ކ. މާލެ
|
9 އޯގަސްޓް 2017 | ބުދަ 12:37
އާމިރުޚާންގެ ދެމަފިރިން
އާމިރުޚާންގެ ދެމަފިރިން
ގެޓީ އިމޭޖަސް
އާމިރު ޚާން
އާމިރްހާނުގެ ދެމަފިރިންނަށް ސްވައިން ފްލޫ ޖެހިއްޖެ
އެދެމަފިރިންނަށް އޫރު ރޯގާ ޖެހުމުން ވަނީ ފަރުވާ ދީފައި

ބޮލީވުޑްގެ ތަރި އާމިރުޚާނާއި އަންހެނުން ކިރަން ރާއޯއަށް އޫރު ރޯގާ ޖެހިއްޖެއެވެ.

ޚަބަރުތައް ބުނާ ގޮތުގައި އެދެމަފިރިންނަށް އޫރު ރޯގާ ޖެހުމުން ވަނީ ފަރުވާ ދީފައެވެ. ފަރުވާ ދިނީ މުބާއީގައި އެ ދެމަފިރިން ދިރިއުޅޭ ގޭގައެވެ. 

އުމުރުން 52 އަހަރުގެ އެކްޓަރ އާމިރު ޚާންގެ ދެމަފިރިންނަށް އޫރު ރޯގާ ޖެހުނުކަން އެނގުނީ އެ ދެމަފިރިންގެ އެންޖީއޯ ކަމަށްވާ ޕާނީ ފައުންޑޭޝަންގެ އަހަރީ ޖަލްސާ "ސަތިއަމޭވް ޖަޔަތޭ ވޯޓާ ކަޕް 2017" ގެ ރަސްމިއްޔާތުގައި ބައިވެރި ނުވެވުނީ ރޯގާގެ ސަބަބުން ކަމަށް ބުނުމުންނެވެ. އެ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އޭނާ ބުނީ އެ ހަފުލާ އަށް ހާޒިރު ނުވެވުނީ އޫރު ރޯގާ ޖެހިގެން ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އާމިރުގެ އަންހެނުން ކިރަން އަށް އޫރު ރޯގާ ޖެހުނީ އާމިރަށް ރޯގާ ޖެހުނު ފަހުންނެވެ. އަދި އެއީ އާމިރުގެ އެންމެ ފަހުގެ ފިލްމު ކަމަށްވާ "ތަގްސް އޮފް ހިންދުސްތާން" ގެ ޝޫޓިން ނިންމާލުމަށް ފަހު އިންޑިއާއަށް އައިތާ މާގިނަ ދުވަސްތަކެއް ނުވަނީހެވެ.

ޕާނީ ފައުންޑޭޝަންއަކީ އިންޑިއާ އަށް ދިމާވެފައިވާ ސާފު ބޯފެނުގެ މައްސަލަ އަށް ހޭލުންތެރިކަން އުފައްދަން އާމިރާއި ކިރަން ގުޅިގެން އުފައްދާފައިވާ ޖަމިއްޔާއެކެވެ.

- ކޮމެންޓް