ފިރިމީހާ އަޖޭދޭވަގަންއާ އެކު އާ ފިލްމެއް ކުޅެން ބޭނުންވާ ކަމަށް ފިލްމީތަރި ކާޖޮލް ދޭވްގަން ބުނެފިއެވެ.
ކާޖޮލް ބުނީ އަޖޭއާ އެކު ފިލްމެއް ކުޅުމަކީ އެދެމީހުންގެ ފޭނުން ވަރަށް ބޭނުންވާ ކަމެއް ކަމަށާއި އަދި އޭނާ ވެސް ވަރަށް ކުރަން ބޭނުންވާ ކަމެއް ކަމަށެވެ.
ކާޖޮލް ބުނީ އޭނާ އާއި އަޖޭއާ އެކީގައި އެންމެ ފަހުން ފިލްމެއް ކުޅުނީ މީގެ ނުވަ އަހަރު ކުރިން ކަމަށާއި އެހެންކަމުން އާ ފިލްމަކުން އެ ދެމަފިރިން ފެނުމަކީ ވަރަށް އުފާވާނެ ކަމެއް ކަމަށެވެ.
ކާޖޮލް އެންމެ ފަހުން ފެނުނީ މީގެ ދެ އަހަރު ކުރިން ޝާހުރުކްޚާނާ އެކީ ކުޅުނު ފިލްމު "ދިވާލޭ" އިންނެވެ.
ކާޖޮލް ބުނީ އޭނާގެ އުއްމީދަކީ ވަރަށް އަވަސް މުސްތަގުބަލެއްގައި އެދެމީހުންގެ ފިލްމެއް ބެލުންތެރިންނާއި ހަމައަށް އައުން ކަމަށެވެ. އަދި އެދެމަފިރިން އެކަމުގެ މަޝްވަރާތައް ކުރަމުންއަންނަ ކަމަށް ބުންޏެވެ.
އެދެމީހުން އެކީގައި ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި ޕިޔާރް ތޯ ހޯނާ ހިތާ (1998) އަދި ދިލް ކިޔާ ކަރޭ (1999) އަދި އެދެމީހުން އެންމެ ފަހުން ކުޅުނު އަޖޭ ޑައިރެކްޓް ކުރި ފުރަތަމަ ފިލްމް ޔޫ މީ އޯރް ހަމް (2008) ހިމެނެއެވެ.
ކާޖޮލް މިހާރު ކުރަމުންދާ މަސައްކަތަކީ ތަމަޅަ ފިލްމު "ވީއައިޕީ 2" ގެ މަސައްކަތެވެ. އެ ފިލް ސިނަމާތަކަށް އަންނާނީ މިމަހުގެ 11 ވަނަ ދުވަހުއެވެ.