ކ. މާލެ
|
9 އޯގަސްޓް 2017 | ބުދަ 12:25
ރިތިކް ރޯޝަން
ރިތިކް ރޯޝަން
އިންޑިއަން އެކްސްޕްރެސް
ރިތިކް ރޯޝަން
ސްޓާޓް-އަޕް ޕްރޮގްރާމް ޕްރޮމޯޓް ކުރަން ރިތިކް 100 ކްރޯޑް ރުޕީސްގެ އެއްބަސްވުމަކަށް
އިންޑިއާގެ އެތައް ހާސްބައެއްގެ ސިއްހަތަށް ހެޔޮ ބަދަލުތަކެއް ގެނެވޭނެކަމުގެ އުއްމީދުކުރޭ

ކިޔޯ ފިޓްއިން ކުރިއަށްގެންދާ ސްޓާޓް-އަޕް ޕްރޮމޯޓްކުރުމަށް ބޮލީވުޑްގެ ތަރި ރިތިކް ރޯޝަނާއެކު 100 ކުރޯޑް އިންޑިއަން ރުޕީސްގެ އެއްބަސްވުމެއް ހަދައިފިއެވެ.

މިއީ އިންޑިއާގެ ރައްޔިތުންނަށް ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ކިޔޯ ފިޓް އިން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ޚަބަރުތައް ބުނާ ގޮތުގައި މި އެއްބަސްވުމާއެކު ރިތިކް ވެގެންދާނީ މި ފަދަ އެއްބަސްވުމަކަށް އެންމެ ގިނައިން އާމްދަނީ ލިބުނު އެއް ތަރިއަށެވެ. ފަސް އަހަރުގެ މުއްދަތަކަށް ރިތިކްއާ އެކު ކިޔޯ ފިޓްނެސް އިން ހެދި އެއްބަސްވުމުގެ ދަށުން އެ ކުންފުނީގެ ހިއްސާއިން ވެސް ކޮންމެވެސް ޕަސެންޓެއް ލިބިގެންދާނެއެވެ. 

ކިއޯ.ފިޓްގެ ފައުންޑަ މެމްބަރު މުކޭޝް ބަންސަލް  ބުނެފައި ވަނީ އެ ކުންފުނީގެ އާމްދަނީ އަށް ރިތިކްގެ މި ބައިވެރިވުމާއެކު އިތުރުވެގެން ދާނެކަމަށް ގަބޫލުކުރެވޭކަމަށެވެ. އެހެން ކަމުން ކުރިއަށް އޮތް ފަސްއަހަރުގެ ތެރޭގައި ކޮންމެ އަހަރަކު 250 ކްރޯޑް ރުޕީސް އަށް ވުރެ އިތުރަށް ލިބިގެންދާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ. މީގެ އިތުރުން ރިތިކް ބުނެފައި ވަނީ އޭނާ މި އެއްބަސްވުން ގަބޫލު ކުރީ އިންޑިއާގެ އެތައް ހާސް ރައޔިތުންގެ ސިއްހަތަށް ހެޔޮ ބަދަލުތަކެއް ގެނެވޭނެކަމުގެ އުއްމީދުގައި ކަމަށާއި އޭނާގެ ބޭނުމަކީ ދުޅަހެޔޮ ދިރިއުޅުމަކަށް އެންމެނަށް ވެސް ފުރުސަތު ތަނަވަސްކޮށްދިނުން ކަމަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް