ކ. މާލެ
|
28 މެއި 2024 | އަންގާރަ 12:21
ޔަމަންގެ އަސްކަރިއްޔާގެ ތަރުޖަމާނު ޖެނެރަލް ޔަހްޔާ ސާރީ
ޔަމަންގެ އަސްކަރިއްޔާގެ ތަރުޖަމާނު ޖެނެރަލް ޔަހްޔާ ސާރީ
ޕްރެސް ޓީވީ
އާގު ބޯޓަކަށް ޔަމަން ސިފައިން ހަމަލާ ދިނުން
އިންޑިއާ ކަނޑުން ދަތުރުކުރި 2 އާގު ބޯޓަކަށް ޔަމަން ސިފައިން ހަމަލާ ދީފި
މި ދެ ބޯޓަކީ ލަރެގޯ ޑެސަރޓް އާއި އެމްއެސްސީ މެޝެލާ، މިއީ އިޒްރޭލާއި އެމެރިކާ އަށް ނިސްބަތްވާ ބޯޓު ފަހަރު
ޔަމަންގެ އަސްކަރިއްޔާ އިން ބުނީ ވައިގެ މަގުން ދިން މި ހަމަލާތަކުގެ މަގްސަދު ހާސިލް ކުރެވުނު ކަމަށް

އިންޑިއާ ކަނޑުން ދަތުރުކުރި 2 އާގުބޯޓަކަށް ހޯމަ ދުވަހު ޔަމަން ސިފައިން ހަމަލާ ދީފި ކަމަށް ޔަމަންގެ އަސްކަރިއްޔާ އިން ހާމަ ކޮށްފިއެވެ.

ޔަމަންގެ އަސްކަރިއްޔާ އިން ބުނީ އެ ގައުމުގެ އަސްކަރިއްޔާ އިން ހަމަލާ ދިން ދެ ބޯޓު ކަމަށްވާ ލަރެގޯ ޑެސަރޓް އާއި އެމްއެސްސީ މެޝެލާ އަކީ އިޒްރޭލާއި އެމެރިކާ އަށް ނިސްބަތްވާ ބޯޓު ފަހަރު ކަމަށެވެ.

މި ހަމަލާގެ މައުލޫމާތު ހާމަ ކުރަމުން ޔަމަންގެ އަސްކަރިއްޔާގެ ތަރުޖަމާނު ޖެނެރަލް ޔަހްޔާ ސާރީ ބުނި ގޮތުގައި އާގު ބޯޓު ފަހަރުގެ އިތުރުން ރަތް ކަނޑުން ދަތުރު ކުރި އެމެރިކާގެ 2 އަސްކަރީ އުޅަނދަކަށް ވެސް ޔަމަންގެ ސިފައިން ހޯމަ ދުވަހު ހަމަލާ ދީފައިވާ ކަމަށެވެ.

ހަމަލާތަކާ ގުޅޭ ގޮތުން ޔަމަންގެ އަސްކަރިއްޔާ އިން އިތުރަށް ބުނީ ވައިގެ މަގުން ދިން މި ހަމަލާތަކުގެ މަގްސަދު ހާސިލް ކުރެވުނު ކަމަށެވެ.

ގާޒާ އަށް އިޒްރޭލުން ދެމުންދާ ހަމަލާތަކާ ދެކޮޅަށް ޔަމަން އިން އިޒްރޭލާއި އެމެރިކާ އާ ގުޅުން ހުރި ކަނޑު އުޅަނދު ފަހަރަށް ހަމަލާ ދޭން ފެށީ ހުސްވި އަހަރުގެ ނޮވެމްބަރު މަހުން ފެށިގެންނެވެ.

- ކޮމެންޓް