ކ. މާލެ
|
30 މެއި 2024 | ބުރާސްފަތި 07:17
ޓޮޓެންހަމަށް ކުޅެމުން އަންނަ ރިޗާލިސަން
ޓޮޓެންހަމަށް ކުޅެމުން އަންނަ ރިޗާލިސަން
ރޮއިޓާސް
ޓޮޓެންހަމް
ޓޮޓެންހަމް ދޫކޮށްލަން އުޅޭ ކަމަށް ދެކެވޭ ވާހަކަ ރިޗާލިސަން ދޮގުކޮށްފި
ކުރިއަށް އޮތް ޓްރާންސްފާ މާކެޓުގައި އިނގިރޭސިވިލާތް ދޫކޮށްލުމަށް އެއްވެސް ވަރަކަށް އޭނާ ނުވިސްނާ

ޓޮޓެންހަމަށް ކުޅެމުން އަންނަ ބްރެޒިލްގެ ފޯވާޑް ރިޗާލިސަން، މި ސީޒަނަށްފަހު އެ ކުލަބު ދޫކޮށްލަން އުޅޭ ކަަމަށް ދެކެވޭ ވާހަކަތައް އޭނާ ދޮގު ކޮށްފި އެވެ.

އެވަޓަންގައި ހުރުމަށްފަހު އުމުރުން 27 އަހަރުގެ ކުޅުންތެރިޔާ ޓޮޓެންހަމަށް ބަދަލުވީ 2022 ވަނަ އަހަރު އެވެ. އެ ކުލަބާއެކު އޭނާ ސޮއި ކުރީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެއްބަސްވުމުގައި ބާކީ ތިން އަހަރު އޮއްވާ، ކުރިއަށް އޮތް ޓްރާންސްފާ މާކެޓުގައި ރިޗާލިސަން ޓޮޓެންހަމް ދޫކޮށްލަން އުޅޭ ކަމަށް ބައެއް މީޑިއާ ތަކުގައި ވަނީ ރިޕޯޓުކޮށްފަ އެވެ.

އެވާހަކަތަކާ ގުޅިގެން ރިޗާލިސަން ބުނީ، އޭނާއާ ގުޅޭ ގޮތުން ދެކެވެމުން ދަނީ ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި ކުރިއަށް އޮތް ޓްރާންސްފާ މާކެޓުގައި އިނގިރޭސިވިލާތް ދޫކޮށްލުމަށް އެއްވެސް ވަރަކަށް އޭނާ ނުވިސްނާ ކަމުގައި ވެސް ރިޗާލިސަން ބުންޏެވެ. އޭނާ ބުނީ ޓޮޓެންހަމްގައި ހުރީ ހިތްހަމަ ޖެހިގެން ކަމަށާއި، ބޭނުން ވަނީ އެ ކުލަބާއެކު ކުރިއަށް ދާން ކަމަށެވެ. އިސްކަން ދޭނީ އަންނަ ސީޒަނުގައި ރަނގަޅު ނަތީޖާތަކެއް ހޯދުން ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

އިތުރަށް ރިޗާލިސަން ބުނީ، އޭނާ އަމިއްލަ ޤައުމު ބްރެޒިލަށް ދިޔައީ ޗުއްޓީ ހޭދަކޮށްލުމަށެވެ. އަދި ބްރެޒިލަށް ގޮސް އޭނާ ހަމަޖެހިލަން ބޭނުންވި ކަމަށާއި، ކޮންމެ ވެސް ވަރަކަށް މަސައްކަތް ކުރި ކަމަށް ވެސް ރިޗާލިސަން ބުންޏެވެ. ރިޗާލިސަން ފާހަގަ ކުރި ގޮތުގައި އޭނާ ބޭނުން ވަނީ އަންނަ ސީޒަނާ ކުރިމަތިލާާއިރު، އެންމެ ފުރިހަމަ އަށް ފިޓުވެގެން ހުރުމަށެވެ.

ޓޮޓެންހަމަށް ބަދަލުވި ފުރަތަމަ ސީޒަނުގައި އޭނާ ވަނީ އެ ކުލަބަށް 35 މެޗު ކުޅެދީ ތިން ލަނޑު ޖަހައިފަ އެވެ. އެއާ ޚިލާފަށް ދެ ވަނަ ސީޒަނުގައި އޭނާ ވަނީ އެ ޓީމަށް ކުޅެދިން 31 މެޗުން 12 ލަނޑު ޖަހައިފަ އެވެ. ޓޮޓެންހަމްގައި އޭނާ ރަނގަޅު ކުޅުމެއް ދައްކަމުން އަންނައިރު، އެ ޓީމަށް ބަދަލުވި ފަހުން އޭނާ ވަނީ ސާޖަރީ ވެސް ހަދައިފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް