ކ. މާލެ
|
30 މެއި 2024 | ބުރާސްފަތި 14:48
ބީއެމްއެލް އިސްލާމިކް ކްރެޑިޓް ކާޑަށް ހުށަހަޅައިގެން ފައިސާގެ އިނާމެއް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި
ބީއެމްއެލް އިސްލާމިކް ކްރެޑިޓް ކާޑަށް ހުށަހަޅައިގެން ފައިސާގެ އިނާމެއް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި
ބީއެމްއެލް
ބީއެމްއެލް އިސްލާމިކް ކްރެޑިޓް ކާޑް
ބީއެމްއެލް އިސްލާމިކް ކްރެޑިޓް ކާޑަށް ހުށަހަޅައިގެން 25،000 ރުފިޔާ ހޯދުމުގެ ފުރުސަތު
ބީއެމްއެލް ރިވޯޑްސް ޕްރޮގްރާމަށް ރަޖިސްޓްރީކޮށް، ކްރެޑިޓް ކާޑުން ކުރާ މުއާމަލާތްތަކަށް ޕޮއިންޓްވެސް ހޯދޭނެ
ބީއެމްއެލް އިންޓަރނެޓް ބޭންކިންގ އާއި މޮބައިލް އެޕް މެދުވެރިކޮށް ބީއެމްއެލް އިސްލާމިކް ކްރެޑިޓް ކާޑަށް އެދި ހުށަހެޅޭނެ

ބޭންކް އޮފް މޯލްޑިވްސް އިން މިއަދު ބީއެމްއެލް އިސްލާމިކް ކަސްޓަމަރުންނަށް އައު ޕްރޮމޯޝަން އެއް ފަށައިފިއެވެ.

މި ޕްރޮމޯޝަން ކުރިޔަށްދާ މުއްދަތުގައި ބީއެމްއެލް އިސްލާމިކް ކްރެޑިޓް ކާޑަށް އެދި ހުށަހަޅައި އެޕްރޫވްވާ ކަސްޓަމަރުންގެ މެދުގައި ގުރުއަތުން ހޮވޭ ފަރާތަކަށް 25،000 ރުފިޔާ މި ޕްރޮމޯޝަން ނިމުމުން ލިބޭނެއެވެ.

ބީއެމްއެލް އިންޓަރނެޓް ބޭންކިންގ އާއި މޮބައިލް އެޕް މެދުވެރިކޮށް ބީއެމްއެލް އިސްލާމިކް ކްރެޑިޓް ކާޑަށް އެދި ހުށަހެޅޭނެއެވެ.

ބީއެމްއެލް އިސްލާމިކް އެމެރިކަން އެކްސްޕްރެސް ކްރެޑިޓް ކާޑުން ބުކިންގ.ކޮމް އަދި ޑައިނިންގ އެކްސްޕީރިއަންސް ފަދަ އޮފަރތައް ހިމަނައިގެން ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ގިނަ ފައިދާތަކެއް ކަސްޓަމަރުންނަށް ލިބޭނެއެވެ. އަދި މި ކްރެޑިޓް ކާޑުން ބީއެމްއެލް އީޒީ ޕޭ މެދުވެރިކޮށް ނަގާ މުދަލަށް އިންސްޓޯލްމަންޓަށް ފައިސާ ދެއްކޭނެއެވެ.

ބީއެމްއެލް އިސްލާމިކް ކްރެޑިޓް ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް ބީއެމްއެލް ރިވޯޑްސް ޕްރޮގްރާމަށް ރަޖިސްޓްރީކޮށް، ކްރެޑިޓް ކާޑުން ކުރާ މުއާމަލާތްތަކަށް ޕޮއިންޓްވެސް ހޯދޭނެއެވެ. ފްލައިޓް ޓިކެޓު، ކާރު ކުއްޔަށް ނެގުން، ހޮޓެލް ބުކިންތަކަށް ނުވަތަ ރާއްޖޭ އާއި ރާއްޖޭއިން ބޭރުގެ މަރޗަންޓުންގެ ވައުޗަރު ހޯދުމަށްވެސް ރިވޯޑް ޕްއިންޓްސް ބޭނުންކުރެވޭނެއެވެ.

ބީއެމްއެލް އިސްލާމިކް ކްރެޑިޓް ކާޑަކީ، ކަސްޓަމަރަކަށް ހިދުމަތް ފޯރިކޮށްދިނުމުން އެއްބަސްވެފައިވާ ފީއެއް ނެގޭގޮތަށް ފަރުމާކޮށްފައިވާ އިސްލާމިކް ބޭންކިންގައި ފާހަގަކޮށްލެވޭ އުޖްރާ އުސޫލުން ތައާރަފްކޮށްފައިވާ ކާޑެކެވެ.

މި ޕްރޮމޯޝަން ކުރިޔަށްދާނީ 28 ޖޫން 2024 ގެ ނިޔަލަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް