓްރީތަކުގެ ޕަރމަނަންޓް ސެކްރެޓަރީންނާއި ސްޓޭޓް އަދި ޑެޕިއުޓީ މިނިސްޓަރުން، ސިޓީތަކާއި އަތޮޅު ކައުންސިލްތަކުގެ މޭޔަރުންނާއި ރައީސުން އަދި ނައިބުން، ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުން ހިމެނޭ ގޮތަށް 113 އަށް ވުރެ ގިނަ ފަރާތްތަކުން މި ކޮންފަރެންސްގައި ބައިވެރިވުމަށް ހަމަޖެހިފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް
- ގުޅުންހުރި
ހަތަރުވަނަ ސިވިލް ސަރވިސް ކޮންފަރެންސް ފަށައިފި
ސަރުކާރެއް ހިންގަން ސީއެސްސީން މުހިންމު ދައުރެއް އަދާކުރޭ، ވައުދުތައް ފުއްދަން ސީއެސްސީގެ އެހީތެރިކަން ސަރުކާރަށް ބޭނުންވޭ - ނައިބު ރައީސް
ސިވިލް ސަރވިސް ޚިދުމަތުގެ އެންމެ މުހިންމު ސިފަޔަކަށް ވާން ވާނީ ރައްޔިތުން ބަލައިގަންނަ ޚިދުމަތަކަށް އެ ޚިދުމަތް ވުން - ސީއެސްސީގެ ރައީސް
އެންމެ ބޮޑު އަމާޒަކީ ޝައުގުވެރިކަމާއި އެކު މަސައްކަތް ކުރާ ސިވިލް ސަރވިސް އެއް އުފެއްދުން - ސީއެސްސީގެ މެމްބަރ ފާތުމަތު ހަބީބާ
ސިވިލް ސަރވިސް ކޮންފަރެންސަށް އެހީތެރިކަން ހޯދުމުގެ އެއްބަސްވުންތަކެއްގައި ސޮއިކޮށްފި
ސީއެސްސީގެ މެމްބަރު ކަމަށް މަޖިލީހުން ރުހުން ދިން ހަބީބާއަށް އަދިވެސް މަގާމެއް ނުދެއްވާ
އެކި ސަބަބުތަކަށްޓަކައި ސިވިލް ސަރވިސްގެ ވަޒީފާ ދޫކޮށްލައިފައިވާ މީހުން އަލުން ވަޒީފާ އަދާކުރުމުގެ ފުރުސަތު ދެނީ
ސީއެސްސީގެ ހުސްވެފައިވާ މަގާމަށް ހަބީބާ އައްޔަންކުރަން މަޖިލީހުން ފާސްކޮށްފި